Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށީ މަގު ހެދުމުގެ މަސައްކަތް

ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނުނިމޭ. ތިންވަނަ ފިޔަވަހި އިއުލާން ކުރި އިރު ތަރައްގީ ކުރާނެ މަގެއް ކޮންސެޕްޓެއް ނޭނގޭ.

ހޯރަފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ލަސްވަމުންދާތީ އާއި، ތިންވަނަ ފިޔަވަހީގެ އެއްވެސް މައުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނުވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދާއިރު ކައުންސިލާއި ރައްޔިތުންގެ މަޝްވަރާ ހޯދަންޖެހޭނެ ކަމަށާއި، މިހާރުގެ ސަރުކާރުން ކައުންސިލާ ދުރުން މަސައްކަތް ކުރަމުންދާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި. އެހެންކަމުން މަގުތަކުގެ މަސައްކަތް އަވަސްކޮށް، ރައްޔިތުންނަށް އޭގެ ފައިދާ ވީހާވެސް އަވަހަކަށް ލިބިގެންދިއުމަކީ ކައުންސިލްގެ ބޮޑު އުންމީދެއް.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2026 | ހުކުރު 11:26
ހއ. ހޯރަފުށީ މަގު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ރަސްމިއްޔާތު ބޭއްވި ސަރަހައްދު.

ހއ. ހޯރަފުށީ މަގު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ރަސްމިއްޔާތު ބޭއްވި ސަރަހައްދު. | ރާއްޖެ އެމްވީ

ހއ. ހޯރަފުށީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސްޕީޑް ލަސްވެ ނުނިމޭ ކަމަށާއި، ތިން ވަނަ ފިޔަވަހި އިއުލާން ކުރި އިރު ތަރައްގީ ކުރާނެ މަގެއް ކޮންސެޕްޓެއް ނޭނގޭ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމުގައި ހޯރަފުށީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށިތަނުގައި ހުންނަވާ ވާހަކަ ދައްކަވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ  މަޖިލިސް އިންތިހާބަށް އެ މަގުގައި ތާރު އެޅުމަށްޓަކައި ރަސްމިއްޔާތު ބޭއްވުނު ކަމަށެވެ. އަދި މިހާތަނަށް މި މަސައްކަތުގައި ކުރެވުނު ކަމަކީ ރަސްމިއްޔާތެއް ބާއްވާ އިއުލާނުކުރުން އެކަނި ކަމަށާއި، އޭގެ ފަހުން މަސައްކަތް ނުފެށި ދިގުލައިގެން ދިއުމަށްފަހުގައި މަގުގައި ކާބް ސްޓޯން ޖެހުމާއި، ހޮޅިތައް ވަޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

Advertisement - newsAdvertisement

ވަހީދު ވިދާޅުވީ ދެވަނަ ފިޔަވަހީގެ މަސައްކަތް ނުނިމި އޮއްވާ މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އިއުލާނު ކުރިތަން ދުށް ކަމަށެވެ. ނަމަވެސް ހޯރަފުށީ ކައުންސިލަށް އެކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، 3 ވަނަ ފިޔަވަހީގައި ހަދަނީ ކޮން މަގުތަކެއް ކަމެއް ވެސް އަދި މަގުތަކުގެ ކޮންސެޕްޓެއް ވެސް ޑިޒައިނެއް ވެސް  ހޯރަފުށީ ކައުންސިލަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ. 

ހަމައެކަނި ކުރެވުނީ އިއުލާނެއް. ދެން އުއްމީދުކުރެވެނީ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަށްވުރެ ބާރު ސްޕީޑުގައި ވީހާވެސް އަވަހަކަށް ނިންމާލާ ރައްޔިތުންނަށް މަގުތަކުގެ ހިތް ފަސޭހަކަން ލިބިގެންދިއުން. 
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު

ވަހީދު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ދިޔަ އިރުގައި، އެމްޓީސީސީ އާއި ކައުންސިލާއި މިނިސްޓްރީ އަދި ކުރީގެ މެންބަރާ ގުޅިލާ މެހިގެން ކުރެވުނު މަސައްކަތުން ކޮންސެޕްޓަށް ރައްޔިތުންގެ އެދެމުން ދިޔަ ބަދަލެއް ނަމަ އެ ބަދަލެއް ގެންނަމުން ދިޔަ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް މިހާރުގެ ސަރުކާރުގެ ތަރައްގީގެ ޕްރޮޖެކްޓް ކުރިއަށްދާއިރު ކައުންސިލާއި ވަރަށް ދުރު ކަމަށެވެ. އަދި ހޯރަފުށީގެ އެންމެ އިސް މުއައްސަސާއަކީ ކައުންސިލް ކަމަށާއި، އެންމެ އިސްވާނީ ހޯރަފުށީ ރައްޔިތުން ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ މިފަދަ ކަންކަންމުގައި ހޯދަންޖެހޭނެ ކަމަށް ވަހީދު ވިދާޅުވި އެވެ. 

ހއ. ހޯރަފުށިރައީސް ޑރ. މުހައްމަދު ވަހީދުމަގު ހެދުމުގެ މަޝްރޫޢު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން

ސަރުކާރު ބަދަލުވިފަހުން ހޯރަފުށީ ބޮޓެލިން ޕްލާންޓް ހުރީ ދަބަރަށްވާން ދޫކޮށްލާފައި، ކުރިހާ ވެސް ކަމަކީ އެތަނުގައި ހުރި އޭސީތައް ނައްޓައިގެން ގެންދިއުން

24 އެޕްރީލު 2026
އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

23 އެޕްރީލު 2026
ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް 
އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!

ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!

18 އެޕްރީލު 2026
ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު

ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު

17 އެޕްރީލު 2026
ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

ހޯރަފުށީގައި ބޭއްވި އެމްޓީސީސީގެ ސީއީއޯ ސައުދީ ބައިވެރިވި ޕީއެންސީ ޖަލްސާ އަށް މީހުން އުފުލުމަށް ހާއްސަކޮށް އާރްޓީއެލް ފެރީ ބާއްވައިފި

28 މާރިޗު 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު