Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

ޣަލިބާފް ވިދާޅުވީ ސަރަހައްދީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ އެކު ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތީ އަދި ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށް. އަދި ހަނގުރާމައިގެ ކުރިން އެ ސަރަހައްދު އޮތް ހާލަތަށް ދެން އެނބުރި ނުދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި. ނަމަވެސް، މި ބަދަލުތަކާއެކު ވެސް އީރާން އިން ބައިނަލްއަގުވާމީ ގާނޫނު ތަކަށް ފުރިހަމަ އަށް ބޯލަނބާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 06:20
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަނގުރާމައިގެ ސަބަބުން ދަތުރު ކުރުމަށް ދަތިވެފައިވާ ހޮރްމޫޒް ކަނޑު އޮޅި، ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ދެން ދުވަހަކު ވެސް ނުދާނެ ކަމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ.

އީރާންގެ ފަރާތުން މަޝްވަރާ ތަކުގައި އިސްކޮށް ހުންނަވާ ޣަލިބާފް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އާއެކު ސްވިޒަލެންޑުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގެ ބައްދަލުވުމަށް ފަހު އެނބުރި ޤައުމަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އެވެ. 

ޣަލިބާފް ވިދާޅުވީ ސަރަހައްދީ މަސްރަހަށް އައިސްފައިވާ ބަދަލުތަކާ އެކު ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތީ އަދި ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށެވެ. އަދި ހަނގުރާމައިގެ ކުރިން އެ ސަރަހައްދު އޮތް ހާލަތަށް ދެން އެނބުރި ނުދާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. ނަމަވެސް، މި ބަދަލުތަކާއެކު ވެސް އީރާން އިން ބައިނަލްއަގުވާމީ ގާނޫނު ތަކަށް ފުރިހަމަ އަށް ބޯލަނބާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައި އެވެ.

މި މަޝްވަރާ ތަކަކީ މެދު އިރުމަތީގެ ނުތަނަވަސްކަން ކުޑަ ކުރުމަށާއި، ސަރަހައްދީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާ އާއި އީރާންއާ ދެމެދު ސުވިޒަލެންޑުގައި ކުރިއަށް ދިޔަ މުހިންމު ބައްދަލުވުން ތަކެކެވެ. މި ބައްދަލުވުން ތަކުގައި ހޮރްމޫޒް ކަނޑު އޮޅީގެ ސަލާމަތާ ގުޅޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހޮރްމޫޒް ކަނޑު އޮޅި އަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު އިންސައްތައެއް ބޭރު ކުރާ އެންމެ މުހިންމު އެއް މަގަށް ވާއިރު، އެ ސަރަހައްދުގެ ހަމަޖެހުމަކީ ދުނިޔޭގެ އިގްތިސާދާ ސީދާ ގުޅިފައިވާ ކަމެކެވެ. އީރާން އިން މިފަދަ މޭރުމަކުން ވާހަކަ ދައްކާފައި މިވަނީ، ސަރަހައްދީ ހަނގުރާމައިގެ ސަބަބުން ކަނޑު ދަތުރު ފަތުރަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން އިންތިހާ އަށް ބޮޑު ވެފައިވާ ދަނޑިވަޅެއްގައި އެވެ.

އީރާންގެ ފަރާތުން މަޝްވަރާ ތަކުގައި އިސްކޮށް ހުންނަވާ ޣަލިބާފްގެ މި ވާހަކަ ތަކުން ދޭހަ ވަނީ، ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އީރާންގެ ދައުރު މިހާރަށް ވުރެ ވަރުގަދަ ވެގެންދާނެ ކަމެވެ. އެހެން ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނު ތަކަށް އިހުތިރާމް ކުރާނެ ކަމަށް ބުނުމަކީ، ދުނިޔޭގެ ބާރު ތަކަށް އީރާން އިން ދިން ޔަގީން ކަމެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ދެކެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިމުހައްމަދު ބާގިރު ގަލިބާފް

އިތުރަށް ކިޔާލަން

22 ޖޫން 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ

22 ޖޫން 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ
22 ޖޫން 2026

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026
އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު