Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި

ބައިނަލްއަޤުވާމީ އާންމު ޚިދުމަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށް އާންމު ޚިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތްތަކަށް ސާބަސް ދެއްވައި ޝުކުރު އަދާކުރެއްވި. އަދި ނަޒާހަތްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާ މުވައްޒަފުންނަށް އެއްބާރުލުންދީ، ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޚިދުމަތްތެރިން ވަމުންދާ ޤުރުބާނީ ރައީސް ވަނީ ފާހަގަކުރައްވާފައި.

ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 15:50
އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި

އާންމު ޚިދުމަތްތެރިންގެ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފި | ރައީސް އޮފީސް

ޤައުމީ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް، އާންމު ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭފަދަ ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އެ ބޭފުޅުންގެ އިޚްލާސްތެރި މަސައްކަތްތައް ފާހަގަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރެއްވީ ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން.) ޕަބްލިކް ސަރވިސް ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މުޖުތަމަޢުތަކަށް ޚިދުމަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސް.ޑީ.ޖީސް) ހާސިލުކުރުމަށް ބާރުއެޅުމާއި، މުޖުތަމަޢުގެ ފާގަތިކަން ކުރިއެރުވުމަށްޓަކައި އާންމު ޚިދުމަތްތެރިން، އެ ބޭފުޅުންގެ ވަގުތާއި ހަކަތަ ހޭދަކުރައްވައި، ވަރުބަލިކަމެއްނެތި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ސާބަސް ދެއްވާފައިވެއެވެ.

ހަމަމިއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަޒާހަތްތެރިކަމާއި، ފަންނީ ހުނަރުވެރިކަމާ އަދި ފުރިހަމަކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާ އާންމު ޚިދުމަތްތެރިންނަށް އެއްބާރުލުން ދީ، ދަޢުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމަށް ސަރުކާރުން ދޭ އަހަންމިއްޔަތުކަން، ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އާންމު ޚިދުމަތްތެރިންނާއި ދަޢުލަތުގެ މުއައްސަސާތަކުން ޤައުމަށާއި ރައްޔިތުންނަށްޓަކައި ސާބިތުކަމާއެކު ވަމުންދާ ޤުރުބާނީއަށާއި، މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާ ޚިދުމަތަށްޓަކައި އެ ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މަސްދަރު: ރައީސް އޮފީސް

ޑރ. މުޙައްމަދު މުޢިއްޒުޔުނައިޓެޑް ނޭޝަންސް ޕަބްލިކް ސަރވިސް ޑޭ

އިތުރަށް ކިޔާލަން

23 ޖޫން 2026

ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު

23 ޖޫން 2026
ބަކަރި ކޮށްޓަކަށް ބަކަރިތައް އަޅައިގެން ފަތް ކޯޅިން އެއަށް ކާންދީ، ކޮންޓްރޯލް ކުރަން އުޅޭހެން ދިވެހިން ގެންގުޅެން މި ސަރުކާރުން ބޭނުންވަނީ: ޒަރިޔަންދު
22 ޖޫން 2026

ދައުލަތުގެ ޢާންމު މަންފާއަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އެކަށައަޅުއްވައިފި

ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް

22 ޖޫން 2026
ކުރިން އިސްތިއުފާ ދިނީ މިނިވަންކަމާ އެކު މަސައްކަތް ނުކުރެވުނީމަ، ދެންވެސް އެފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ އިސްތިއުފާ ދޭނަން: ޝަކީލް
22 ޖޫން 2026

ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު

22 ޖޫން 2026
ރާއްޖޭގެ ސްކޫލުތަކަށް އިންޓަނެޓު ލިބެންފެށީވެސް ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން: ސުޖާއު
22 ޖޫން 2026

މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު

22 ޖޫން 2026
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކުން، ކުރި ކަމަކުން ފައިދާއެއްވީ ދިވެހި ރައްޔިތަކު ނެތް: ޣަފޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު