Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުސްތޫރީ ފަސާނާ

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ" މިރޭ ފަށަނީ

27 ސެޕްޓެމްބަރު 2017 | ބުދަ 02:56

ޕެނަލްގަ މިރޭ ތިއްބަވާނީ ސުއޫދު، ޝަމީމް އަދި ހަނީފާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 27 ސެޕްޓެމްބަރު 2017 | ބުދަ 02:56
ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅަން ވަޑައިގެންނެވި ވަކީލުން

ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅަން ވަޑައިގެންނެވި ވަކީލުން

ޝަރުއީ ދާއިރާއާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން "ދުސްތޫރީ ފަސާނާ" ގެ ނަމުގައި ހިންގަން ރާވާފައިވާ ހަރަކާތްތައް މިރޭ ފެށުމަށް ނިންމައިފި އެވެ.

"ދުސްތޫރީ ފަސާނާ" ގެ ނަމުގައި ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން މިރޭ 9:15 ގައި ސޯލްޓް ކެފޭ ޖަލްސާ ކުރާ މާލަމުގައި ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ ޑިސްކަޝަން ބާއްވަން ނިންމާފައިވަނީ އާންމުކޮށް ހުޅުވާލައިގެން، ޕެނަލާ ސުވާލުކުރުމުގެ ފުރުސަތު ވެސް ލިބޭ ގޮތަށެވެ.

Advertisement - newsAdvertisement

"ދުސްތޫރީ ފަސާނާ" ޕެނަލް ޑިސްކަޝަންތައް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މިރޭގެ ޕެނަލްގައި ތިއްބަވާނީ ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދާއި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ހެޑް ހަނީފާ ހާލިދެވެ.

ސުއޫދު ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވަނީ ޝަރުއިއްޔަތާއި، ވިލާޔަތާއި، އަހުލިއްޔަތު ގެއްލުމާ ގުޅޭ ގޮތުންނެވެ. ޣައިރު ހާޒިރުގައި ހުކުމް ކުރުމާ ގުޅޭ ގޮތުން ޝަމީމް ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވާއިރު، ހަނީފާ ވާހަކަ ދައްކަވާނީ އެއްގޮތް މައްސަލަތަކުގައި އެއް ގޮތަކަށް ހުކުމް ކުރުމާ ގުޅޭ ގޮތުންނެވެ.

"ދުސްތޫރީ ފަސާނާ" ޕެނަލް ޑިސްކަޝަންގެ އިތުރުން ގާނޫނީ ވަކީލުން މިފަހުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ޝަރުއީ ދާއިރާގައި އިސްލާހުކުރަން ހުރި ކަންތައްތައް ބަޔާންކޮށް 56 ގާނޫނީ ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓަށާއި ބަންޑާރަނައިބަށް ޕެޓިޝަނެއް ހުށަހަޅަން މަސައްކަތް ކުރި އެވެ. ބޮޑު ގާނޫނު އަސާސީއަކާއެކު ހުށަހެޅި ޕެޓިޝަން ބަންޑާރަނައިބުގެ އޮފީހުން ބަލައިގަތް އިރު، ސުޕްރީމް ކޯޓުން ވަނީ ޕެޓިޝަން ބަލައިނުގަނެ ވަކީލުން ސަސްޕެންޑް ކޮށްފަ އެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް 35 ވަކީލުން ނިކުތުމާއެކު 13 ވަކީލަކަށް ވަނީ ހުއްދަ ދީފަ އެވެ. އެހެން ނަމަވެސް، މިހާރު ވެސް އާންމުކޮށް ކޯޓުތަކުގައި ވަކާލާތު ކުރައްވާ 43 ވަކީލަކު ތިއްބެވީ ސަސްޕެންޝަނުގަ އެވެ.

ވަކީލުންތައް ސަސްޕެންޑް ކުރީ ޖަމާއަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، އަދުލު އިންސާފުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިހުތިސާސްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ހުރުމަތް ކެނޑި މައްސަލަ ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ.

ވަކީލުން ވިދާޅުވެފައިވާ ގޮތުގައި ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުވަންދެން "ދުސްތޫރީ ފަސާނާ" ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގައި އުއްތަމަ ފަނޑިޔާރު އެހީތެރިކަމަށް ބޭނުންވާނަމަ، އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.

ވަކީލުން ވިދާޅުވަމުން ދަނީ ސަސްޕެންޑް ކުރިޔަސް ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

25 މާރިޗު 2017
އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް