Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމާރާތް ކުރުން

މާލެ ސަރަހައްދުގެ 17 ތަނެއްގެ މަސައްކަތް ވަނީ ހުއްޓުވާފައި: ޕްލޭނިން މިނިސްޓްރީ

20 ޑިސެމްބަރު 2018 | ބުރާސްފަތި 10:09

އިއްޔެގެ ނިޔަލަށް މާލޭގެ 104، ވިލިމާލޭގެ 16 އަދި ހުޅުމާލޭގައި 117 ތަނެއް ބަލާފާސް ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޑިސެމްބަރު 2018 | ބުރާސްފަތި 10:09
ޕްލޭނިން މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އަންވަރު އަލީ

ޕްލޭނިން މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އަންވަރު އަލީ

މާލޭ ސިޓީގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ 17 ތަނެއް ވަގުތުން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރުމުން މަސައްކަތް ހުއްޓުވާފައިވާ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އަންވަރު އަލީ ވިދާޅުވީ މާލެއިން 167 ސައިޓެއް، ވިލިމާލޭގައި 18 ސައިޓެއް، އަދި ހުޅުމާލޭގައި 275 ސައިޓެއް، ޖުމްލަ 460 ސައިޓެއް ބަލަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބުދަ ދުވަހުގެ ނިޔަލަށް މާލޭގެ 104 ސައިޓެއް ވިލިމާލޭގެ 16 އަދި ހުޅުމާލޭގައި 117 ތަނެއް ބަލާފާސް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ ހުރެގެން މާލޭގެ 69 ތަނެއް ވިލިމާލޭގެ 15 ތަނެއް އަދި ހުޅުމާލޭގައި 79 ތަނެއް އަލުން ޗެކްކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރަށް އަންވަރު ވިދާޅުވީ ވަގުތުން ރަނގަޅު ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން ވޯކް ސްޓޮޕް އޯޑަރު މާލޭގެ ތިން ތަނަކަށް ވިލިމާލޭގެ 2 ތަނަކަށް އަދި ހުޅުމާލޭ 12 ތަނަކަށް ދީފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ރަނގަޅު ކުރުމުން މަސައްކަތުގެ ހުއްދަދޭނެ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ވެސް ހަދާފައިވާ ބައެއް ގަވާއިދުތަކާއި ފުށޫއަރާ ކަންތައްތަކެއް ހުރުމުން އެގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ކޮންޓްރެކްޓަރުންނަށް އަންގާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި މަގުމަތީގަ އެއްޗެހި ބަހައްޓާއިރު ބޯޑު ނޫނީ ހުއްދަ ނުނަގާ ބަހައްޓާފަ ހުންނަ ހުރުން ވެސް، ގަވާއިދުގެ ތެރެއަށް ފައްތާލަ ދިނުމަށް އަޅުގަނޑުމެން މިދަނީ ކޮންޓްރެކްޓަރުންނަށް އިލްތިމާސް ކުރަމުން އަދި މަގުމަތީގައި ހިނގާ މީހުންނަށް ވެސް ރައްކާތެރިކަމެއް ނެތް ގޮތަށް ބައެއް އިމަރާތްތައް ކުރަމުންދާއިރު ހޯޑިން ޖެހުމުގެ މަސައްކަތް ކޮށްފައި ނެތްތަންތަނުގައި އެތަންތަނުގައި ކޮންޓްރެކްޓަރުން މިދަނީ އިރުޝާދު ދެމުން" އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އިމާރާތުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ކަހަލަ އެއްޗެހި ވެއްޓުނަ ނުދިނުމަށްޓަކައި ތިރީގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ނުވާ ފަރާތްތަކަށް ވެސް އެކަންކަން ރަނގަޅު ކުރުމަށް އިރުޝާދު ދެމުންދާ ކަމަށެވެ.

ކޮންސްޓްރަކްޝަން ސައިޓުތައް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭނިން މިނިސްޓްރީ، ހައުސިން މިނިސްޓްރީ، މަލޭ ސިޓީ ކައުންސިލް، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެޗްޑީސީ ގުޅިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް