Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި

23 ޖޫން 2026 | އަންގާރަ 06:48

ސަމިޓް ކެންސަލް ކުރިކަން އިއުލާން ކުރައްވަމުން ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ، މި ދަނޑިވަޅުގައި ސަމިޓު ފަސްކުރަން ޖެހޭ ކަމަށާއި، އުންމީދަކީ ސްޓާމާގެ ފަހުން ބޮޑު ވަޒީރުކަމާ ހަވާލުވާ ބޭފުޅަކު ވެސް އީޔޫ އާއެކު އޮތް ގުޅުން ބަދަހި ކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 06:48
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާން ކުރެއްވި ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާން ކުރެއްވި ސްޓާމާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ ގުޅިގެން، ވިލާތުގެ އިއްތިހާދު (އީޔޫ) އާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވުމަށް ހަމަޖެހިފައި އޮތް މުހިންމު ސަމިޓެއް ކެންސަލް ކޮށްފި އެވެ.

މި މަހުގެ 22 ވަނަ ދުވަހު ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވުމަށް ތާވަލު ކުރި މި ސަމިޓް ކެންސަލް ކުރިކަން އިއުލާން ކުރައްވަމުން ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ، މި ދަނޑިވަޅުގައި ސަމިޓު ފަސްކުރަން ޖެހޭ ކަމަށާއި، އުންމީދަކީ ސްޓާމާގެ ފަހުން ބޮޑު ވަޒީރުކަމާ ހަވާލުވާ ބޭފުޅަކު ވެސް އީޔޫ އާއެކު އޮތް ގުޅުން ބަދަހި ކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުން ކަމަށެވެ.

ހޯމަ ދުވަހު ޑައުނިންގް ސްޓްރީޓްގެ ބޭރުގައި ހުންނަވައި ދެއްވި ބަޔާނެއްގައި ސްޓާމާ ވިދާޅުވީ، ލޭބާ ޕާޓީގެ ލީޑަރު ކަމުން އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް އައު ލީޑަރަކު އިންތިޚާބުކޮށް ނިމެންދެން ބޮޑު ވަޒީރުގެ މަގާމުގައި ދެމި ހުންނަވާނެ ކަމަށާއި، އަމާޒަކީ އަމާންކަމާ އެކު ވެރިކަން ބަދަލު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓާމާ އިސްތިއުފާ ދެއްވަން ނިންމެވީ ކުރިއަށް އޮތް އާންމު އިންތިޚާބުގައި ޕާޓީއަށް ކާމިޔާބު ހޯދައި ދިނުމަށް އެންމެ އެކަށީގެންވާ ލީޑަރަކީ އޭނާ ކަމަށް ޕާލަމެންޓްރީ ގްރޫޕުން ގަބޫލު ނުކުރާތީ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ސްޓާމާގެ އިސްތިއުފާއާ ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ވޮން ޑަ ލެޔަން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައި އެވެ. ވަކިން ހާއްސަކޮށް ޔޫކްރެއިންގެ ދިފާއުގައި އިނގިރޭސިވިލާތުން ދެމުންދާ އެއްބާރުލުން ދެމެހެއްޓެވުމުގައި ސްޓާމާ އަދާ ކުރެއްވި ދައުރު އޭނާ ފާހަގަ ކުރެއްވި އެވެ. އުރުސުލާ ވިދާޅުވީ އެހެން ލީޑަރުންނަށް ދައުލަތެއްގެ އިސްވެރިއެއްގެ ގޮތުގައި ފައިތިލަ ސާބިތު ކުރަން ގިނަ އަހަރު ތަކެއް ނެގި ނަމަވެސް، ސްޓާމާ އެކަން އެންމެ ދެ އަހަރު ތެރޭގައި ސާބިތު ކޮށްދެއްވާފައިވާ ކަމަށެވެ.

ލޭބާ ޕާޓީގެ އައު ލީޑަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި ޤާނޫނު ހަދާ މަޖިލިސް ޗުއްޓީ އަށް ދިއުމުގެ ކުރިން، ޖުލައި 16 ގެ ނިޔަލަށް މި ފުރުސަތު ބަންދުވާނެ އެވެ. މިހާރު ބެލެވޭ ގޮތުގައި ސްޓާމާގެ ބަދަލުގައި ބޮޑު ވަޒީރު ކަމަށް ވަޑައިގަތުން އެންމެ ގާތީ މެންޗެސްޓަރގެ ކުރީގެ މޭޔަރު އެންޑީ ބާންހަމް އެވެ. ބާންހަމް ވަނީ މިދިޔަ ހަފުތާގައި ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރައްވައި، ހޯމަ ދުވަހު މެންބަރު ކަމުގެ ހުވާ ކުރައްވާފައި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްޔޫރަޕިއަން ޔޫނިއަންއެންޓޯނިއޯ ކޮސްޓާކިއާ ސްޓާމަރ (އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު)

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް އީޔޫ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ޖޯޖިއާ އިން ނިންމައިފި

22 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް އީޔޫ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ޖޯޖިއާ އިން ނިންމައިފި
17 އޯގަސްޓު 2026

އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ

17 އޯގަސްޓު 2026
އެމެރިކާގެ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްގެ ކަމަށް ހެދިގެން އުޅުނު މީހަކާ އިނގިރޭސި ބޮޑުވަޒީރަށް މެސެޖުތަކެއް ބަދަލުކުރެއްވިއްޖެ
14 އޯގަސްޓު 2026

ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި

14 އޯގަސްޓު 2026
ބޮޑެތި ޕާޓީތަކުން ބޮއިކޮޓް ކުރި އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯއްދަވައި، ފަރާޖް ގޮނޑި ދިފާއު ކުރައްވައިފި
12 އޯގަސްޓު 2026

ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި

12 އޯގަސްޓު 2026
ރާއްޖެއަށް ފުރުސަތު ލިބޭ އިނގިރޭސިވިލާތުން ދެމުން އަންނަ "ޗީވްނިންގ" ސްކޯލަރޝިޕްގެ ބައެއް ޕްރޮގްރާމްތައް މެދުކަނޑާލައިފި
10 އޯގަސްޓު 2026

ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!

10 އޯގަސްޓު 2026
ސިފައިންގެ އަންހެން އޮފިސަރުންނަށް ޖިންސީ އަނިޔާކޮށް ރޭޕު ކުރާ މައްސަލައާ އެކު، ޑިފެންސް ސެކްރެޓަރީ ސްޓްރީޓިން ރަތަށް!
09 އޯގަސްޓު 2026

ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ

09 އޯގަސްޓު 2026
ދިރިއުޅުމުގެ އަގުތައް ބޮޑުވާ މައްސަލަ ހައްލުކޮށް، ރައްޔިތުން ނޭވާލާނެ ފުރުސަތެއް ހޯދައި ދިނުމަށް ބޮޑު ވަޒީރު ބާންހަމް ޚާއްސަ ދަތުރުތަކެއް ފައްޓަވަނީ
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
03 އޯގަސްޓު 2026

ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟

03 އޯގަސްޓު 2026
ފޯޅަވައްސަކީ ދިވެހިންގެ ތަނެއް ކަމަށް ޝައްކެއްނެތޭ ވިދާޅުވާ ރައީސަކު އެތަން އިނގިރޭސިންގެ އަތްދަށުގައި އޮތުމަކީ އެއްވެސް މައްސަލަ އެއް ނޫނޭ މި ވިދާޅުވަނީ ކީއްވެ؟
03 އޯގަސްޓު 2026

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކުރައްވައިފި

03 އޯގަސްޓު 2026
ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް  ދިޔާނާ ޢައްޔަންކުރައްވައިފި
30 ޖުލައި 2026

ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!

30 ޖުލައި 2026
ބާންހަމްއާ ދިމާވި އުމުރުން ދުވަސްވީ މީހަކު ބުނީ، ކޮންމެ ފަސް މިނެޓަކުން ބޮޑު ވަޒީރު ބަދަލުވާތީ އައު މީހަކު މަޤާމާ ހަވާލުވިޔަސް ނޭނގޭ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް