Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

21 ޖޫން 2026 | އާދީއްތަ 10:00

އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕެޒެޝްކިއާން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާގެ ހުރިހާ މާއްދާ ތަކެއް ހުރީ އީރާން އަށް ފައިދާވާ ގޮތަށް ކަމަށް. އަދި މި މަޝްވަރާ ތަކުން ލިބޭނެ ކުރިއެރުންތައް ކުރިއަށް އޮތް ތަނުގައި ފެނިގެން ދާނެ ކަމަށް ވެސް ޕެޒެޝްކިއާން ވަނީ ފާހަގަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 10:00
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ގެޓީ އިމޭޖަސް

އެމެރިކާ އާއެކު ވެފައިވާ ވަގުތީ އެއްބަސްވުމުގެ ދަށުން، ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ އަނބުރާ ލިބޭނެ ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

އީރާންގެ ރައީސް ޕެޒެޝްކިއާން މިކަން ހާމަ ކުރެއްވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއެކު ކުރިއަށްދާ މަޝްވަރާ ތަކުގެ ތަފްސީލު ދެއްވަމުންނެވެ.

އީރާންގެ ތަސްނީމް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޕެޒެޝްކިއާން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާގެ ހުރިހާ މާއްދާ ތަކެއް ހުރީ އީރާން އަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި މި މަޝްވަރާ ތަކުން ލިބޭނެ ކުރިއެރުންތައް ކުރިއަށް އޮތް ތަނުގައި ފެނިގެން ދާނެ ކަމަށް ވެސް ޕެޒެޝްކިއާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

މީގެ ކުރިން އީރާން އަށް ގިނަ ކަންތައް ތަކެއް މަނާ ކުރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެންމެ ފަހުން ދެއްވި ތަގުރީރުގައި އެ ހުރިހާ ކަމަކީ އީރާންގެ ރައްޔިތުންނާއި، ގައުމަށް ލިބިގެންވާ ހައްގު ތަކެއް ކަމަށް ގަބޫލު ކުރައްވާފައިވާ ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. އަދި ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން ޕެޒެޝްކިއާން ދެއްވި އެވެ.

މި މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޕެޒެޝްކިއާން ވަނީ އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޕެޒެޝްކިއާން ވިދާޅުވީ ސްވިޒަލެންޑުގައި ކުރިއަށްދާ މި މަޝްވަރާތަކާ މެދު އެންމެ ބޮޑަށް ހިތްހަމަ ނުޖެހޭނެ ފަރާތަކީ ނަތަންޔާހޫ ކަމަށެވެ.

އެމެރިކާގެ ހަމައެކަނި ޝަރުތަކީ އީރާން އިން ނިއުކްލިއާ ބޮމެއް އުފެއްދުން ހުއްޓާލުން ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. މިއީ އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ވާހަކައެއްކަން ފާހަގަ ކުރައްވައި، އީރާން އިން ނިއުކްލިއާ ބޮމެއް ބޭނުން ނުވާ ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. 

މީގެ އިތުރުން، އެމެރިކާ އިން އެދިފައި ވަނީ އެކަން ލިޔުމުން ސޮއިކޮށް ދިނުމަށް ކަމަށާއި، އީރާން އިން މިހާރު އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށް ވެސް ޕެޒެޝްކިއާން ވަނީ ހާމަ ކުރައްވައިފަ އެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސް ކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާންއިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 ޖޫން 2026

އެމެރިކާ އާއެކު ކުރާ މަޝްވަރާ ތަކުގައި އިސްކަން ދޭނީ ލުބުނާންގެ މައްސަލަ އަށް: އީރާން

21 ޖޫން 2026
އެމެރިކާ އާއެކު ކުރާ މަޝްވަރާ ތަކުގައި އިސްކަން ދޭނީ ލުބުނާންގެ މައްސަލަ އަށް: އީރާން
21 ޖޫން 2026

ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް

21 ޖޫން 2026
ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް
21 ޖޫން 2026

ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް

21 ޖޫން 2026
ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް
21 ޖޫން 2026

އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން

21 ޖޫން 2026
އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން
21 ޖޫން 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް

21 ޖޫން 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް
20 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު އެމެރިކާގެ އަސްކަރިއްޔާ ސަމާލުވެއްޖެ

20 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާއެކު އެމެރިކާގެ އަސްކަރިއްޔާ ސަމާލުވެއްޖެ
20 ޖޫން 2026

ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި

20 ޖޫން 2026
ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި
20 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި

20 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
20 ޖޫން 2026

އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ

20 ޖޫން 2026
އީރާނުގެ ވޯލްޑް ކަޕް ޓީމަށް ކުރިމަތިކޮށްފައިވާ ހުރަސްތަކާ ގުޅޭގޮތުން ވައިޓް ހައުސްއިން މަޝްވަރާކުރަނީ
20 ޖޫން 2026

ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟

20 ޖޫން 2026
ދުނިޔޭގެ ސުޕަރ ޕަވަރ އަށް އީރާނު ބަލި ނުކުރެވި ފަހަތައް ޖެހެން ޖެހުނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް