Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއެކު ކުރާ މަޝްވަރާ ތަކުގައި އިސްކަން ދޭނީ ލުބުނާންގެ މައްސަލަ އަށް: އީރާން

އީރާންގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން އާންމުކުރި ވީޑިއޯއެއްގައި އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، ޒަޔަނިސްޓް އިޒްރޭލް އިން ލުބުނާނާއެކު ވެފައިވާ އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފު ވަމުންދާ ކަމަށް. އެހެންކަމުން، އާދީއްތަ ދުވަހު ކުރިއަށްދާ މަޝްވަރާ ތަކުގެ މައިގަނޑު މައުޟޫއަކީ އެ މައްސަލަ ކަމަށް އޭނާ ފާހަގަ ކުރެއްވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖޫން 2026 | އާދީއްތަ 09:52
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް، ސްވިޒަލެންޑުގެ ލޫސާން ކައިރީގައިވާ އޮބްބާގަންގެ ބާގަންސްޓޮކް ރިސޯޓުގައި.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް، ސްވިޒަލެންޑުގެ ލޫސާން ކައިރީގައިވާ އޮބްބާގަންގެ ބާގަންސްޓޮކް ރިސޯޓުގައި. | ރޮއިޓާސް

އެމެރިކާ އާއެކު އީރާން އިން ކުރިއަށް ގެންދާ މަޝްވަރާ ތަކުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ، ލުބުނާންގެ މައްސަލަ އަށް ކަމަށް އީރާން އިން ބުނެފި އެވެ.

ސްވިޒަލެންޑުގައި އާދީއްތަ ދުވަހު ކުރިއަށް ގެންދާ މަޝްވަރާ ތަކަށް އީރާން އާއި އެމެރިކާގެ އިސް ބޭފުޅުން ވަނީ އެ ޤައުމަށް ވަޑައިގެންފައި އެވެ. މީގެ އިތުރުން، މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ ޕާކިސްތާންގެ އިސް ވެރިން ވެސް ވަނީ ސްވިޒަލެންޑަށް ވަޑައިގެންފައި އެވެ.

އީރާން އިން ބުނެފައި ވަނީ އެމެރިކާ އާއެކު ކުރިއަށް ގެންދާ މަޝްވަރާ ތަކުގައި ލުބުނާންގެ މައްސަލައިގެ އިތުރުން، ހިފަހައްޓާފައިވާ އީރާންގެ ފައިސާ ދޫކުރުމާއި، އެ ޤައުމުގެ ތެޔޮ ވިއްކުމަށް ބޭނުންވާ ހުއްދަތައް ހޯދުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށެވެ. 

އީރާންގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން އާންމުކުރި ވީޑިއޯއެއްގައި އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، ޒަޔަނިސްޓް އިޒްރޭލް އިން ލުބުނާންގައި ވެފައިވާ އެއްބަސްވުންތަކާ ތަކުރާރުކޮށް ޚިލާފު ވަމުންދާ ކަމަށެވެ. އެހެންކަމުން، އާދީއްތަ ދުވަހު ކުރިއަށްދާ މަޝްވަރާ ތަކުގެ މައިގަނޑު މައުޟޫއަކީ އެ މައްސަލަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ބޭރުގެ ބޭންކު ތަކުގައި ހިފަހައްޓާފައިވާ، ނުވަތަ ބޭނުން ކުރުން މަނާ ކޮށްފައިވާ އީރާންގެ މާލީ އެސެޓުތައް ދޫކޮށްލުމާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަ ދެކެވޭނެ ކަމަށް ބަޣާއީ ވިދާޅުވި އެވެ. އަދި އީރާންގެ ތެޔޮ ބައިނަލްއަގުވާމީ ބާޒާރުގައި ވިއްކުމަށް ބޭނުންވާ ކަންކަމާއި، އެކަމަށް ބޭނުންވާ ހުއްދަތައް ހޯދުމަކީ ވެސް އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައް ތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާން އާއި އެމެރިކާއާ ދެމެދު ސީދާ ސިޔާސީ ގުޅުމެއް ނޯންނާތީ، މިފަދަ މަޝްވަރާތައް އާންމުކޮށް ކުރިއަށް ދަނީ މެދުވެރިއެއްގެ އެހީގައި އެވެ. ސްވިޒަލެންޑުގައި މި ބާއްވާ ބައްދަލުވުމަކީ ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި ހުރި ނުތަނަވަސްކަން ކުޑަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ދެކެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

21 ޖޫން 2026

ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް

21 ޖޫން 2026
ޓްރަމްޕް: ހުރްމޫޒުން ފީ އެއް ނުނެގޭނެ، ނެގުނަސް ނެގޭނީ އެމެރިކާ އަށް
21 ޖޫން 2026

ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް

21 ޖޫން 2026
ސުލްޙައިގެ މަޝްވަރާތައް ނާކާމިޔާބު ވެއްޖެ ނަމަ، ހޮރްމޫޒް އިން ފީ ނަގާނަން: ޓްރަމްޕް
21 ޖޫން 2026

އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން

21 ޖޫން 2026
އީރާނުގެ މަޖިލީސް ރައީސް: ޝަހީދުންގެ ހައްގުގައި މަސައްކަތްކުރާނަން
21 ޖޫން 2026

މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް

21 ޖޫން 2026
މަޝްވަރާ ތަކުގައި ބައިވެރިވުމަށް އެމެރިކާގެ ނައިބު ރައީސް ވޭންސް ސްވިޒަލެންޑަށް
20 ޖޫން 2026

ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި

20 ޖޫން 2026
ހަނގުރާމައިން އަވައްޓެރި ގައުމުތަަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްފާނެ ކަމަށް އެމެރިކާ އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު