Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2026

އީރާން އިން ބެލްޖިއަމްއާ އެއްވަރު ކޮށްފި

މުބާރާތުގައި އީރާންގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ނިއުޒިލެންޑާ އެއްވަރު ކޮށްފައި. ދެ ވަނަ މެޗުގައި ބެލްޖިއަމްއާ އެއްވަރުކޮށް، ދެ ޕޮއިންޓާ އެކު އީރާން އޮތީ ދެ ވަނައިގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 01:24
މުބާރާތުގައި ބެލްޖިއަމް އާއި އީރާން ބައްދަލު ކުރި މެޗުގެ ތެރެއިން.

މުބާރާތުގައި ބެލްޖިއަމް އާއި އީރާން ބައްދަލު ކުރި މެޗުގެ ތެރެއިން. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ޖީގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗު ވެސް އީރާން އިން އެއްވަރު ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ލިބިފައި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އީރާން އިން ބެލްޖިއަމް ކޮޅަށް ލަނޑެއް ވެސް ޖެހި އެވެ. އެގޮތުން އީރާންގެ ކެޕްޓަން މަހުދީ ތަރޭމީ ޖެހި ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ. 

މެޗުގައި ބެލްޖިއަމް އިން ވެސް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތު ތަކެއް ހޯދައިފަ އެވެ. އެގޮތުން ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އާއި ކެވިން ޑި ބްރޭނާ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފައި އެވެ. މެޗުގައި ބެލްޖިއަމްގެ ގިނަ ހަމަލާ ތަކެއް އީރާންގެ ގޯލު ކީޕަރު ވަނީ މަތަ ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ބެލްޖިއަމްގެ ނެތަން އެންގޯއި އަށް ސީދާ ރަތް ކާޑު ދެއްކުމުން، ބާކީ ބައި އެ ޓީމުން ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. 

މުބާރާތުގައި އީރާންގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ނިއުޒިލެންޑާ އެއްވަރު ކޮށްފަ އެވެ. ދެ ވަނަ މެޗުގައި ބެލްޖިއަމްއާ އެއްވަރުކޮށް، ދެ ޕޮއިންޓާ އެކު އީރާން އޮތީ ދެ ވަނައިގަ އެވެ. ބެލްޖިއަމްގެ ފުރަތަމަ މެޗުގައި މިޞްރާ ދެކޮޅަށް ކުޅެ އެއްވަރުވީއިރު، ދެ ޕޮއިންޓާ އެކު އެ ޓީމު އޮތީ ތިން ވަނައިގަ އެވެ.

ފީފާ ވާރލްޑް ކަޕް 2026އީރާން ޤައުމީ ފުޓުބޯޅަ ޓީމުބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯލްޑް ކަޕްގައި ޔަމާލް ޖެހި ފުރަތަމަ ލަނޑާ އެކު، ސްޕެއިން އިން ސައުދީ ބަލި ކޮށްފި

ވޯލްޑް ކަޕްގައި ޔަމާލް ޖެހި ފުރަތަމަ ލަނޑާ އެކު، ސްޕެއިން އިން ސައުދީ ބަލި ކޮށްފި

21 ޖޫން 2026
އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

21 ޖޫން 2026
ހުރިހާ ކުޅުންތެރިން ވެސް މުހިންމު، ޞަލާޙުއާ އެއްވެސް މައްސަލައެއް ނެތް: މިޞްރުގެ ކޯޗު

ހުރިހާ ކުޅުންތެރިން ވެސް މުހިންމު، ޞަލާޙުއާ އެއްވެސް މައްސަލައެއް ނެތް: މިޞްރުގެ ކޯޗު

21 ޖޫން 2026
އީރާން ޓީމު ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް އެމެރިކާ އިން އެއްވެސް ލުޔެއް ނުދިން

އީރާން ޓީމު ދަތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅު ތަކަށް އެމެރިކާ އިން އެއްވެސް ލުޔެއް ނުދިން

21 ޖޫން 2026
ޓިއުނީޝިއާ ބަލިކޮށް، ޖަޕާން އިން ފޯމުގައި

ޓިއުނީޝިއާ ބަލިކޮށް، ޖަޕާން އިން ފޯމުގައި

21 ޖޫން 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު