Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި

22 ޖޫން 2026 | ހޯމަ 07:56

މަޝްވަރާތަކަށް ފަހު ޤަތަރާއި ޕާކިސްތާން އިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި ބޭނުންވާ "ރޯޑްމެޕް" އަކަށް ދެ ގައުމުން މިހާރު އެއްބަސްވެފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2026 | ހޯމަ 07:56
އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާގެ ބައްދަލުވުން އޮތް ސަރަހައްދު.

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާގެ ބައްދަލުވުން އޮތް ސަރަހައްދު. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގެ މުހިންމު ނުކުތާތައް ހާމަ ކޮށްފި އެވެ. 

އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާތަކާ ގުޅޭ ގޮތުން އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެފައި ވަނީ، މަޝްވަރާ ތަކުގައި ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށެވެ. އަދި މަޝްވަރާ ތަކަށް ފަހު، ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް މި ހަފުތާގައި ކުރިއަށް ދާނެ ކަމަށް ވެސް ވަނީ ހާމަ ކޮށްފައި އެވެ. 

މަޝްވަރާތަކަށް ފަހު ޤަތަރާއި ޕާކިސްތާން އިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި ބޭނުންވާ "ރޯޑްމެޕް" އަކަށް ދެ ގައުމުން މިހާރު އެއްބަސްވެފައިވާ ކަމަށެވެ. މި މަޝްވަރާތައް ބެލެހެއްޓުމަށް އެމެރިކާ އާއި އީރާން އިން އުފައްދާފައިވާ ހައި ލެވެލް ކޮމިޓީ އިން ވަނީ، ފަންނީ މަޝްވަރާތައް ވަގުތުން ފެށުމަށް ބޭނުންވާ ބިންގާ އަޅާފައި އެވެ.

މި ބައްދަލުވުމުގައި ނިންމި އެންމެ މުހިންމު އެއް ނިންމުމަކީ، ލުބުނާންގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތައް ހުއްޓާލާފައިވާކަން ކަށަވަރު ކުރުމަށްޓަކައި "ޑީ-ކޮންފްލިކްޝަން ސެލް" އެއް އުފެއްދުމެވެ. މިއީ އެމެރިކާ އާއި އީރާން އަދި ލުބުނާން ސަރުކާރު ހިމެނޭ ގޮތަށް، މެދުވެރިންގެ އެހީތެރިކަމާ އެކު ހިންގާނެ ނިޒާމެކެވެ. މިއަހަރުގެ މާރިޗު މަހު އީރާންގެ ރޫހީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ހިޒްބުﷲ އިން އިޒްރޭލް އަށް ހަމަލާ ދޭން ފެށުމާ އެކު ލުބުނާން ވަނީ މި ހަނގުރާމައިގެ ތެރެއަށް ވަދެފަ އެވެ. މި ސެލް އަކީ ސުލްހައިގެ އެއްބަސްވުމަށް އޮތް އެންމެ ބޮޑު އިމްތިހާނު ކަމަށް އަރާގްޗީ ވަނީ ސިފަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން، ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދު ފަހަރަށް ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، ދިމާވެދާނެ ހާދިސާ ތަކުން ސަލާމަތްވުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ސީދާ މުއާސަލާތީ ލައިނެއް ގާއިމު ކުރުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ. މިއީ 60 ދުވަހުގެ މުއްދަތަށް އެކުލަވާލި އެއްބަސްވުމެއްގެ ދަށުން ނިންމި ނިންމުމެކެވެ. އިޒްރޭލް އިން ލުބުނާން އަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރާނެ ކަމުގެ އިންޒާރު އީރާން އިން މިދިޔަ ހޮނިހިރު ދުވަހު ދީފައި ވާތީ، މި ނިންމުމަކީ ބައިނަލްއަގުވާމީ ވިޔަފާރި އަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. 

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވި ގޮތުގައި، މި މަޝްވަރާ ތަކުގެ ނަތީޖާއެއްގެ ގޮތުން އީރާންގެ ތެލާއި ޕެޓްރޯކެމިކަލް އެކްސްޕޯޓަށް އޮތް ހުރަސްތައް ނައްތާލައި، ހިފަހައްޓާފައިވާ ބައެއް ފައިސާތައް ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް ޕާކިސްތާން އާއި ގަތަރުގެ ބަޔާނުގައި ފައިސާ ދޫކުރިކަމުގެ ވާހަކަ ސީދާ ބުނެފައި ނުވެ އެވެ. އެހެން ނަމަވެސް، އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތި ކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށާއި، ހިފަހައްޓާފައިވާ މުދަލާއި ފައިސާ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް އެއްބަސްވުމުގައި ހިމަނާފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ.

މި މުހިންމު މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ޕާކިސްތާން އާއި ޤަތަރުން އަދާކުރި ދައުރަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ތައުރީފު ވަނީ ލިބިފަ އެވެ. އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ވެސް ވަނީ އެ ދެ ގައުމުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ދެ ގައުމުން ބުނީ، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި ބިނާ ކުރަނިވި މާހައުލެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދާނެ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖޫން 2026

އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!
21 ޖޫން 2026

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

21 ޖޫން 2026
ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ
21 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވީ ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން: ޖަރުމަނުގެ ޑިފެންސް މިނިސްޓަރ

21 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވީ ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން: ޖަރުމަނުގެ ޑިފެންސް މިނިސްޓަރ
21 ޖޫން 2026

80 މިނެޓަށް ފަހު، ކުއްލި ގޮތަކަށް އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިއްޖެ

21 ޖޫން 2026
80 މިނެޓަށް ފަހު، ކުއްލި ގޮތަކަށް އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިއްޖެ
21 ޖޫން 2026

ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް

21 ޖޫން 2026
ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް
21 ޖޫން 2026

މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ: އައި.އާރް.ޖީ.ސީ

21 ޖޫން 2026
އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ:  އައި.އާރް.ޖީ.ސީ
21 ޖޫން 2026

އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

21 ޖޫން 2026
އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް