Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ނިއުޒިލެންޑާ ދެކޮޅަށް ކުޅުނުއިރު، މިޞްރުގެ ސަޕޯޓަރުން އަޑު އުފުލީ ފަލަސްޠީނުގެ ޙައްގުގައި

އެގޮތުން މިޞްރުގެ ސަޕޯޓަރުން ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން ސްޓޭޑިއަމްގެ ބޭރުގައި ތިބެފައި. އެއާ އެކު މިޞްރުގެ ސަޕޯޓަރުން ވަނީ ފަލަސްޠީނުގެ ޙައްގުގައި އަދި ފަލަސްޠީނަށް ތާއީދު ކުރުމުގެ ގޮތުން ތަފާތު ޝިއާރުތައް ހަރު އަޑުން ގޮވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2026 | ހޯމަ 08:16
މިޞްރުގެ ސަޕޯޓަރުން ފަލަސްޠީނުގެ ޙައްގުގައި އަޑު އުފުލަނީ.

މިޞްރުގެ ސަޕޯޓަރުން ފަލަސްޠީނުގެ ޙައްގުގައި އަޑު އުފުލަނީ. | ސޯޝަލް މީޑިއާ

ފީފާ ވޯލްޑް ކަޕްގައި މިޞްރުން ނިއުޒިލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި، މިޞްރުގެ ސަޕޯޓަރުން ފަލަސްޠީނުގެ ޙައްގުގައި އަޑު އުފުލައިފި އެވެ. 

ކެނެޑާގެ ވެންކޫވާގެ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅުނު މެޗު ފެށުމުގެ ކުރިން ވެސް، މިޞްރުގެ ސަޕޯޓަރުން ވަނީ ދަނޑު ބޭރުގައި އެއްވެ ތިބެ، ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލައިފަ އެވެ. 

އެގޮތުން މިޞްރުގެ ސަޕޯޓަރުން ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން ސްޓޭޑިއަމްގެ ބޭރުގައި ތިބެފަ އެވެ. އެއާ އެކު މިޞްރުގެ ސަޕޯޓަރުން ވަނީ ފަލަސްޠީނުގެ ޙައްގުގައި އަދި ފަލަސްޠީނަށް ތާއީދު ކުރުމުގެ ގޮތުން ތަފާތު ޝިއާރުތައް ހަރު އަޑުން ގޮވައިފަ އެވެ. 

އާންމު ގޮތެއްގައި ވޯލްޑް ކަޕްގެ މެޗު ތަކުގައި ޓީމު ތަކުގެ ސަޕޯޓަރުން އެއްވެ އަޑު އުފުލަނީ އެ ޤައުމަކަށް ތާއީދު ކުރުމުގެ ގޮތުންނެވެ. ނަމަވެސް، މިޞްރުގެ ސަޕޯޓަރުން ފަލަސްޠީނުގެ ޙައްގުގައި އަޑު އުފުލުމަކީ، މިޞްރާއި ފަލަސްޠީންއާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށް ބައެއް ފަރާތް ތަކުން ފާހަގަ ކުރެ އެވެ. 

ޚާއްސަކޮށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމާއި، ޣައްޒާގައި ހިންގަމުން އަންނަ ޖަރީމާތައް ހުއްޓާލައި، އަދި ޣައްޒާގެ ރައްޔިތުން ޖެހިފައިވާ ބިކަ ޙާލުން ސަލާމަތް ކުރުމަށް ވެސް މިޞްރުގެ ސަޕޯޓަރުން ވަނީ ގޮވާލައިފަ އެެވެ.

ކެނެޑާ އަކީ މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ ތިން ޤައުމުގެ ތެރެއިން އެއް ޤައުމެވެ. ކެނެޑާގެ އިތުރުން ދެން ވޯލްޑް ކަޕް ހޯސްޓު ކުރަނީ އެމެރިކާ އާއި މެކްސިކޯ އިންނެވެ.  ފުޓުބޯޅައިގެ ތެރެއިން ސިޔާސީ މެސެޖުތައް ދިނުމަކީ ފީފާ އިން މަނާ ކޮށްފައިވާ ކަމަކަށް ވީ ނަމަވެސް، އެކި ޤައުމު ތަކުގެ ސަޕޯޓަރުން މިކަހަލަ ކަންކަން ކުރާކަން ފާހަގަވެފައިވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ފީފާ ވާރލްޑް ކަޕް 2026މިޞްރުގެ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

22 ޖޫން 2026

ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު

22 ޖޫން 2026
ޞަލާޙުގެ ލަނޑާ އެކު، މިޞްރަށް ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު
22 ޖޫން 2026

ފަހަތުން އަރައި ކޭޕް ވާޑް އިން އުރުގުއޭއާ ވެސް އެއްވަރު ކޮށްފި

22 ޖޫން 2026
ފަހަތުން އަރައި ކޭޕް ވާޑް އިން އުރުގުއޭއާ ވެސް އެއްވަރު ކޮށްފި
22 ޖޫން 2026

އީރާން އިން ބެލްޖިއަމްއާ އެއްވަރު ކޮށްފި

22 ޖޫން 2026
އީރާން އިން ބެލްޖިއަމްއާ އެއްވަރު ކޮށްފި
21 ޖޫން 2026

ވޯލްޑް ކަޕްގައި ޔަމާލް ޖެހި ފުރަތަމަ ލަނޑާ އެކު، ސްޕެއިން އިން ސައުދީ ބަލި ކޮށްފި

21 ޖޫން 2026
ވޯލްޑް ކަޕްގައި ޔަމާލް ޖެހި ފުރަތަމަ ލަނޑާ އެކު، ސްޕެއިން އިން ސައުދީ ބަލި ކޮށްފި
21 ޖޫން 2026

އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

21 ޖޫން 2026
އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު