Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބާންހަމް ސްޓާމަރ ބައްދަލުވުން

ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް އާއި ސްޓާމާ ބައްދަލު ކުރައްވައިފި

ޓައިމްސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު އެއް ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުން ބާއްވާފައި ވަނީ، ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ސަރުކާރު ހިންގުމަށް ތައްޔާރުވުމުގެ ގޮތުން ސިވިލް ސާވަންޓުންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމުގެ ހުއްދަ ސްޓާމާ ދެއްވާފައިވާ ވަަގުތެއްގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖޫން 2026 | ބުދަ 07:08
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ސްޓާމާ އަދި ބޮޑު ވަޒީރުގެ މަޤާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް މީގެ ކުރިން ނަންގަވާފައިވާ ފޮޓޯއެއް.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ސްޓާމާ އަދި ބޮޑު ވަޒީރުގެ މަޤާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބާންހަމް މީގެ ކުރިން ނަންގަވާފައިވާ ފޮޓޯއެއް. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ކިއާ ސްޓާމާ، ބޮޑު ވަޒީރުގެ މަޤާމަށް ވާދަ ކުރައްވާނެ ކަމަށް އިއުލާން ކޮށްފައިވާ އެންޑީ ބާންހަމްއާ ބައްދަލު ކުރައްވައިފި އެވެ. 

މިއީ މިދިޔަ ހަފުތާގައި އޮތް މޭކާފީލްޑް ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައި، ބާންހަމް މެމްބަރު ކަމުގެ ހުވާ ކުރެއްވި ފަހުން މި ދެ ބޭފުޅުން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ. 

ޓައިމްސް ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު އެއް ގަޑިއިރަށް ދެމިގެން ދިޔަ މި ބައްދަލުވުން ބާއްވާފައި ވަނީ، ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ސަރުކާރު ހިންގުމަށް ތައްޔާރުވުމުގެ ގޮތުން ސިވިލް ސާވަންޓުންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމުގެ ހުއްދަ ސްޓާމާ ދެއްވާފައިވާ ވަަގުތެއްގައި އެވެ. 

މިހާތަނަށް ލީޑަރުގެ މަގާމަށް ކުރިމަތި ލައްވާނެކަން ހާމަ ކުރައްވާފައި ވަނީ ބާންހަމް އެކަންޏެވެ. އިތުރު ކެންޑިޑޭޓަކު ވާދަ ނުކުރައްވާ ނަމަ، އަންނަ ޖުލައި މަހުގެ 17 ވަނަ ދުވަހު ބާންހަމް ބޮަޑު ވަޒީރުގެ މަގާމަށް ހަވާލުވެ ވަޑައިގަންނަވާނެ އެވެ. 

ބާންހަމްގެ އަރިސް ބޭފުޅަކު ބީބީސީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބާންހަމް ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގެންފި ނަމަ، މިހާރުގެ ޗާންސެލަރ ރޭޗަލް ރީވްސް އަށް ކެބިނެޓުގެ މެދު ފަންތީގެ މަގާމެއް ދެއްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ބާންހަމް ރޭޗަލް އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރައްވާ ކަމަށާއި، އޭނާގެ ޓީމުގައި ރޭޗަލް ހިމަނަން ބޭނުންފުޅު ވާނެ ކަމަށް ވެސް އެ ބޭފުޅާ ވިދާޅުވި އެވެ. ނަމަވެސް، ބާންހަމްގެ ތަރުޖަމާނު ވިދާޅުވީ މިކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. ރޭޗަލްގެ ބަދަލުގައި ޗާންސެލަރގެ މަގާމަށް ދެން އަތުވެދާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި އެޑް މިލިބޭންޑް، ވެސް ސްޓްރީޓިން، ޖޯން ހީލީ އަދި އިވެޓް ކޫޕާ ހިމެނެ އެވެ.

މީގެ އިތުރުން، ޑައުނިން ސްޓްރީޓްގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ކުރީގެ ކެބިނެޓް މިނިސްޓަރު ޖޭމްސް ޕާނެލް އައްޔަން ކުރައްވާނެ ކަމަށް ބާންހަމްގެ އަރިސް ބޭފުޅުން ލަފާ ކުރެ އެވެ. ޕާނެލް އަކީ ގޯޑަން ބްރައުންގެ ސަރުކާރުގައި ކަލްޗަރ ސެކްރެޓަރީގެ މަގާމާއި، ވޯކް އެންޑް ޕެންޝަންސް ސެކްރެޓަރީގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ބީބީސީގެ އިސް މަގާމުތަކާއި، ޔުނިވާސިޓީއެއްގެ ވައިސް ޗާންސެލަރުކަން ވެސް ކުރައްވާފައި އެވެ.

ބޮޑު ވަޒީރުގެ ތަރުޖަމާނު ވިދާޅުވީ، ސަރުކާރު އެކުލަވާލުމާއި މުހިންމު ސިޔާސަތުތަކާ ގުޅޭ ގޮތުން ސިވިލް ސާވަންޓުންނާ އެކު ބާއްވާ މަޝްވަރާތައް ވީހާ ވެސް އަވަހަކަށް ފަށާނެ ކަމަށެވެ. މި މަޝްވަރާ ތަކުގައި ސަލާމަތީ ކަންކަމާ ގުޅޭ މައުލޫމާތު ދިނުން ވެސް ހިމެނެ އެވެ. ލޭބާ ޕާޓީގެ މެންބަރުންގެ ތާއީދު ގެއްލުމާ ގުޅިގެން، މަގާމުގައި ދެ އަހަރު ވެސް ނުވަނީސް އިސްތިއުފާ ދެއްވާނެކަން ސްޓާމާ އިއުލާނު ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ. 

އަންގާރަ ދުވަހުގެ ހެނދުނު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ސްޓާމާ ވިދާޅުވީ، އޭނާގެ ފަހުން ބޮޑު ވަޒީރުކަމާ ހަވާލުވާ ބޭފުޅަކަށް ކަންކަން ފަސޭހަ ކޮށްދިނުމަށްޓަކައި ކުރިއަށް އޮތް ހަފުތާ ތަކުގައި ހުރި ދަތި މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އައު ބޮޑު ވަޒީރަކު އައްޔަން ކުރެވެންދެން ސަރުކާރުގެ ބޮޑެތި ސިޔާސަތު ތަކާއި، ޚަރަދުތަކާ ގުޅޭ ނިންމުންތައް ނިންމުން މަޑުޖައްސާލުމަށް ވެސް ސްޓާމާ ވަނީ އެއްބަސްވެ ވަޑައިގެންފައި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭއެންޑީ ބަރންހަމްކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި

ސްޓާމާގެ އިސްތިއުފާ އިއުލާން ކުރެއްވުމާ އެކު، އީޔޫ އިން ބާއްވަން އޮތް ސަމިޓު ކެންސަލް ކޮށްފި

23 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް

ބޮޑު ވަޒީރުގެ ރޭހަށް ނުނިކުންނަވާ، ސްޓްރީޓިންގެ ތާއީދު ބާންހަމް އަށް

23 ޖޫން 2026
ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

ބާންހަމް، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

23 ޖޫން 2026
10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑު ވަޒީރެއް، ޓައިމްލައިން ހާމަ ކޮށްްފި

10 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް ހަތް ވަނަ ބޮޑު ވަޒީރެއް، ޓައިމްލައިން ހާމަ ކޮށްްފި

23 ޖޫން 2026
ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް

ބޮޑު ވަޒީރު ކިއަރ ސްޓާމަރގެ "މިސްރާބެއް ނެތް" ވެރިކަމުގެ ނިމުން އައި ސަބަބުތައް

22 ޖޫން 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު