Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް

މޮޅާ އެކު ނޯވޭ އިން މުބާރާތުގެ ގަދަ 32 ޓީމުގެ ތެރެއިން ޖާާގަ ހޯދީ، ހަ ޕޮއިންޓާ އެކު ދެ ވަނައިގައި. ގުރޫޕު ސްޓޭޖުގައި ބާކީ ނޯވޭ އަށް އޮތީ ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 04:12
މެޗުގައި ލަނޑު ޖެހުމަށް ފަހު ނޯވޭގެ ހާލަންޑް އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ނޯވޭގެ ހާލަންޑް އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އައިގައި ސެނެގާލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ނޯވޭ އިން މުބާރާތުގެ ގަދަ 32 އިން ޖާގަ ކަށަވަރު ކޮށްފި އެވެ.

އަންގާރަ ދުވަހުގެ ފަތިހު ކުޅުނު މެޗު ނޯވޭ އިން ކާމިޔާބު ކޮށްފައި ވަނީ 3-2 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނޯވޭ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެވެ. 

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ނޯވޭ އިން ލަނޑު ޖަަހައި ލީޑު ނެގި އެވެ. އެގޮތުން ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ނޯވޭ އަށް ލީޑު ނަގައިދިނީ މާކަސް ޕެޑަސަން އެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އާލިން ހާާލަންޑް ވަނީ ނޯވޭގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. ނޯވޭ އިން ދެ ލަނޑު ޖެހި ފަހުން، މެޗުގެ 53 ވަނަ މިނެޓުގައި ސެނެގާލްގެ ފުރަތަމަ ލަނޑު ޖެހީ އިސްމާއިލާ ސާ އެވެ. 

އޭގެ ތިން މިނެޓު ފަހުން ހާލަންޑް ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި ނޯވޭގެ ލީޑު ފުޅާ ކޮށްފައި އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ސެނެގާލްގެ ދެ ވަނަ ލަނޑު ޖެހީ ސާ އެވެ. 

މޮޅާ އެކު ނޯވޭ އިން މުބާރާތުގެ ގަދަ 32 ވަނަ ބުރުގެ ޖާާގަ ހޯދީ، ހަ ޕޮއިންޓާ އެކު ދެ ވަނައިގައި އެވެ. ގުރޫޕު ސްޓޭޖުގައި ބާކީ ނޯވޭ އަށް އޮތީ ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗެވެ. މިއީ 1998 ވަނަ އަހަރުގެ ފަހުން ނޯވޭ އިން ވޯލްޑް ކަޕްގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ.

ފީފާ ވާރލްޑް ކަޕް 2026ނޯވޭ ޤައުމީ ފުޓުބޯޅަ ޓީމުސެނެގާލް ޤައުމީ ފުޓުބޯޅަ ޓީމުއާލިން ހާލަންޑް

އިތުރަށް ކިޔާލަން

23 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް

23 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް
22 ޖޫން 2026

މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް

22 ޖޫން 2026
މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް
22 ޖޫން 2026

2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ

22 ޖޫން 2026
2026 ވޯލްޑް ކަޕުގައި ގިނަ ރެކޯޑުތަކެއް މުގުރާލަނީ
22 ޖޫން 2026

ނިއުޒިލެންޑާ ދެކޮޅަށް ކުޅުނުއިރު، މިޞްރުގެ ސަޕޯޓަރުން އަޑު އުފުލީ ފަލަސްޠީނުގެ ޙައްގުގައި

22 ޖޫން 2026
ނިއުޒިލެންޑާ ދެކޮޅަށް ކުޅުނުއިރު، މިޞްރުގެ ސަޕޯޓަރުން އަޑު އުފުލީ ފަލަސްޠީނުގެ ޙައްގުގައި
22 ޖޫން 2026

ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު

22 ޖޫން 2026
ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު