Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

23 ޖޫން 2026 | އަންގާރަ 01:32

އެންޑީ ބާންހަމް މަޖިލީހަށް ވަޑައިގަތުމުން ލޭބާ ޕާޓީގެ ބެންޗު ތަކުން އިވުނު ބާރު އަޑުފަށްގަނޑާއި އުފާވެރި ކަމުގެ ސަބަބުން، އޭނާ އަކީ އެ ޕާޓީގެ ތެރޭގައި ނުފޫޒު ގަދަ އަދި މަގުބޫލު ބޭފުޅެއްކަން ވަނީ ހާމަ ވެގެން ގޮސްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 01:32
އެންޑީ ބާންހަން، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވަނީ.

އެންޑީ ބާންހަން، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވަނީ. | ރޮއިޓާސް

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްގެ މޭކާފީލްޑް ދާއިރާގެ މެންބަރު ކަމުގެ ހުވާ އެންޑީ ބާންހަމް ކުރައްވައިފި އެވެ.

ފުރިބާރުވެފައިވާ މަޖިލީހުގެ ތަޅުމަށް ބާންހަމް ވަޑައިގަތުމާ އެކު، ވެރިކަން ކުރާ ލޭބާ ޕާޓީގެ މެންބަރުންގެ ފަރާތުން އޭނާ އަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި އެވެ.

މަޖިލީހުގެ ތަޅުމަށް ވަޑައިގެން ބާންހަމް މެންބަރު ކަމުގެ ހުވާ ކުރެއްވީ، އެސްއެންޕީގެ އައު މެންބަރު ލާރާ ބާޑް އަދި ކޮންޒަވޭޓިވް ޕާޓީގެ އައު މެންބަރު ޑަގްލަސް ލަމްސްޑަން ހުވާ ކުރެއްވުމަށް ފަހުގައި އެވެ. ހުވާ ކުރެއްވުމަށް ފަހު މަޖިލީހުގެ ތަޅުމުގެ ތެރެއިން ހިންގަވާފައި ވަޑައިގެންނެވި އިރު، އޭނާ ވަނީ މަޖިލީހުގެ އިހުތިރާމް އަދާ ކުރުމުގެ ގޮތުން ބޯ ޖައްސަވާލައްވައިފަ އެވެ. 

މި ރަސްމިއްޔާތުގެ ތެރެއިން ބާންހަމް އަށް ތާއީދު ކުރައްވާ މެންބަރުން އޭނާ އަށް މަރުހަބާ ދަންނަވަމުން ދިޔައިރު، އޭނާ ހުންނެވީ ވަރަށް އުފާވެރި ހިނިތުންވުމަކާ އެކުގައި އެވެ. މީގެ އިތުރުން، މޭކާފީލްޑް ދާއިރާގެ މެންބަރުގެ ގޮތުގައި ރަސްމީކޮށް މަގާމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން، ހައުސް އޮފް ކޮމަންސްގެ ސްޕީކާ ލިންޑްސޭ ހޮއިލްއާ ބައްދަލު ކުރައްވައި ބާންހަމް ވަނީ ވަރަށް ގާތް އެކުވެރި މުއާމަލާތް ތަކެއް ކުރައްވާފައި އެވެ.

އެންޑީ ބާންހަމް މަޖިލީހަށް ވަޑައިގަތުމުން ލޭބާ ޕާޓީގެ ބެންޗު ތަކުން އިވުނު ބާރު އަޑުފަށް ގަނޑާއި އުފާވެރި ކަމުގެ ސަބަބުން، އޭނާ އަކީ އެ ޕާޓީގެ ތެރޭގައި ނުފޫޒު ގަދަ އަދި މަގުބޫލު ބޭފުޅެއްކަން ވަނީ ހާމަ ވެގެން ގޮސްފައި އެވެ. މި ހުވާ ކުރުމުގެ ރަސްމިއްޔާތާ އެކު އޭނާ މިހާރު ވަނީ ރަސްމީކޮށް މޭކާފީލްޑް ދާއިރާގެ ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުގެ ޒިންމާތަކާ ހަވާލުވެ ވަޑައިގެންފައި އެވެ.

ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ބާންހަމް ކުރެއްވިއިރު، އޭނާ އަކީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގަންނަވާނެ ކަަމަށް ބެލެވޭ ބޭފުޅާ އެވެ. ބާންހަމް މެމްބަރު ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި ސްޓާމާ ވަނީ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާާން ކުރައްވައި، ޓައިމްލައިނެއް ކަނޑައަޅުއްވައިފަ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭއެންޑީ ބަރންހަމްހައުސް އޮފް ކޮމަންސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

23 ޖޫން 2026

10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑު ވަޒީރެއް، ޓައިމްލައިން ހާމަ ކޮށްްފި

23 ޖޫން 2026
10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑު ވަޒީރެއް، ޓައިމްލައިން ހާމަ ކޮށްްފި
22 ޖޫން 2026

ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް

22 ޖޫން 2026
ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް
22 ޖޫން 2026

ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި

22 ޖޫން 2026
ބޮޑު ވަޒީރު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާ އެކު، އަވަސް އިންތިޚާބެއް ބޭއްވުމަށް ރިފޯމް ޔޫކޭގެ ފަރާޖް ގޮވާލައްވައިފި
22 ޖޫން 2026

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ އިސްތިއުފާގެ ތަގުރީރުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތައް

22 ޖޫން 2026
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ އިސްތިއުފާގެ ތަގުރީރުގައި ފާހަގަކުރެއްވި މުހިންމު ކަންތައްތައް
22 ޖޫން 2026

ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްޓާމާ އިއުލާން ކުރައްވައިފި

22 ޖޫން 2026
ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ސްޓާމާ އިއުލާން ކުރައްވައިފި
22 ޖޫން 2026

ފާރުގައި ހުރި ލިޔުން ތަކުން ވެސް، އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭކަން ބޮޑު ވަޒީރަު ޤަބޫލު ކުރަން ޖެހޭ: އޭނާ ޑިކްސަން

22 ޖޫން 2026
ފާރުގައި ހުރި ލިޔުން ތަކުން ވެސް، އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭކަން ބޮޑު ވަޒީރަު ޤަބޫލު ކުރަން ޖެހޭ: އޭނާ ޑިކްސަން
22 ޖޫން 2026

ބޮޑު ވަޒީރުގެ ދިފާއުގައި އެއްވެސް މިނިސްޓަރަކު ނުނިކުންނެވުމުން، ސުވާލު ތަކެއް އުފެދިއްޖެ

22 ޖޫން 2026
ބޮޑު ވަޒީރުގެ ދިފާއުގައި އެއްވެސް މިނިސްޓަރަކު ނުނިކުންނެވުމުން، ސުވާލު ތަކެއް އުފެދިއްޖެ
21 ޖޫން 2026

އިސްތިއުފާ ދެއްވުމަށް ފިއްތުންތައް ބޮޑުވެ، އިނގިރޭސި ބޮޑުވަޒީރު ސިޔާސީ މުސްތަގުބަލާ މެދު މަޝްވަރާ ކުރައްވަނީ

21 ޖޫން 2026
އިސްތިއުފާ ދެއްވުމަށް ފިއްތުންތައް ބޮޑުވެ، އިނގިރޭސި ބޮޑުވަޒީރު ސިޔާސީ މުސްތަގުބަލާ މެދު މަޝްވަރާ ކުރައްވަނީ
21 ޖޫން 2026

ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް

21 ޖޫން 2026
ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
21 ޖޫން 2026

ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް

21 ޖޫން 2026
ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް