Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް

އެމެރިކާާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ތަނުގައި އޮންނާނީ ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެ މުސްތަޤުބަލެއް ކަމަށް ވޭންސް ވިދާޅުވި. އަދި މި ގުޅުމުގެ ސަބަބުން މުޅި ސަރަހައްދުގެ ސުލްހަ މަސަލަސް ކަމާއި، ތަނަވަސްކަން ކުރިއެރުވުމަށް މަގު ފަހި ވެގެން ދާނެ ކަމަށް ވޭންސް ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 15:44
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް. | ގެޓީ އިމޭޖަސް

ސަރަހައްދީ ހަމަޖެހުމާއި ތަނަވަސްކަން ޤާއިމު ކުރުމަށްޓަކައި އެމެރިކާ އާއި އީރާން އިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނައިބު ރައީސް ވޭންސް މިހެން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބޭއްވި މުހިންމު ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވޭންސް ވަނީ، އީރާން އަކީ މެދުއިރުމަތީގެ ހަމަ ނުޖެހުމަށް ބާރު ދޭ މައިގަނޑު އެއް ގައުމުގެ ގޮތުގައި ސިފަ ކުރައްވައި އެ ގައުމަށް ފާޑު ވިދާޅުވެފައި އެވެ. ނަމަވެސް، ވޭތުވެ ދިޔަ މަދު ގަޑި އިރުތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާ ތަކުން ވަރަށް ބޮޑު ކުރި އެރުމެއް ލިބިފައިވާ ކަމަށް ވޭންސް ވިދާޅުވި އެވެ. 

މީގެ އިތުރުން ވޭންސް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު މިހާރު އޮތް ގުޅުން އައު މިސްރާބަކަށް ބަދަލުކޮށް، އީރާާންގެ ރައްޔިތުންނާ އެކު އޮންނަ ގުޅުން އައު ފެށުމަކުން ފަށަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައި ގަންނަވާ ކަމަށެވެ. މިއީ ދެ ޤައުމުގެ ދެ މެދުގައި އޮތް ޒަމާންވީ ހީނަރުކަން ނައްތާލައި، އައު ގުޅުމެއް ބިނާ ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތު ތަކެއް ކަމަށް ވެސް ވޭންސް ފާހަގަ ކުރެއްވި އެވެ. 

ހަމަ އެހެންމެ، އެމެރިކާާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ތަނުގައި އޮންނާނީ ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރާނެ މުސްތަޤުބަލެއް ކަމަށް ވޭންސް ވިދާޅުވި އެވެ. އަދި މި ގުޅުމުގެ ސަބަބުން މުޅި ސަރަހައްދުގެ ސުލްހަ މަސަލަސް ކަމާއި، ތަނަވަސްކަން ކުރިއެރުވުމަށް މަގު ފަހި ވެގެން ދާނެ ކަމަށް ވޭންސް ވަނީ ވިދާޅުވެފައި އެވެ. 

މި ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ދެކެ އެވެ. އެމެރިކާގެ ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ އީރާން އާއެކު އޮތް ގުޅުން މުޅިން އައު އުސޫލު ތަކެއްގެ މައްޗަށް ބިނާކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމު ކުރުމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އިތުރަށް ކިޔާލަން

21 ޖޫން 2026

ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް

21 ޖޫން 2026
ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް
21 ޖޫން 2026

މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް

21 ޖޫން 2026
ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
21 ޖޫން 2026

އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ: އައި.އާރް.ޖީ.ސީ

21 ޖޫން 2026
އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ:  އައި.އާރް.ޖީ.ސީ
21 ޖޫން 2026

އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

21 ޖޫން 2026
އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު