Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ގާނާ އަތުން އިންގްލެންޑަށް މޮޅު ނުވެވުނު

އެއް ވަަނައިގައި އޮތް އިންގްލެންޑާއި ދެ ވަނައިގައި އޮތް ގާނާ އަށް ވެސް ލިބެނީ ހަތަރު ޕޮއިންޓު. އިންގްލެންޑަށް ކުރި ލިބެނީ ފައިދާ ލަނޑުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖޫން 2026 | ބުދަ 01:41
އިންގްލެންޑާއި ގާނާ ބައްދަލު ކުރި މެޗުގެ ތެރެއިން.

އިންގްލެންޑާއި ގާނާ ބައްދަލު ކުރި މެޗުގެ ތެރެއިން. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެލްގައި ގާާނާ އާއި އިންގްލެންޑު ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ގާނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މުބާރާތުގެ ކުރިއަށް އޮތް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އިންގްލެންޑަށް އޮތެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ދެ ޓީމުން ވެސް ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި އިންގްލެންޑަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބިފަ އެވެ. އެގޮތުން އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އަށް ލިބުނު ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. އަނެއްކޮޅުން ގާނާ އިން ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ހޯދައިފަ އެވެ.

މުބާރާތުގައި އިންގްލެންޑުގެ ފުރަތަމަ މެޗުގައި ވަނީ ކްރޮއޭޝިއާ ބަލިކޮށްފައި އެވެ. ގާނާގެ ފުރަތަމަ މެޗުގައި ޕަނަމާ ބަލިކޮށްފައިވާއިރު، ދެ ޓީމަށް ވެސް މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެއް ވަަނައިގައި އޮތް އިންގްލެންޑާއި ދެ ވަނައިގައި އޮތް ގާނާ އަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. އިންގްލެންޑަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. 

އިންގްލެންޑުގެ ފަހު މެޗުގައި އެ ޓީމު ނިކުންނާނީ ޕެނެމާއާ ދެކޮޅަށެވެ. އަދި ގާނާގެ ފަހު މެޗުގައި އެ ޓީމު ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026އިންގްލެންޑުގެ ގައުމީ ޓީމުގާނާ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

24 ޖޫން 2026

އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް

24 ޖޫން 2026
އުޒްބެކިސްތާން އަތުން ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ރެކޯޑެއް
23 ޖޫން 2026

ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި

23 ޖޫން 2026
ފަހަތުން އަރައި ޖޯޑަން ބަލިކޮށް، އަލްޖީރިއާ އިން އުންމީދު ދަމަހައްޓައިފި
23 ޖޫން 2026

ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް

23 ޖޫން 2026
ހާލަންޑުގެ މޮޅު ކުޅުމާ އެކު، ސެނެގާލް ބަލިކޮށް ނޯވޭ އަނެއް ބުރަށް
23 ޖޫން 2026

އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް

23 ޖޫން 2026
އެމްބާޕޭގެ ދެ ލަނޑުން މޮޅުވެ، ފްރާންސް އަނެއް ބުރަށް
22 ޖޫން 2026

މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް

22 ޖޫން 2026
މެސީގެ ރެކޯޑު ދެ ލަނޑުން މޮޅުވެ، އާޖެންޓީނާ އަނެއް ބުރަަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު