Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން

ކުނިއުކާ ލޮރީތަކުން މަގުމައްޗަށް ހަޑި ފެނާއި، ކުނި ފޭބުން އާންމުވި ނަމަވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވޭ: ވެމްކޯ

މާލޭގެ މަގުތަކުން ކުނި ނެގުމުގެ ތެރޭގައި ވެމްކޯގެ ލޮރީތަކުން ކުންޏާއި ހަޑިފެން އެޅި، މަގުތައް ތަޣައްޔަރުވަމުންދާތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފައި. ޚާއްސަކޮށް ސްކޫލްތައް ހުންނަ ސަރަހައްދުތަކުގައި މިފަދަ ނަޖިސް ފެން ހުރުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު އޮތްކަން ފާހަގަކޮށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2026 | ހޯމަ 08:04
ވެމްކޯގެ މުވައްޒަފުން މާލޭގެ މަގުމަތިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ.

ވެމްކޯގެ މުވައްޒަފުން މާލޭގެ މަގުމަތިން ކުނި ނެގުމުގެ މަސައްކަތް ކުރަނީ. | ރާއްޖެއެމްވީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި ލޮރީތަކުން މާލޭގެ މަގުތަކަށް ކުންޏާއި، ހަޑި ފެން އެޅުނު ނަމަވެސް އެސަރަހައްދުތައް ސާފުނުކޮށްދާ މައްސަލަ ބޮޑުވެއްޖެ އެވެ.

ފީއަކާ އެކު މާލޭ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމުގެ މަސައްކަތްތައް ކުރަމުންދަނީ ވެމްކޯއިން ނެވެ. އަދި މަގުތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތަކުން ވެސް ކުނި ނެގުމުގެ މަސައްކަތް ކުރެ އެވެ. ނަމަވެސް މިފަހުން މާލޭގެ ބައެއް ސަރަހައްދުތަކުން ކުނި ނަގާއިރު، މަގުމައްޗަށް ކުނިތައް އެޅުމާއި، ހަޑިފެން މަގު މައްޗަށް އަޅާ މައްސަލަ ބޮޑުވެފައިވެ އެވެ.

Advertisement - newsAdvertisement

އެގޮތުން މިފަހުން ފަލާހު ޕްރިސްކޫލު ކުރި މައްޗަށް އޮންނަ މަގު މައްޗަށް ކުންޏާއި، ނަޖިސް ފެން އަޅާފައިވާތީ ގިނަ ބަޔަކުގެ އެކަމުގެ ޝަކުވާ ކޮށްފައިވެ އެވެ. އަދި އެ ވީޑީއޯތައް ސޯޝަލް މީޑީއާގައި ހިއްސާކޮށްފައިވެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ، ވެމްކޯ ލޮރީތަކަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ފަރުވާ ކުޑަ ކޮށް ކަމަށެވެ. ބައެއް ފަހަރު ޑަސްބިންތަކުގައި ހުންނަ ކުނި މަގު މައްޗަށް އެޅުނު ނަމަވެސް އެކުނިތައް ސާފުވާ ގޮތަށް ނުނަގާ ކަމަށާއި، ހަޑި ފެންތަކެއް އެޅުމަށްފަހު ސާފުނުކޮށް ދާ ކަމަށެވެ. އަދި މިދުވަސްވަރު ރޯގާ އެހައި ބޮޑަށް ފަތުރެމުންދާތީ ވަރަށް ކަންބޮޑުވާ ކަމަށާއި، މިކަމުގެ ސަބަބުން ވަރަށް ބޮޑަށް ހުމާއި ރޯގާ ފަދަ ބަލިތައް ވަރަށް ބޮޑަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމީހުން ބުނެ އެވެ. 

ވެމްކޯގެ ކުނި ލޮރީތަކުން މާލޭގެ މަގުތަކަށް ކުންޏާއި، ހަޑި ފެން އެޅުނު ނަމަވެސް ސާފު ނުކޮށްދާ މައްސަލަ ވަނީ ބޮޑުވެފައި.

އެއްވެސް ވަރަކަށް ސާފުތާހިރު ކަމަކަށް ނުބަލާކަން ފާހަގަކޮށް އެމީހުން ބުނީ، ފަލާހު ޕްރިސްކޫލު ހުންނަ ސަރަހައްދަކީ ކާރުބާރު ބޮޑު ސަރަހައްދަކަށްވާއިރު، ގިނަ އަދަދެއްގެ ކުދިންނާއި، ބެލެނިވެރިންނަށް މިކަމުގެ ސަބަބުން ތަކުލީފު އުފުލަން ޖެހިފައިވާ ކަމަށެވެ. 

މި މައްސަލައާ ގުޅިގެން ހޯމަ ދުވަހު ފަށާއިރު ޕްރޮގްރާމްގެ ތެރެއިން ވެމްކޯއަށް ގުޅުމުން ބުނީ، މިފަދަ ޝަކުވާ މިހާތަނަށް ލިބިފައިވާކަން އެނގިފައިނުވާ ކަމަށެވެ.

ވެމްކޯއިން ބުނީ، މިފަދަ ކަމެއް ހިނގާނަމަ، އެ މައްސަލައެއް ބެލުމަށްފަހު ހައްލު ކުރާނެ ކަމަށެވެ. 

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަންވެމްކޯ

އިތުރަށް ކިޔާލަން

05 ޖޫން 2026

މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!

05 ޖޫން 2026
މިދިޔަ މަހުގެ 31 ގައި ދޭން ބުނި މުސާރަ އަދިވެސް ވެމްކޯގެ ބައެއް މުވައްޒަފުންނަށް ނުދޭ!
30 މެއި 2026

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

30 މެއި 2026
ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި
21 މެއި 2026

ވެމްކޯ އެމްޑީގެ ނުފޫޒުން، އެޕްރައިޒަލް އިން އެންމެ މަތީ މާކްސް ހޯދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

21 މެއި 2026
 ވެމްކޯ އެމްޑީގެ ނުފޫޒުން، އެޕްރައިޒަލް އިން އެންމެ މަތީ މާކްސް ހޯދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
12 މެއި 2026

ވެމްކޯ އެމްޑީގެ ނުފޫޒުން މުވައްޒަފަކު ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމުގެ ތުހުމަތު!

12 މެއި 2026
ވެމްކޯ އެމްޑީގެ ނުފޫޒުން މުވައްޒަފަކު ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމުގެ ތުހުމަތު!
01 މެއި 2026

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ވެމްކޯގެ ބައެއް މުވައްޒަފުންނަށް އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުލިބޭ

01 މެއި 2026
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ވެމްކޯގެ ބައެއް މުވައްޒަފުންނަށް އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު