Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފްގެ ދޯސްތީ އެކްސަސައިޒް

ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދޭނަން: މިނިސްޓަރ މާރިއާ

26 ނޮވެމްބަރު 2018 | ހޯމަ 09:25

ރައީސް ސޯލިހު މިސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދެއްވާނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 26 ނޮވެމްބަރު 2018 | ހޯމަ 09:25
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ އަވައްޓެރި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އިސްލަމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮތް ދޯސްތީގެ ނަމުގައި ބާއްވަން ހަމަޖެހިފައިވާ އަސްކަރީ ތަމްރީނުތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުން ގާއިމްކުރުމަށް ސަމާލުކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮންނަ އަސްކަރީ ގުޅުން ބަދަހި ކުރުމުގެ ގޮތުން މިފަދަ އެކްސަސައިޒް ތަކަކީ މުހިންމު ކަމެއް. އަދި މިފަދަ އަސްކަރީ ތަމްރީނުތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ އަސްކަރީ އަދި ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަށް ފުރުސަތު ލިބިގެން ދާނެ." މިނިސްޓަރ ވިދާޅުވެފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާ ކޯސްޓް ގާޑްގެ ޑިރެކްޓަރ ޖެނެރަލް ރިއާ އެޑްމަރަލް ސަމަންތާ ވިމާލަތުންގެ ވިދާޅުވެފައިވަނީ މިއީ އެއްޤައުމުގެ ކޯސްޓް ގާޑުގައި މަސައްކަތްކުރާ ބޭކަލުންގެ ތަޖުރިބާ އަވައްޓެރި އެހެން ޤައުމުތަކާއި ހިއްސާ ކުރުމަށް ލިބޭނެ ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި މިފަދަ އެކްސަސައިޒްތަކުގެ ސަބަބުން ކުރިޔަށް އޮތް ތަނުގައި އެހެން ޤައުމުތަކުގެ ސިފައިން ފަރާތުން ތަފާތު ފިލާވަޅުތައް ލިބިގަނެ މުސްތަޤްބަލުގައި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިޔާ ކޯސްޓް ގާޑުގެ ޑިރެކްޓާ ޖެނެރަލް ރަޖެންދްރަ ސިންހް ވިދާޅުވީ ދޯސްތީގެ ތަމްރީނުތައް ވަރަށް ކައިރިން ބަލާފައިވާ ކަމަށާއި އެ ހަރަކާތަކީ ސަލާމަތާއި ރައްކާތެރިކަމަށް އެޅިގެންދާ ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު އިންޑިއާ އަދި ރާއްޖޭގެ ކޯސްޓްގާޑު ގުޅިގެން ކުރިއަށް ގެންދަން ފެށި ޕްރޮގްރާމެކެވެ. މި ހަރަކާތުގައި ލަންކާ އިން ބައިވެރިވާން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި ހަރަކާތް އެންމެ ފަހުން ބާއްވާފައިވަނީ 2016 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް