Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންގެ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކުރިއަށް ގެންދާނެ

22 ޖޫން 2026 | ހޯމަ 06:22

މެދުވެރިން ބުނެފައި ވަނީ، މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެ ޤައުމު ތަކުން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް. އަދި އެކަމުގައި މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ވެސް ޕާކިސްތާން އާއި ޤަތަރުން ވަނީ ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖޫން 2026 | ހޯމަ 06:22
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު އަދި ޤަތަރުގެ ބޮޑު ވަޒީރު.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، ޕާކިސްތާންގެ ބޮޑު ވަޒީރު އަދި ޤަތަރުގެ ބޮޑު ވަޒީރު. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ ސުލްޙައިގެ ވާހަކަތައް މި ހަފުތާގެ ބާކީ ދުވަސް ތަކުގައި ސްވިޒަލެންޑުގައި ކުރިއަށް ގެންދާނެ ކަމަށް، ޕާކިސްތާން އާއި ޤަތަރުން ބުނެފި އެވެ. 

އެމެރިކާ އާއި އީރާންގެ މަޝްވަރާ ޓީމު ތަކުގެ ބައްދަލުވުންތައް ނިމިފައިވާއިރު، ދެން ކުރިއަށް ދާނީ ޓެކްނިކަލް ޓީމު ތަކުގެ މަޝްވަރާތައް ކަމަށް މެދުވެރިން ވަނީ ބުނެފައި އެވެ. 

މި ވާހަކަ ތަކުގައި ދެ ގައުމުން ދެމުން އަންނަ އެއްބާރުލުމާއި، ސުލްހަވެރި ގޮތުގައި މައްސަލަ ހައްލު ކުރުމަށް ދެ ގައުމުން ދައްކަމުން އަންނަ މެދުވެރި ކަމަށް ޕާކިސްތާން އާއި ޤަތަރުން ވަނީ ޝުކުރު އަދާ ކޮށްފައި އެވެ.  އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން ހައްލު ކުރުމަށް ޑިޕްލޮމެޓިކް މަގުން މަސައްކަތް ކުރުމަށް ދެ ގައުމުން ދައްކަމުން އަންނަ ދެމެހެއްޓެނިވި ތާއީދަކީ މުހިންމު ކަމެއް ކަމަށް މެދުވެރިން ފާހަގަ ކޮށްފައިވެ އެވެ.

މީގެ އިތުރުން މެދުވެރިން ބުނެފައި ވަނީ، މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް އެ ޤައުމު ތަކުން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަމުގައި މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށް ވެސް ޕާކިސްތާން އާއި ޤަތަރުން ވަނީ ބުނެފައި އެވެ. އެއާ އެކު މެދުވެރިން ބުނެފައި ވަނީ، ފައިނަލް އެއްބަސްވުމަކަށް ދެ ޤައުމު ގެންދިޔުމުގެ މަޤުސަދުގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. 

ސްވިޒަލެންޑުގައި ކުރިއަށް ގެންދިޔަ މި ވާހަކަ ތަކަކީ ދެ ޤައުމުގެ ދެ މެދުގައި ދިގު މުއްދަތެއް ވަންދެން އޮތް ނުތަނަވަސްކަން ޙައްލު ކުރުމަށް ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތް ތަކެކެވެ. އާދީއްތަ ދުވަހު ސްވިޒަލެންޑުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަށް ފަހު، ދެން ކުރިއަށް ދާނީ ޓެކްނިކަލް ޓީމު ނުވަތަ ފަންނީ ޓީމު ތަކުގެ މަޝްވަރާ ކަމަށް ބުނެފައިވެ އެވެ. 

މެދުވެރިން ބުނެފައިވާ ގޮތުގައި މި ވާހަކަތައް ކުރިއަށް ގެންދިއުމުގައި ހުރިހާ ފަރާތް ތަކުން ވެސް އިޚްލާސްތެރިކަމާ އެކު އަންނަނީ މަސައްކަތް ކުރަމުންނެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާތައް ނިމުނީ އުންމީދާ އެކު!
21 ޖޫން 2026

ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ

21 ޖޫން 2026
ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން އީރާނުގެ ވަފުދު މަޝްވަރާ މާލަން ދޫކޮށް ނުކުމެއްޖެ
21 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވީ ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން: ޖަރުމަނުގެ ޑިފެންސް މިނިސްޓަރ

21 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބަންދުވާން މެދުވެރިވީ ޑޮނަލްޑް ޓްރަމްޕްގެ ސަބަބުން: ޖަރުމަނުގެ ޑިފެންސް މިނިސްޓަރ
21 ޖޫން 2026

80 މިނެޓަށް ފަހު، ކުއްލި ގޮތަކަށް އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިއްޖެ

21 ޖޫން 2026
80 މިނެޓަށް ފަހު، ކުއްލި ގޮތަކަށް އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިއްޖެ
21 ޖޫން 2026

ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް

21 ޖޫން 2026
ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް
21 ޖޫން 2026

މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ: އައި.އާރް.ޖީ.ސީ

21 ޖޫން 2026
އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ:  އައި.އާރް.ޖީ.ސީ
21 ޖޫން 2026

އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

21 ޖޫން 2026
އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
21 ޖޫން 2026

އެމެރިކާ އާއެކު ކުރާ މަޝްވަރާ ތަކުގައި އިސްކަން ދޭނީ ލުބުނާންގެ މައްސަލަ އަށް: އީރާން

21 ޖޫން 2026
އެމެރިކާ އާއެކު ކުރާ މަޝްވަރާ ތަކުގައި އިސްކަން ދޭނީ ލުބުނާންގެ މައްސަލަ އަށް: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް