Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި

23 ޖޫން 2026 | އަންގާރަ 05:05

އާޖެންޓީނާ އަތުން ބަލިވި ނަމަވެސް، ޖޯޑަން ބަލިކޮށް އަލްޖީރިއާ އިން ވަނީ އުންމީދު ހޯދާފައި. ފަހު މެޗުގައި އޮސްޓްރިއާ އަތުން މޮޅުވެ، އަލްޖީރިއާ އަށް އަނެއް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 05:05
މެޗުގައި ލަނޑު ޖެހުމަށް ފަހު އަލްޖީރިއާގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އަލްޖީރިއާގެ ކުޅުންތެރިން އުފާ ފާާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ޖޭގައި ޖޯޑަންއާ ދެކޮޅަށް ކުޅުނު މެޗުން، ފަހަތުން އަރައި އަލްޖީރިއާ މޮޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ހެނދުނު ކުޅުނު މެޗު އަލްޖީރިއާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ޖޯޑަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. 

މެޗު ފަށައިގެން ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ކުޅެމުން ދިޔައިރު، ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ޖޯޑަން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ޖޯޑަން އަށް ޖަހައިދިނީ ނިޒާރު އަލް ރަޝްދާން އެވެ.

ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގެ 69 ވަނަ މިނެޓުގައި އަލްޖީރިއާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. އެ ލަނޑު އަލްޖީރިއާ އަށް ޖަހައިދިނީ ނާދިރް ބެންބޯލީ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކެޕްޓަން ރިޔާދް މަހްރޭޒް އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް އަމީން ގޯރީ ވަނީ އަލްޖީރިއާގެ ދެ ވަނަ ލަނޑު ޖަހައި މެޗުން އެ ޓީމު މޮޅު ކޮށްދީފައި އެވެ. 

މުބާރާތުގައި ޖޯޑަންގެ ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން ބަލިވެފައިވާއިރު، ދެ ވަނަ މެޗުން ވެސް ބަލިވެ އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން ބަލިވި ނަމަވެސް، ޖޯޑަން ބަލިކޮށް އަލްޖީރިއާ އިން ވަނީ އުންމީދު ހޯދައިފަ އެވެ. ފަހު މެޗުގައި އޮސްޓްރިއާ އަތުން މޮޅުވެ، އަލްޖީރިއާ އަށް އަނެއް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

މިއީ 2014 ވަނަ އަހަރުގެ ފަހުން އަލްޖީރިއާ އިން ކުޅޭ ފުރަތަމަ ވޯލްޑް ކަޕް އެވެ. 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އަލްޖީރިއާ ކޮލިފައިވެފައި ނުވެ އެވެ.

ފީފާ ވާރލްޑް ކަޕް 2026އަލްޖީރިއާ ޤައުމީ ފުޓުބޯޅަ ޓީމުޖޯޑަން ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

23 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް

23 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް
23 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް

23 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް
22 ޖޫން 2026

މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް

22 ޖޫން 2026
މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް
22 ޖޫން 2026

2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ

22 ޖޫން 2026
2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
22 ޖޫން 2026

ނިއުޒިލެންޑާ ދެކޮޅަށް ކުޅުނުއިރު، މިޞްރުގެ ސަޕޯޓަރުން އަޑު އުފުލީ ފަލަސްޠީނުގެ ޙައްގުގައި

22 ޖޫން 2026
ނިއުޒިލެންޑާ ދެކޮޅަށް ކުޅުނުއިރު، މިޞްރުގެ ސަޕޯޓަރުން އަޑު އުފުލީ ފަލަސްޠީނުގެ ޙައްގުގައި
22 ޖޫން 2026

ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު

22 ޖޫން 2026
ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު
22 ޖޫން 2026

ފަހަތުން އަރައި ކޭޕް ވާޑް އިން އުރުގުއޭއާ ވެސް އެއްވަރު ކޮށްފި

22 ޖޫން 2026
ފަހަތުން އަރައި ކޭޕް ވާޑް އިން އުރުގުއޭއާ ވެސް އެއްވަރު ކޮށްފި
22 ޖޫން 2026

އީރާން އިން ބެލްޖިއަމްއާ އެއްވަރު ކޮށްފި

22 ޖޫން 2026
އީރާން އިން ބެލްޖިއަމްއާ އެއްވަރު ކޮށްފި
21 ޖޫން 2026

ވޯލްޑް ކަޕްގައި ޔަމާލް ޖެހި ފުރަތަމަ ލަނޑާ އެކު، ސްޕެއިން އިން ސައުދީ ބަލި ކޮށްފި

21 ޖޫން 2026
ވޯލްޑް ކަޕްގައި ޔަމާލް ޖެހި ފުރަތަމަ ލަނޑާ އެކު، ސްޕެއިން އިން ސައުދީ ބަލި ކޮށްފި
21 ޖޫން 2026

އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

21 ޖޫން 2026
އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް