Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ފާރުގައި ހުރި ލިޔުން ތަކުން ވެސް، އަމިއްލަ އަށް އިސްތިއުފާ ދޭން ޖެހޭކަން ބޮޑު ވަޒީރަު ޤަބޫލު ކުރަން ޖެހޭ: އޭނާ ޑިކްސަން

22 ޖޫން 2026 | ހޯމަ 08:14

އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާ އަމިއްލަފުޅަށް މަގާމުން ދުރުވުމަށް ލޭބަރ ޕާޓީގެ މެންބަރު އޭނާ ޑިކްސަން ގޮވާލައްވައިފިއެވެ. ގައުމުގެ ހަމަޖެހުމަށްޓަކައި އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ ތާވަލެއް އެކުލަވާލަންޖެހޭ ކަމަށާއި، ޕާޓީގެ އެތެރޭގެ ކޯޅުންތަކަކަށް ނުގޮސް އެންޑީ ބާންހަމްއާ ލީޑަރޝިޕް ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބާންހަމްއަކީ ސިޔާސީ ގޮތުން ތަޖުރިބާކާރު، ގައުމު ހިންގުމުގެ ގާބިލުކަން ހުރި ބޭފުޅެއްކަންވެސް ޑިކްސަން ފާހަގަކުރެއްވިއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2026 | ހޯމަ 08:14
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ވަގުތު ޖެހިއްޖެކަން އެމަނިކުފާނަށް މިހާރު ގަބޫލު ކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ލޭބާ ޕާޓީގެ ޤާނޫނު ހަދާާ މަޖިލީހުގެ މެމްބަރު އޭނާ ޑިކްސަން ވިދާޅުވެއްޖެ އެވެ.

ބޮޑު ވަޒީރުގެ މަގާމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބެލެވޭ އެންޑީ ބާންހަމް އަށް ތާއީދު ކުރައްވާ ޑިކްސަން މިހެން ވިދާޅުވީ، ބީބީސީ ރޭޑިއޯ 4 ގެ ޓުޑޭ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޑިކްސަން ވިދާޅުވީ ބޮޑު ވަޒީރު ކަމުން ވަކިވެ ވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެކަން ސްޓާމާ އަށް މިހާރު ސާފު ވާނެ ކަމަށާއި، މަގާމުން ދުރުވާން ޖެހޭނެކަން "ފާރުގައި ލިޔެފައިވާ ލިޔުން ތަކުން" ނުވަތަ ފެންނަން ހުރި ހެކި ތަކުން އެނގި ވަޑައިގަންނަވާނެ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިޚާބަކަށް ނުގޮސް، އަމިއްލަފުޅަށް މަގާމުން ދުރުވުމަށް އޭނާ ވަނީ ބޮޑު ވަޒީރަށް ގޮވާލައްވާފައި އެވެ.

މީގެ އިތުރުން ޤައުމުގެ ހަމަޖެހުން ގާއިމު ކުރުމަށްޓަކައި، ކުރިއަށް އޮތް ހަފުތާ ތަކެއް ނުވަތަ މަސް ތަކެއްގެ ތެރޭގައި ވެރިކަން ބަދަލު ކުރުމުގެ ތާވަލެއް ސްޓާމާ އެކުލަވާލައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަ ށްވެސް ޑިކްސަން ވިދާޅުވި އެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޤައުމަށް މިވަގުތު އެންމެ މުހިންމީ އޮމާންކަމާ އެކު ވެރިކަން ބަދަލުވުމެވެ. އަދި ލީޑާޝިޕް ކާމިޔާބު ކުރަން ބޭނުންވާ ބޭފުޅުން ބަހުސް ތަކުގައި އެކަކު އަނެކަކަށް ފާޑު ކިޔައި، ޕާޓީ ބައިބައިވާ މަންޒަރު ފެންނަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލީޑާޝިޕް އިންތިޚާބަކާ ނުލައި، އެންޑީ ބާންހަމްއާ މަގާމު ހަވާލުކުރަން ބޭނުންވޭތޯ ސުވާލު ކުރުމުން ޑިކްސަން ވިދާޅުވީ، ބާންހަމް އަކީ ވޭތުވެދިޔަ 25 އަހަރު ދުވަހު ސިޔާސީ ދާއިރާގައި ކާމިޔާބު މަސައްކަތް ތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ސާބިތު ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ބާންހަމް އަކީ މީގެ ކުރިން ކެބިނެޓު މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން، ފާއިތުވި ނުވަ އަހަރު ދުވަހު މޭޔަރެއްގެ ގޮތުގައި ބޮޑު ސިޓީއެއް ހިންގަވާފައިވާ ބޭފުޅެއްކަން ޑިކްސަން ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ބާންހަމް އަކީ ގައުމުގެ ލީޑާޝިޕްއާ ހަވާލުވުމުގެ ގާބިލުކަން ހުރި، އިމްތިހާނު ތަކުން ފާސް ވެފައިވާ ބޭފުޅެއް ކަމަށް ޑިކްސަން ވިދާޅުވި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭއޭނާ ޑިކްސަންކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)އެންޑީ ބަރންހަމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

22 ޖޫން 2026

ބޮޑު ވަޒީރުގެ ދިފާއުގައި އެއްވެސް މިނިސްޓަރަކު ނުނިކުންނެވުމުން، ސުވާލު ތަކެއް އުފެދިއްޖެ

22 ޖޫން 2026
ބޮޑު ވަޒީރުގެ ދިފާއުގައި އެއްވެސް މިނިސްޓަރަކު ނުނިކުންނެވުމުން، ސުވާލު ތަކެއް އުފެދިއްޖެ
21 ޖޫން 2026

އިސްތިއުފާ ދެއްވުމަށް ފިއްތުންތައް ބޮޑުވެ، އިނގިރޭސި ބޮޑުވަޒީރު ސިޔާސީ މުސްތަގުބަލާ މެދު މަޝްވަރާ ކުރައްވަނީ

21 ޖޫން 2026
އިސްތިއުފާ ދެއްވުމަށް ފިއްތުންތައް ބޮޑުވެ، އިނގިރޭސި ބޮޑުވަޒީރު ސިޔާސީ މުސްތަގުބަލާ މެދު މަޝްވަރާ ކުރައްވަނީ
21 ޖޫން 2026

ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް

21 ޖޫން 2026
ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
21 ޖޫން 2026

ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް

21 ޖޫން 2026
ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް
21 ޖޫން 2026

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ

21 ޖޫން 2026
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ
20 ޖޫން 2026

ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސަރ ކިއަރ ސްޓާމަރއަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަނީ

20 ޖޫން 2026
ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސަރ ކިއަރ ސްޓާމަރއަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަނީ
20 ޖޫން 2026

ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި

20 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި
14 ޖޫން 2026

އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

14 ޖޫން 2026
އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
13 ޖޫން 2026

ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި

13 ޖޫން 2026
ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި
13 ޖޫން 2026

ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

13 ޖޫން 2026
ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް