Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު-ލުބުނާން

ލުބުނާނުގައި އިސްރާއީލުގެ ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ

ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާއާއި އީރާނުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައި. މި ހަނގުރާމައިގައި މިހާތަނަށް ލުބުނާނުން 4،100 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު، މަސްލަހަތު ގާއިމުކުރުމަށް ދެ ގައުމުން ވަނީ "ޑި-ކޮންފްލިކްޝަން ސެލް" އެއް އުފެއްދުމަށް އެއްބަސްވެފައި.

ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 10:07
2026 ޖޫން 20 ވީ ހޮނިހިރު ދުވަހު އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ގަންނާރިތު އަވަށަށް ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތެއްގެ ކައިރީގައި، އާންމު ރައްޔިތުންނާއި ލުބުނާނުގެ ރެޑް ކްރޮސްގެ މުވައްޒަފުން ހަރަކާތްތެރިވަނީ.

2026 ޖޫން 20 ވީ ހޮނިހިރު ދުވަހު އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ގަންނާރިތު އަވަށަށް ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތެއްގެ ކައިރީގައި، އާންމު ރައްޔިތުންނާއި ލުބުނާނުގެ ރެޑް ކްރޮސްގެ މުވައްޒަފުން ހަރަކާތްތެރިވަނީ. | ރޮއިޓާސް

ލުބުނާނުގެ ދެކުނުގައި އަންގާރަ ދުވަހު އިސްރާއީލު ސިފައިން ދިން ބަޑީގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސިވިލް ޑިފެންސާއި ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ. މިއީ ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި އިސްރާއީލުގެ ހަމަލާއެއްގައި ލުބުނާނުން މީހަކު މަރުވި ކަމަށް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތާއި އިސްރާއީލު ސިފައިންނާ ދެމެދު ލުބުނާނުގެ ދެކުނުގައި އާދީއްތަ ދުވަހުން ފެށިގެން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަމުންދާއިރު، މިއީ އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން ފެށުނު މި ހަނގުރާމައިގައި މިހާތަނަށް ހަމަލާތައް މެދުކެނޑިފައި އޮތް އެންމެ ދިގު މުއްދަތެވެ.

ލުބުނާނުގެ ދައުލަތުގެ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ބަޑިޖަހާފައިވަނީ ލުބުނާނުގެ ދެކުނުގެ ނަބަތިއްޔާ އަލް-ފައުގާގެ އަލް-ދައިރު އަވަށުގައި ބުލްޑޯޒަރެއް ބޭނުންކޮށްގެން މަގެއް ސާފުކުރަން ތިބި ބަޔަކަށެވެ.

މި ހާދިސާއާ ގުޅޭ ރިޕޯޓްތައް ބަލަމުން އަންނަ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މިދިޔަ ހަފުތާގައި އެމެރިކާއާއެކު ސޮއިކުރި ވަގުތީ އެއްބަސްވުމެއްގެ ދަށުން، އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމަށް އީރާނުން ވަނީ ބާރުއަޅާފައެވެ.

ޕާކިސްތާނާއި ގަތަރު މެދުވެރިވެގެން ސްވިޒަލޭންޑުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކަށްފަހު ހޯމަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމަށްޓަކައި "ޑި-ކޮންފްލިކްޝަން ސެލް" އެއް އުފެއްދުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

އީރާނަށް ތާއީދުކޮށް ހިޒްބުالله އިން މާރިޗު މަހުގެ 2 ވަނަ ދުވަހު އިސްރާއީލަށް ހަމަލާދޭން ފެށިފަހުން، ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެ ތެރޭގައި 773 އަންހެނުންނާއި، ކުޑަކުދިންގެ އިތުރުން ސިއްހީ ޚިދުމަތްތެރިން ހިމެނެއެވެ. ނަމަވެސް މަރުވި މީހުންގެ ތެރޭގައި ހިމެނޭ ހަނގުރާމަވެރިންގެ އަދަދެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ލުބުނާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ލުބުނާނުގެ ގާތްގަނޑަކަށް 1.2 މިލިއަން މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ.

ހިޒްބުالله އާއެކު ކުރިއަށްދާ މި ކުރިމަތިލުންތަކުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދަށް ބަލާއިރު، އޭގެ ތެރޭގައި މަދުވެގެން 32 ސިފައިންނާއި އިސްރާއީލުގެ 4 އާންމުން ހިމެނެއެވެ.

މަސްދަރު: ރޮއިޓާސް

ލުބުނާންއިޒްރޭލްހިޒްބުﷲއީރާންއީރާން-ލުބުނާންއިޒްރޭލް-ލުބުނާން

އިތުރަށް ކިޔާލަން

22 ޖޫން 2026

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026
އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި
21 ޖޫން 2026

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

21 ޖޫން 2026
ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ
21 ޖޫން 2026

ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް

21 ޖޫން 2026
ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް
21 ޖޫން 2026

އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ

21 ޖޫން 2026
އީރާންގެ ޓީމަށް ވިސާ ދިނުމަކީ ވެސް ވަރަށް ބޮޑު ކަމެއް: އެމެރިކާގެ ޓާސްކް ފޯހުގެ އިސްވެރިޔާ
21 ޖޫން 2026

އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް އެއްވެސް ހުރަހެއް ނެތް: އިޒްރޭލުގެ ޑިފެންސް މިނިސްޓަރ

21 ޖޫން 2026
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަށް އެއްވެސް ހުރަހެއް ނެތް: އިޒްރޭލުގެ ޑިފެންސް މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު