Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

80 މިނެޓަށް ފަހު، ކުއްލި ގޮތަކަށް އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިއްޖެ

މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް، މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލާއި، އެއްބަސްވުމަކަށް އާދެވިފައިވޭތޯ ނުވަަތަ ނޫންތޯ ރަސްމީ އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 15:48
ސްވިޒަލެންޑުގައި ކުރިއަށް ދިޔަ ސުލްޙައިގެ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް.

ސްވިޒަލެންޑުގައި ކުރިއަށް ދިޔަ ސުލްޙައިގެ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ސްވިޒަލެންޑުގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިފައިވާ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވާއިރު، މި މަޝްވަރާ ތަކުގައި އެމެރިކާ އާއި އީރާންގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ. އޭގެ އިތުރުން މައްްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޕާކިސްތާން އިން ވެސް ވަނީ މަޝްވަރާ ތަކުގައި ބައިވެރިވެފައި އެވެ. 

މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް، މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފްސީލާއި، އެއްބަސްވުމަކަށް އާދެވިފައިވޭތޯ ނުވަަތަ ނޫންތޯ ރަސްމީ އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވެ އެވެ. 

އީރާނުގެ ފާސް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ސްވިޒަލެންޑުގައި ކުރިއަށް ދިޔަ މި ބައްދަލުވުން ނިންމާލާފައި ވަނީ ގާތްގަނޑަކަށް 80 މިނެޓަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަހު އެވެ. މި ބައްދަލުވުން މެދު ކަނޑާލީ ބައިވެރިވާ ފަރާތް ތަކުން އެ ޤައުމު ތަކުގެ އެތެރޭގެ ފެންވަރުގައި އިތުރަށް މަޝްވަރާކޮށް، ގޮތް ތަކެއް ނިންމުމަށް ކަމަށް އެ އެޖެންސީ އިން ބުނެފައިވެ އެވެ.

މި މަޝްވަރާ ތަކަކީ ބައިނަލްއަގުވާމީ މުހިންމު މައްސަލަ ތަކަކާ ގުޅޭ ގޮތުން ކުރިއަށް ދިޔަ ބައްދަލުވުން ތަކެއް ކަމަށް ވާއިރު، ބައްދަލުވުން ކުއްލި ގޮތަކަށް މެދު ކަނޑާލުމުން އެކަމާ ގުޅޭ ގޮތުން އެކި ފަރާތް ތަކުން އަންނަނީ ޚިޔާލު ފާޅު ކުރަމުންނެވެ. ނަމަވެސް މި މަޝްވަރާ ތަކުގައި ދެން އަމަލު ކުރާނެ ގޮތެއް ނުވަތަ އަލުން ބައްދަލުވުންތައް ފަށާނެ ތާރީޚެއް މިހާތަނަށް ރަސްމީކޮށް ހާމަ ކޮށްފައި ނުވެ އެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި، ސްވިޒަލެންޑުގައި ކުރިއަށް ގެންދިޔަ މި މަޝްވަރާ ތަކަކީ ކުރިމަގަށް ލިބުނު އުންމީދެއްގެ ގޮތުގައި ގިނަ ފަރާތް ތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަ ދެކެވުނު ބައެއް ކަންކަމަށް ބަލާއިރު، އީރާންގެ ނިއުކްލިއާ މައްސަލަ އާއި، އެމެރިކާ އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ހިމެނޭ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. 

ސްވިޒަލެންޑަކީ އެމެރިކާ އާއި އީރާންއާ ދެމެދު އާންމު ގޮތެއްގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤައުމެކެވެ. އެމެރިކާ އާއި އީރާންއާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ވެފައި ނެތުމުގެ ސަބަބުން، ގިނަ މުއާމަލާތް ތަކެއް މީގެ ކުރިން ވެސް ހިނގާފައި ވަނީ ސްވިޒަލެންޑު މެދުވެރިކޮށެވެ. 

މި މަޝްވަރާ ތަކުގެ ފުރަތަމަ ބުރު ނިމިފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ބުރުތަކެއް ބޭއްވުމަށް ހަމަޖެހިފައިވޭތޯ ބެލުމަށް ދުނިޔޭގެ މީޑިއާ ތަކުން ދަނީ ފާރަވެރި ވަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

21 ޖޫން 2026

ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
ސަރަހައްދީ ހަމަޖެހުމަށް އީރާން އާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރާނެ: އެމެރިކާާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް

21 ޖޫން 2026
ލުބުނާންގައި ޙަރަކާތްތެރިވާ އީރާންގެ ގުރޫޕުތައް ވަގުތުން ހުއްޓާލަން ޖެހޭ، އެހެން ނޫނީ ހަމަލާ ދޭން ފަށާނަން: ޓްރަމްޕް
21 ޖޫން 2026

މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026
މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް
21 ޖޫން 2026

އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ: އައި.އާރް.ޖީ.ސީ

21 ޖޫން 2026
އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ:  އައި.އާރް.ޖީ.ސީ
21 ޖޫން 2026

އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

21 ޖޫން 2026
އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު