Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރުގެ ދިފާއުގައި އެއްވެސް މިނިސްޓަރަކު ނުނިކުންނެވުމުން، ސުވާލު ތަކެއް އުފެދިއްޖެ

22 ޖޫން 2026 | ހޯމަ 08:09

ދިރާސާ ކުރާ ފަރާތް ތަކުން ފާހަގަ ކުރާ ގޮތުގައި، ޖެކީ ސްމިތް އަކީ އިހުތިރާމް ލިބިގެންވާ އަދި ސިޔާސީ ދާއިރާގައި ގިނަ ތަޖުރިބާ ތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވީ ނަމަވެސް، ބޮޑު ވަޒީރުގެ މަގާމުގެ ދިފާއުގައި މިފަދަ ނާޒުކު ވަގުތެއްގައި ކެބިނެޓު މިނިސްޓަރަކު ފެންނަން ނެތުމަކީ އާދައިގެ ކަމެއް ނޫން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2026 | ހޯމަ 08:09
އިނގިރޭސިވިލާތުގެ ކެބިނެޓު ބައްދަލުވުމެއްގައި ބޮޑު ވަޒީރު ސްޓާމާ އާއި މިނިސްޓަރުން.

އިނގިރޭސިވިލާތުގެ ކެބިނެޓު ބައްދަލުވުމެއްގައި ބޮޑު ވަޒީރު ސްޓާމާ އާއި މިނިސްޓަރުން. | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިވެ ވަޑައިގެންފައިވާ މި ދަނޑިވަޅުގައި، އެމަނިކުފާނުގެ ދިފާއުގައި ކެބިނެޓުގެ އެއްވެސް މިނިސްޓަރަކު މީޑިއާގައި ވާހަކަ ދައްކަވާފައި ނުވާތީ އެކަމާ ގިނަ ސުވާލު ތަކެއް އުފެދިއްޖެ އެވެ. 

ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް ހޯމަ ދުވަހު މީޑިއާ ތަކަށް ނުކުމެވަޑައިގެން ހުންނެވީ ތަޖުރިބާކާރު ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ ޖެކީ ސްމިތު އެކަނި އެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި، ޖެކީ ސްމިތް އަކީ އިހުތިރާމް ލިބިގެންވާ އަދި ސިޔާސީ ދާއިރާގައި ގިނަ ތަޖުރިބާ ތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވީ ނަމަވެސް، ބޮޑު ވަޒީރުގެ މަގާމުގެ ދިފާއުގައި މިފަދަ ނާޒުކު ވަގުތެއްގައި ކެބިނެޓު މިނިސްޓަރަކު ފެންނަން ނެތުމަކީ އާދައިގެ ކަމެއް ނޫނެވެ.

ބޮޑު ވަޒީރު ސްޓާމާ އަށްސިޔާސީ ގޮތުން އިތުބާރު އޮތް ނަމަ، އެމަނިކުފާނުގެ ކެބިނެޓުގެ އިސް މިނިސްޓަރަކު ހޯމަ ދުވަހުގެ ހެނދުނު މީޑިއާ ތަކަށް ނުކުމެ ބޮޑު ވަޒީރުގެ ދިފާއުގައި ވަކާލާތު ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. 

ކެބިނެޓުގެ މިނިސްޓަރުން މި ވަގުތު ހަނު ތިއްބެވުމަކީ ސަރުކާރުގެ އެތެރޭގެ މަސްރަހާ މެދު ތަފާތު ވާހަކަ ތަކެއް ދެކެވުމަށް މަގުފަހިވާ ކަމެކެވެ. މިއީ ބޮޑު ވަޒީރުގެ މަގާމާ މެދު ނުވަތަ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުތަކާ މެދު ކެބިނެޓުގެ ތެރޭގައި ޚިޔާލު ތަފާތުވުން ތަކެއް ހުރިކަން ހާމަ ކޮށްދޭ ނިޝާނެއް ކަމަށް ވެސް ބައެއް ފަރާތް ތަކުން ދެކެ އެވެ.

އާންމު ގޮތެއްގައި ސަރުކާރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވާ ވަގުތު ތަކުގައި، ސަރުކާރުގެ އެންމެ އިސް ސަފުގެ ބޭފުޅުން ނުކުމެ ވަރުގަދަ އަށް ދިފާއުގައި ވާހަކަ ދެއްކެވުމަކީ ސިޔާސީ އުސޫލުތައް އޮންނަ ގޮތެވެ. ނަމަވެސް ހޯމަ ދުވަހުގެ ހެނދުނު ފެނިގެން ދިޔަ މަންޒަރުން ދޭހަވަނީ ބޮޑު ވަޒީރު ސްޓާމާ އަށް އޮތް ތާއީދު ކެބިނެޓުގެ ތެރޭގައި ކުޑަ ވަމުންދާ ކަމުގެ އިޝާރާތެއް ކަމަށް ސިޔާސީ މައިދާނުގެ ޚަބަރުތައް ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާ ތަކުން އަދި ވަކި އެއްޗެއް ހާމަ ކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް، ކެބިނެޓުގެ މިނިސްޓަރުން މީޑިއާއާ ދުރުގައި ތިއްބެވުމަކީ މި ވަގުތު އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަށް ވަނީ ވެފައި އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބަރ ޕާޓީ - ޔޫކޭކިއާ ސްޓާމަރ (އިނގިރޭސި ބޮޑު ވަޒީރު)

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

21 ޖޫން 2026

އިސްތިއުފާ ދެއްވުމަށް ފިއްތުންތައް ބޮޑުވެ، އިނގިރޭސި ބޮޑުވަޒީރު ސިޔާސީ މުސްތަގުބަލާ މެދު މަޝްވަރާ ކުރައްވަނީ

21 ޖޫން 2026
އިސްތިއުފާ ދެއްވުމަށް ފިއްތުންތައް ބޮޑުވެ، އިނގިރޭސި ބޮޑުވަޒީރު ސިޔާސީ މުސްތަގުބަލާ މެދު މަޝްވަރާ ކުރައްވަނީ
21 ޖޫން 2026

ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް

21 ޖޫން 2026
ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
21 ޖޫން 2026

ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް

21 ޖޫން 2026
ރަސްކަމުގެ ތެރޭގައި އަމިއްލަ ޓެކްސް ބިލު ހާމަ ކުރައްވާ އިނގިރޭސިވިލާތުގެ ފުރަތަމަ ރަސްގެފާނަށް ޗާލްސް
21 ޖޫން 2026

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ

21 ޖޫން 2026
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަނީ
20 ޖޫން 2026

ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސަރ ކިއަރ ސްޓާމަރއަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަނީ

20 ޖޫން 2026
ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސަރ ކިއަރ ސްޓާމަރއަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަނީ
20 ޖޫން 2026

ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި

20 ޖޫން 2026
ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި
14 ޖޫން 2026

އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

14 ޖޫން 2026
އިނގިރޭސިވިލާތުން ރަޝިޔާގެ "ޝެޑޯ ފްލީޓް" ތެޔޮ ބޯޓެއް ހުއްޓުވާފައިވާ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
13 ޖޫން 2026

ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި

13 ޖޫން 2026
ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި
13 ޖޫން 2026

ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި

13 ޖޫން 2026
ފަލަސްޠީނުގެ ހައްގުގައި އިނގިރޭސިވިލާތުގައި އަޑު އުފުލާ ބަޔަކަށް ޓެރަރިޒަމްގެ ދައުވާކޮށް، އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވައިފި
10 ޖޫން 2026

ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާ އަވަސްކޮށްދޭ "ޕްރެސިޝަން ރޭޑިއޯތެރަޕީ" އިނގިރޭސިވިލާތުން ތައާރަފުކޮށްފި

10 ޖޫން 2026
ޕްރޮސްޓޭޓް ކެންސަރުގެ ފަރުވާ އަވަސްކޮށްދޭ "ޕްރެސިޝަން ރޭޑިއޯތެރަޕީ" އިނގިރޭސިވިލާތުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް