Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު ޒަމީރު

ލީކުއަންޔޫއާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްލެވުނު މި ސަރަހައްދުގެ ލީޑަރަކީ ރައީސް ޔާމީން: ޒަމީރު

26 ސެޕްޓެމްބަރު 2017 | އަންގާރަ 07:53

ރައީސް ޔާމީންގެ ސަރުކާރުގައި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެއްޖެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 26 ސެޕްޓެމްބަރު 2017 | އަންގާރަ 07:53
ކޫއްޑޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޫއްޑޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސިންގަޕޫރުގެ ތަރައްގީގެ ބާނީ، ލީކުއަންޔޫއާ އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްލެވުނު މި ސަރަހައްދުގެ ހަމައެކަނި ލީޑަރަކީ ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ އަބްދުލް ގައްޔޫމް ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ކޫއްޑޫގައި ތަރައްގީ ކޮށްފައިވާ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، އިގްތިސާދީ ގޮތުން މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ތަަރައްގީ ރާއްޖެ އަށް ގެނެސްދެއްވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީންގެ ހަރުދަނާ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރަމުންދާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޒަމީރު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުގައި ރާއްޖެއަށް ނާންނަ ފަދަ ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖެ އައުމުގެ ހެއްކަކީ ރައީސް ޔާމީންގެ ސަރުކާރުން ބޭރުގެ އިންވެސްޓަރުންނަށް ދިން ރައްކާތެރި ކަމާއި އަދި ރާއްޖޭގައި އިންެވެސްޓް ކުރުމަށް ބޭރުގެ ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދިޔަ ރަމްޒެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި ހަރަކާތްތެތެރިވާ ކުންފުނިތަކުން ސަރުކާރަށް ކުރާ އިތުބާރު އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ އިންވެސްޓަރުންގެ އިތުބާރު ސަުކާރަށް ބޮޑުވެގެން ދިޔައީ ކުރީގެ ސަރުކާރުތަކުގައި ނުހިންގާ ފަދަ ޒަމާނީ އިންފްރާސްޓަރަކްޗާ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ޓުއަރިސްޓް ރިޒޯޓްތައް ތަަރައްގީ ނުކުރެވޭ ވަރަށް ރައީސް ޔާމީން ގެ ސަރުކާރުގައި ޓުއަރިސްޓް ރިޒޯޓްތައް ތަަރައްގީ ކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ޓުއަރިސްޓުން ޒިޔާރަތް ކުރީ ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ނިސްބަތް ވަނީ އެއް މިންގަޑެއްގައި ހިފެހެއްޓިފައެވެ. އެގޮތުން 2016 ވަނަ އަހަރު ނިމުނު އިރު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 4.2 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި މިއަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ރާއްޖެ އަށް ޒިޔާރަތް ކުރި ފަތުރު ވެރިންގެ އަދަދު 800،000 އަށް ވުރެ އިތުރވެފައިވާ ކަމަށާއި އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.9 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. ހަމައެހެންމެ މި ނިސްބަތް މި މިންގަޑުގައި ހިފެހެއްޓިއްޖެނަމަ މިއަހަރު ނިމޭއިރު ރާއްޖެ އަށް 1.7 މިލިޔަން ޓުއަރިސްޓުން ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 ނޮވެމްބަރު 2019

ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެންނަނީ

08 ނޮވެމްބަރު 2019
ޖުމްހޫރީ ދުވަހުގެ ޖަލްސާއަށް ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލު ގެންނަނީ
30 އެޕްރީލު 2019

ރަމަޟާންމަހު ތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަނީ

30 އެޕްރީލު 2019
ރަމަޟާންމަހު ތަކެތީގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަނީ
15 ފެބުރުއަރީ 2019

ހަމަޖެހުން ގާއިމްވެފައިވާ ރާއްޖޭ އެއް އޮތުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ވެސް މަސްލަހަތު: ރައީސް ނަޝީދު

15 ފެބުރުއަރީ 2019
ހަމަޖެހުން ގާއިމްވެފައިވާ ރާއްޖޭ އެއް އޮތުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ވެސް މަސްލަހަތު: ރައީސް ނަޝީދު
20 ޑިސެމްބަރު 2018

މާލެ ސަރަހައްދުގެ 17 ތަނެއްގެ މަސައްކަތް ވަނީ ހުއްޓުވާފައި: ޕްލޭނިން މިނިސްޓްރީ

20 ޑިސެމްބަރު 2018
މާލެ ސަރަހައްދުގެ 17 ތަނެއްގެ މަސައްކަތް ވަނީ ހުއްޓުވާފައި: ޕްލޭނިން މިނިސްޓްރީ
26 ނޮވެމްބަރު 2018

ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދޭނަން: މިނިސްޓަރ މާރިއާ

26 ނޮވެމްބަރު 2018
ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދޭނަން: މިނިސްޓަރ މާރިއާ
19 ސެޕްޓެމްބަރު 2018

ރާއްޖޭގެ ސަރަހައްދުގެ އުޑުމަތި ބަނަވެ، ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަކުރާނެ: މެޓް އޮފީސް

19 ސެޕްޓެމްބަރު 2018
ރާއްޖޭގެ ސަރަހައްދުގެ އުޑުމަތި ބަނަވެ، ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަކުރާނެ: މެޓް އޮފީސް
03 ސެޕްޓެމްބަރު 2018

ސިއްހަތު ޖަމިއްޔާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ 71 ވަނަ ބައްދަލުވުން ފަށައިފި

03 ސެޕްޓެމްބަރު 2018
ސިއްހަތު ޖަމިއްޔާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ 71 ވަނަ ބައްދަލުވުން ފަށައިފި
19 ޖުލައި 2018

ހަނިމާދޫ އެއާރޕޯޓުގައި ބޮޑެތި ބޯޓުތައް ޖެއްސޭގޮތް ހަދައި ސަރަހައްދުގެ މައި އެއާރޕޯޓަށް ހަދާނަން: ރައީސް ޔާމީން

19 ޖުލައި 2018
ހަނިމާދޫ އެއާރޕޯޓުގައި ބޮޑެތި ބޯޓުތައް ޖެއްސޭގޮތް ހަދައި ސަރަހައްދުގެ މައި އެއާރޕޯޓަށް ހަދާނަން: ރައީސް ޔާމީން
24 މެއި 2018

މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ހަވާލުކޮށް ނިންމައިފި

24 މެއި 2018
މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލަކަށް ޓެބްލެޓް ހަވާލުކޮށް ނިންމައިފި
06 ސެޕްޓެމްބަރު 2017

ރާއްޖެއަކީ މިސަރަހައްދުގެ ސިއްހީދާއިރާގައި ނަމޫނާ ސްޓޭންޑަޑެއް: ޑރ. ޝައިނީ

06 ސެޕްޓެމްބަރު 2017
ރާއްޖެއަކީ މިސަރަހައްދުގެ ސިއްހީދާއިރާގައި ނަމޫނާ ސްޓޭންޑަޑެއް: ޑރ. ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް