Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް

ސްޓާމާގެ ސަރުކާރުގެ ހެލްތު ސެކްރެޓަރީގެ މަގާމުގައި ވެސް ހުންނެވި ސްޓްރީޓިން ވިދާޅުވީ، ބާންހަމް މަސައްކަތް ކުރައްވަނީ އެންމެން ބައިވެރިވާ ޝާމިލު ޕާޓީއެއް ބިނާ ކުރުމަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް. އެހެންކަމުން ލީޑަރު ކަމަށް ވާދަ ނުކުރައްވާނެ ކަމަށް ސްޓްރީޓިން ވަނީ އިއުލާން ކުރައްވާފައި. ސްޓްރީޓިން ވަނީ މިދިޔަ މެއި މަހު ސްޓާމާގެ ސަރުކާރުން އިސްތިއުފާ ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 05:00
އިނގިރޭސިވިލާތުގެ ކުރީގެ ހެލްތު ސެކްރެޓަރީ ސްޓްރީޓިން އަދި މޭކާފީލްޑްގެ މެމްބަރު ބާންހަމް.

އިނގިރޭސިވިލާތުގެ ކުރީގެ ހެލްތު ސެކްރެޓަރީ ސްޓްރީޓިން އަދި މޭކާފީލްޑްގެ މެމްބަރު ބާންހަމް. | ސޯޝަލް މީޑިއާ

އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ ލީޑަރު ކަމަށް އަދި ބޮޑު ވަޒީރުގެ މަގާމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވުނު ސްޓްރީޓިން، މަގާމަށް ވާދަ ކުރެއްވުމުގެ ބަދަލުގައި އެންޑީ ބާންހަމް އަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް އިއުލާން ކުރައްވައިފި އެވެ. 

މިއާ އެކު، އަންނަ ޖުލައި މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވާނީ މޭކާފީލްޑު ދާއިރާ ތަމްސީލު ކުރައްވާ އަދި ގްރޭޓަރ މެންޗެސްޓަރގެ ކުރީގެ މޭޔަރު ބާންހަމް ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައި އެވެ. 

މިދިޔަ ހަފުތާގައި ބޭއްވި މޭކާފީލްޑް ބައި އިލެކްޝަން ކާމިޔާބު ކުރެއްވުމަށް ފަހު، ހޯމަ ދުވަހުގެ ވަގުތެއްގައި ބާންހަމް ވަނީ މެންބަރުކަމުގެ ހުވާ ކުރައްވައިފަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބާންހަމް ވިދާޅުވީ، ބޮޑު ވަޒީރު ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވި ނިންމެވުމަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ފެށުން ކަމަށެވެ. އަދި މި މަރުހަލާ އިންތިޒާމު ވެފައިވާ، ޒިންމާދާރު ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި، އެ މަރުހަލާގެ ތެރެއިން ޕާޓީގެ ލީޑަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބާންހަމްގެ މި ވާހަކަތަކަށް ފަހު، ސްޓާމާގެ ސަރުކާރުގެ ހެލްތު ސެކްރެޓަރީގެ މަގާމުގައި ވެސް ހުންނެވި ސްޓްރީޓިން ވިދާޅުވީ، ބާންހަމް މަސައްކަތް ކުރައްވަނީ އެންމެން ބައިވެރިވާ ޝާމިލު ޕާޓީއެއް ބިނާ ކުރުމަށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން ލީޑަރު ކަމަށް ވާދަ ނުކުރައްވާނެ ކަމަށް ސްޓްރީޓިން ވަނީ އިއުލާން ކުރައްވާފައި އެވެ. ސްޓްރީޓިން ވަނީ މިދިޔަ މެއި މަހު ސްޓާމާގެ ސަރުކާރުން އިސްތިއުފާ ދެއްވައިފަ އެވެ. 

ބޮޑު ވަޒީރު ސްޓާމާ މަގާމުން ވަކިވެ ވަޑައިގަންނަވާނެ ތާވަލެއް އިއުލާން ކުރެއްވީ، ޕާޓީގެ މެންބަރުންނާއި މިނިސްޓަރުންގެ ފަރާތުން ކުރިމަތިވި ބޮޑު ފިއްތުންތަކާ ގުޅިގެންނެވެ. މިއީ އާންމު އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަ ތަކުން ކާމިޔާބު ހޯއްދެވިތާ ދެ އަހަރު ވެސް ނުވަނީހެވެ،

ސްޓްރީޓިން ވާދަ ނުކުރައްވަން ނިންމެވުމުން، ބާންހަމްއާ ދެކޮޅަށް އެހެން ކެންޑިޑޭޓަކު ނުނިކުމެ، އިންތިޚާބަކާ ނުލައި އޭނާ އަށް މަގާމު ލިބުމުގެ ފުރުސަތު ބޮޑެވެ. އެހެން ވެއްޖެ ނަމަ، ޖުލައި 16 ގައި ޤާނޫނު ހަދާ މަޖިލިސް ޗުއްޓީ އަށް ދާއިރު އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ އެވެ. ބައެއް މެންބަރުން ގަބޫލު ކުރާ ގޮތުގައި އިންތިޚާބަކާ ނުލައި ލީޑަރަކު އައްޔަން ކުރުމުން، ފާއިތުވި 10 އަހަރު ތެރޭގައި ހަތް ވަނަ ބޮޑު ވަޒީރަކު އައްޔަންކުރާ އިރު އުފެދި ދާނެ ހަލަ ބޮލިކަން ކުޑަ ވާނެ އެވެ.

މީގެ ކުރިން ލޭބާ ޕާޓީގެ ލީޑަރު ކަމަށް ވާދަ ކުރައްވާނެ ކަމަށް ސްޓްރީޓިން ވިދާޅުވި ނަމަވެސް، އޭނާ އަށް ބޭނުންވާ 81 މެންބަރުންގެ ތާއީދު ލިބޭނެ ކަމާ މެދު ސުވާލު އުފެދިފައި އޮތެވެ. އޭނާ ވިދާޅުވީ ސަރުކާރުން އިސްތިއުފާ ދެއްވީ ގައުމީ ފިކުރުގެ މީހުންގެ ކުރިމަތީގައި ޕާޓީ ބަލިވަމުން ދާތީ ކަމަށާއި، ބާންހަމް އާއެކު ކުރެވުނު މަޝްވަރާ ތަކުން އޭނާގެ ވިސްނުން ތަކަށް ޖާގަ އޮތްކަން ކަށަވަރު ވެފައިވާ ކަމަށެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭވެސް ސްޓްރީޓިންގްއެންޑީ ބަރންހަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

23 ޖޫން 2026
10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑު ވަޒީރެއް، ޓައިމްލައިން ހާމަ ކޮށްްފި

10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑު ވަޒީރެއް، ޓައިމްލައިން ހާމަ ކޮށްްފި

23 ޖޫން 2026
ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް

ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް

22 ޖޫން 2026
ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި

ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި

22 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ އިސްތިއުފާގެ ތަގުރީރުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތައް

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ އިސްތިއުފާގެ ތަގުރީރުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތައް

22 ޖޫން 2026

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު