Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މެދު އިރުމަތީގައި ފުރިހަމަ ސުލްޙައެއް ޤާއިމު ކުރުމަށް ޓްރަމްޕް އިސްކަން ދެއްވާ: އެމެރިކާގެ ނައިބު ރައީސް ވޭންސް

21 ޖޫން 2026 | އާދީއްތަ 14:55

ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ މިފަދަ އެއްބަސްވުން ތަކަކީ އާންމު ގޮތެއްގައި ތަންފީޒު ކުރަން އުނދަގޫ އަދި ކޮންމެ ވެސް ވަރެއްގެ ހަލަބޮލި ކަމެއް އެކުލެވިގެންވާ ކަމެއް ކަަމަށް ވޭންސް ފާހަގަ ކުރެއްވި. ނަމަވެސް، މިހާރު ކުރިއަށްދާ މަޝްވަރާ ތަކަކީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވޭންސް ވަނީ ސިފަ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 14:55
އެމެރިކާ އާއި އީރާާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ސްވިޒަލެންޑުގައި ކުރިއަށް ގެންދާ ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިގަންނަވަނީ.

އެމެރިކާ އާއި އީރާާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ސްވިޒަލެންޑުގައި ކުރިއަށް ގެންދާ ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

މެދު އިރުމަތީގެ ސަރަހައްދީ ހަމަ ނުޖެހުންތައް ނިމުމަކަށް ގެނެސް، ފުރިހަމަ ސުލްހައެއް ގާއިމު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްކަން ދެއްވާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނައިބު ރައީސް ވޭންސް މިހެން ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު ޤާއިމު ކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ލުބުނާންގައި މިހާރު އިއުލާނު ކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ސްވިޒަލެންޑުގައި ކުރިއަށްދާ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގެން ވޭންސް ވިދާޅުވީ، ލުބުނާންގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދެމެހެއްޓުމަށް ފާއިތުވި ދެ ދުވަހުގެ ތެރޭގައި ބޮޑެތި ކުރިއެރުން ތަކެއް ލިބިފައިވާ ކަމަށެވެ. އަދި މުޅި މެދު އިރުމަތީގެ ސަރަހައްދަށް ފުރިހަމަ ސުލްޙައެއް ގެނައުމަކީ، ޓްރަމްޕްގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ މިފަދަ އެއްބަސްވުން ތަކަކީ އާންމު ގޮތެއްގައި ތަންފީޒު ކުރަން އުނދަގޫ އަދި ކޮންމެ ވެސް ވަރެއްގެ ހަލަބޮލި ކަމެއް އެކުލެވިގެން ކަމެއް ކަަމަށް ވޭންސް ފާހަގަ ކުރެއްވި އެވެ. ނަމަވެސް، މިހާރު ކުރިއަށްދާ މަޝްވަރާ ތަކަކީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވޭންސް ވަނީ ސިފަ ކުރައްވައިފަ އެވެ. 

މީގެ އިތުރުން ވޭންސް ވިދާޅުވެފައި ވަނީ، ޓެކްނިކަލް ފެންވަރުގައި ކުރެވޭ މަޝްވަރާ ތަކުން، ހުރިހާ ޚިޔާލު ތަފާތުވުން ތަކަކަށް ވަގުތުން ޙައްލު ނުލިބުނު ކަމަށް ވީ ނަމަވެސް، މިއީ ތާރީޚުގައި ފުރަތަމަ ފަހަރަަށް އެކި ޓީމުތައް އެކުގައި އިށީނދެ މަޝްވަރާ ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މައްސަލަތައް ޙައްލު ކުރުމަށް މަގު ފަހި ވެގެން ދާނެ ކަމަށް އެމެރިކާގެ ސަރުކާރުން ޤަބޫލު ކުރާ ކަމަށް ވެސް ވޭންސް ވިދާޅުވި އެވެ.

މެދު އިރުމަތީގެ މަސްރަހު ފިނި ކުރުމަށް ޓްރަމްޕްގެ ސަރުކާާރުން މިހާރު ޚާއްސަ ސިޔާސަތު ތަކެއް ގެންގުޅޭނެ ކަމަށް ބެލެވެ އެވެ. އެގޮތުން ލުބުނާން އާއި އިޒްރޭލްއާ ދެމެދު ވެފައިވާ އެއްބަސްވުމް ދެމެހެއްޓުމަކީ މުޅި ސަރަހައްދުގެ ސުލްޙަ އަށް އެޅޭ ފުރަތަމަ ބިންގާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއިޒްރޭލް-ލުބުނާން ހަމަނުޖެހުންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

21 ޖޫން 2026

ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް

21 ޖޫން 2026
ސްޓާމާ ހުރީ ފެއިލް ވެފައި، އޭނާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
21 ޖޫން 2026

އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ: އައި.އާރް.ޖީ.ސީ

21 ޖޫން 2026
އިރާނުގެ އަސްކަރީ ބާރުވެރިކަމަކީ ދުޝްމަނުންގެ ކުރިމަތީގައި އޮތް އެންމެ ވަރުގަދަ އައްޑަނަ:  އައި.އާރް.ޖީ.ސީ
21 ޖޫން 2026

އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

21 ޖޫން 2026
އެއްބަސްވުމުގެ ދަށުން ޤަތަރުގައި ހުރި އީރާންގެ ހަ ބިލިއަން ޑޮލަރު އަނބުރާ ލިބޭނެ: އީރާންގެ ރައީސް ޕެޒެޝްކިއާން
21 ޖޫން 2026

އެމެރިކާ އާއެކު ކުރާ މަޝްވަރާ ތަކުގައި އިސްކަން ދޭނީ ލުބުނާންގެ މައްސަލަ އަށް: އީރާން

21 ޖޫން 2026
އެމެރިކާ އާއެކު ކުރާ މަޝްވަރާ ތަކުގައި އިސްކަން ދޭނީ ލުބުނާންގެ މައްސަލަ އަށް: އީރާން
21 ޖޫން 2026

ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް

21 ޖޫން 2026
ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް
21 ޖޫން 2026

ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް

21 ޖޫން 2026
ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް
21 ޖޫން 2026

އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން

21 ޖޫން 2026
އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން
21 ޖޫން 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް

21 ޖޫން 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް
20 ޖޫން 2026

ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި

20 ޖޫން 2026
ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި
20 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި

20 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް