Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

އިނގިރޭސިވިލާތުގެ އެޑިންބަރާގައި މުސްލިމުންނަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީފި

ސްކޮޓްލޭންޑްގެ އެޑިންބަރާގައި މުސްލިމުންނަށް އަމާޒުކޮށް ދިން ސިލްސިލާ ހަމަލާތަކެއްގައި ފަސް މީހަކަށް އަނިޔާވެފައިވާއިރު، މި މައްސަލައިގައި 36 އަހަރުގެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައި. މުސްލިމުންނަށް އޮތް ނަފުރަތެއްގެ ސަބަބުން ހިންގި މި އަމަލުތައް އިނގިރޭސި ބޮޑުވަޒީރާއި ސްކޮޓްލޭންޑްގެ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއި. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ ނަސްލީ ތަފާތުކުރުމާއި ދީނީ ނަފުރަތަށް އެ ގައުމުގައި އެއްވެސް ޖާގައެއް ނެތް ކަމަށް.

ރާއްޖެ އެމްވީ | 21 ޖޫން 2026 | އާދީއްތަ 10:33
މުސްލިމުންނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ތުހުމަތުގައި އެޑިންބަރާ ގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ.

މުސްލިމުންނަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ތުހުމަތުގައި އެޑިންބަރާ ގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ. | އެޑްވަޑް ހިއުސް

އިނގިރޭސިވިލާތުގެ އެޑިންބަރާގައި މުސްލިމުންނަށް އަމާޒުކޮށް ހިންގި ސިލްސިލާ ހަމަލާތަކަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މި ހަމަލާތަކުގައި ފަސް ފިރިހެނަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 22 އަހަރުގެ ދެ މީހަކާއި، 24 އަހަރާއި، 27 އަހަރާއި، އަދި 39 އަހަރުގެ މީހެކެވެ. މީގެ ތެރެއިން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ ވިދާޅުވި ގޮތުގައި، މި ހާދިސާތަކަކީ "މުސްލިމުންނަށް އޮތް ނަފުރަތެއްގެ" ސަބަބުން ހިންގާފައިވާ ކަންކަން ކަމަށް ބެލެވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "މި ހާދިސާގައި އަނިޔާވި ފަރާތްތަކާއެކު އަޅުގަނޑުގެ ހިތާމައިގައި ބައިވެރިވަން. އަދި ފުލުހުންނާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ދެއްވި އިޖާބައަށް ޝުކުރު އަދާކުރަން،" ކަމަށެވެ.

ސްކޮޓްލޭންޑްގެ ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި މައްސަލައިގައި 36 އަހަރުގެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އޭނާ ކޯޓަށް ހާޒިރުކުރެވޭނެއެވެ.

ހުކުރު ދުވަހު، އެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބިރުދެއްކުމާއި، ފޭރުމާއި، އަދި މުދަލަށް ގެއްލުން ދިނުން ހިމެނޭ ގޮތަށް ހިންގި ހަމަލާތަކާ ގުޅިގެން ފުލުހުންނަށް ގިނަ ރިޕޯޓުތަކެއް ލިބިފައިވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ވަޅިއެއް ހިފައިގެން ހުރި މީހަކު ފެންނައިރު، އެހެން ވީޑިއޯއަކުން ފެންނަނީ ފުލުހަކު މީހަކު ހިފަހައްޓައިގެން ބިންމަތީގައި އޮއްވައެވެ. ގަމީސް ނުލައި ބިންމަތީގައި އޮތް އެ މީހާ "އަހަރެން މި ރައްކާތެރިކުރަނީ ގައުމު" ކަމަށް ބުނެ ހަޅޭއްލަވަމުންދިޔައެވެ.

މުސްލިމް އެންގޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ޖަމިއްޔާއިން ބުނި ގޮތުގައި، އަނިޔާވި މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ.

ސްކޮޓިޝް އެސޯސިއޭޝަން އޮފް މޮސްކްސް (އެސް.އޭ.އެމް) އިން ބުނީ، އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް ހަމަލާދީފައިވަނީ "އެ މީހުން ދިރިއުޅޭ ސަރަހައްދުގެ މިސްކިތުގައި ނަމާދުކޮށްގެން ނުކުތް ވަގުތު" ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ބޮޑުވަޒީރު ސްޓާމަރގެ ވާހަކަފުޅުތައް ހުރީ ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދު ކުރިން ދެއްވި ބަޔާނާ އެއްގޮތަށެވެ. ޝަބާނާ ވިދާޅުވީ މި ހަމަލާތަކުގެ ޚަބަރު ލިބުމުން އޭނާ އަށް "ސިހުން ލިބިވަޑައިގެންނެވި" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، "ތުހުމަތު ކުރެވޭ މީހާ މިކަން ކޮށްފައިވަނީ މުސްލިމުންނަށް އޮތް ނަފުރަތެއްގެ ސަބަބުން ކަމަށް ބެލެވޭ. މުސްލިމުންނާ ދެކޮޅަށް ހިންގާ ނަފުރަތާއި އަނިޔާވެރިކަމަށް މި ގައުމުގައި ޖާގައެއް ނެތް. އަޅުގަނޑަށް އެނގޭ މިއީ ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ސިފައެއް ނޫންކަން،" ކަމަށެވެ.

ހަމަލާތަކަކީ 'ބިރުވެރި އާދައެއްގެ ފެށުން'

އެސިސްޓަންޓް ޗީފް ކޮންސްޓަބަލް ކެޓްރިއޯނާ ޕޭޓަން ވިދާޅުވީ މިއީ "ސިހުން ލިބޭ ފަދަ" ހާދިސާއެއް ކަމަށާއި، އޭނާގެ ހަމްދަރުދީ ވަނީ މިކަމުގެ އަސަރުކުރި ފަރާތްތަކާއެކު ކަމަށެވެ.

އޭނާ ވިދާޅުވީ، "އަޅުގަނޑު ބޭނުންވަނީ ހުރިހާ މުޖުތަމައުތަކަކަށް ސާފު މެސެޖެއް ދޭން. އެއީ އެންމެން އެކަތިގަނޑަކަށް ވެގެން ތިބެ، އެންމެ ރީތި ނަމޫނާ ފެންނަ ސްކޮޓްލޭންޑްގައި، ނަސްލީ ތަފާތުކުރުމާއި ދީނީ ނަފުރަތަށް އެއްވެސް ޖާގައެއް ނެތްކަން.

"އެޑިންބަރާގެ އެކި ސަރަހައްދުތަކުގައި ހަލުވިކަމާއެކު ހިނގަމުންދިޔަ ހާދިސާތަކުގެ ރިޕޯޓުތަކަށް ފުލުހުން ވަގުތުން އިޖާބަދީ، މީހަކު ހައްޔަރުކުރި. އަޅުގަނޑުމެން އެންމެ އިސްކަމެއް ދިނީ އާންމުންގެ ސަލާމަތަށް. މިކަން ހިނގައިދިޔަ ގޮތް ބެލުމަށް ފުޅާ ދާއިރާއެއްގައި ތަހުގީގު ކުރިއަށް އެބަދޭ،" ކަމަށެވެ.

އެސް.އޭ.އެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އެޑިންބަރާގައި ދެވުނު ހަމަލާތަކަކީ ސްކޮޓްލޭންޑްގެ މުސްލިމުންނާއި، މިސްކިތްތަކާއި، އިސްލާމީ މުއައްސަސާތަކަށް އަމާޒުކޮށް ހިންގަމުންދާ ބިރުވެރި އަނިޔާވެރި އަމަލުތަކުގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާ،" ކަމަށެވެ.

"ވޭތުވެދިޔަ މަސްތަކުގައި، މިސްކިތްތަކަށް އަމާޒުކޮށް ހަމަލާދިނުމާއި، މުސްލިމް މުޖުތަމައުތަކަށް ނަސްލީ ގޮތުން ފުރައްސާރަކުރުމާއި، އިންޓަނެޓްގައާއި އިންޓަނެޓުން ބޭރުގައިވެސް މުސްލިމުންނާ ދެކޮޅަށް ދައްކާ ވާހަކަތައް އިތުރުވަމުންދާ މަންޒަރު ވަނީ ފެނިފައި،" ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ފަސްޓް މިނިސްޓަރ ޖޯން ސުވިނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މި ހަމަލާތަކާ ގުޅިގެން އޭނާ "ވަރަށް ބޮޑަށް ކަންބޮޑުވާ" ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، "އަޅުގަނޑުމެންގެ ގައުމުގައި އަނިޔާވެރިކަމާއި، ނަސްލީ ތަފާތުކުރުމާއި، އެކަކު އަނެކަކަށް އިހުތިރާމު ނުކުރުމުގެ ސިފައަށް ޖާގައެއް ނެތް. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އޮތްކަމުގެ ޔަގީންކަން ދިނުމަށްޓަކައި، މިދިޔަ ހަފުތާގައި އަޅުގަނޑު ވަނީ މުޖުތަމައުގެ އެކި ގްރޫޕްތަކާ ބައްދަލުކޮށްފައި،" ކަމަށެވެ.

މަސްދަރު: ސްކައި ނިއުސް

އެޑިންބަރާސަރ ކިއަރ ސްޓާމަރޝަބާނާ މަހްމޫދުސްކޮޓްލޭންޑްމުސްލިމުންނަށް ނަފުރަތުކުރުންޖޯން ސުވިނީއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!

1998 ވަނަ އަހަރުގެ ފަހުން ސްކޮޓްލެންޑުން ވޯލްޑް ކަޕްގައި ކުޅޭތީ، ކައިވެންޏާއި ހަނީމޫން ވެސް ޚާއްސަ ކުރީ އެކަމަށް!

20 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ގަޑިއަށް ނުފެށެނީ ކީއްވެ؟

ވޯލްޑް ކަޕް މެޗުތައް ގަޑިއަށް ނުފެށެނީ ކީއްވެ؟

15 ޖޫން 2026
ސްކޮޓްލޭންޑުން 28 އަހަރަށްފަހު ވޯލްޑް ކަޕްގައި ކާމިޔާބު ފެށުމެއް

ސްކޮޓްލޭންޑުން 28 އަހަރަށްފަހު ވޯލްޑް ކަޕްގައި ކާމިޔާބު ފެށުމެއް

14 ޖޫން 2026
ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!

ކުޑަ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަކީ އަމަލީގޮތުން ތަންފީޒުކުރެވޭނެ ކަމެއް ނޫން!

13 ޖޫން 2026
ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

ވެރިކަން ކުރާާ ލޭބާ ޕާޓީ އަށް ލަދުވެތި ނާ ކާމިޔާބެއް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

09 މެއި 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު