Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި ލޭ އެޅުން

ތިން މީހެއްގެ ގަޔަށް ކުނި ލޭ އެޅުނު މައްސަލައިގައި މުވައްޒަފަކު ސަސްޕެންޑްކޮށްފި

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) ގެ ފްރީޒަރަކަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން، ރައްކާތެރިކަން ކަށަވަރުނުކޮށް ތިން ބަލިމީހަކަށް ލޭ އެޅި މައްސަލައެއް ފެންމަތިވެއްޖެ މި ހާދިސާގައި އިހުމާލުވި މުވައްޒަފަކު ސަސްޕެންޑްކޮށް މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެ ލެޔަކީ ބޭނުންކުރަން ރައްކާތެރި ލޭކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފަ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ލޭ ރައްކާކުރާ އައު ފްރިޖްތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 25 އެޕްރީލު 2026 | ހޮނިހިރު 10:59
ރިސާޗް ސެންޓަރެއްގައި ސައިންޓިސްޓަކު ސްޓެމް ސެލް ވަކި ކުރުމަށް ލޭގެ ސާމްޕަލް އެއް ޕްރޮސެސް ކުރަނީ.

ރިސާޗް ސެންޓަރެއްގައި ސައިންޓިސްޓަކު ސްޓެމް ސެލް ވަކި ކުރުމަށް ލޭގެ ސާމްޕަލް އެއް ޕްރޮސެސް ކުރަނީ. | ދި ނެޝަނަލް

މޯލްޑިވިއަން ބްލަޑް ސާވިސަސްގައި ފުރިޖު ހަލާކުވެގެން ބަދަލުކުރި ލޭ ޕެކެޓްތައް އަލުން ޓެސްޓު ނުކޮށް ބަލިމީހުންނަށް އެޅުމުގެ މައްސަލައެއް ފެންމަތިވެ، އެކަމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ މުވައްޒަފަކު ވަޒީފާ އިން ސަސްޕެންޑްކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަހުގީގު ޓީމެއް އެކުލަވާލާފައިވާއިރު، ލޭ އެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކުގައި އިހުމާލުވި މުވައްޒަފަކު މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

އެމްބީއެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި މައްސަލަ ފެށުނީ މިމަހުގެ 91 ވަނަ ދުވަހުގެ ރޭ މަރުކަޒު ބަންދުކުރި ފަހުން ލޭ ރައްކާކުރާ ފްރީޒަރަކަށް ފަންނީ މައްސަލައެއް ދިމާވުމާ ގުޅިގެންނެވެ. މި މައްސަލަ ފާހަގަކުރެވުނީ އެރޭގެ 23:21 ހާއިރު ފިނިހޫނުމިން މޮނިޓާކުރާ އެލާމް ސިސްޓަމުން މެސެޖު ލިބުމާ ގުޅިގެން ކަމަށް އެ ބަޔާނުގައި ވެ އެވެ.

އެލާޓު ލިބުމާ އެކު އެމްބީއެސްގެ މުވައްޒަފުން ވަގުތުން މަރުކަޒަށް ހާޒިރުވެ، ފްރީޒަރުގައި ހުރި 12 ލޭ ޕެކެޓް ރައްކާތެރިކަމާއެކު އެހެން ފްރީޒަރަކަށް ބަދަލުކުރި ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ. ފްރީޒަރުގެ ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސް އަށް މަތިވި ނަމަވެސް، ސިއްހީ މިންގަނޑުތަކަށް ބަލާއިރު 10 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިނުވާ ގޮތަށް 24 ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާއެކު ބެހެއްޓޭނެ ކަމަށް އެމްބީއެސް އިން ބުނެފައިވެ އެވެ.

އެހެންކަމުން އެ ދުވަހު ބޭނުންކުރި ލެޔަކީ އެއްވެސް ގޮތަކަށް ތަގައްޔަރުވެފައިވާ ނުވަތަ ބޭނުންނުކުރެވޭ ފަދަ ލެޔެއް ނޫންކަމުގެ ފުރިހަމަ ޔަގީންކަން އެމްބީއެސް އިން ދީފައިވެ އެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދަނިކޮށް، ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު 9:30 ގައި  އެ ލޭ ޕެކެޓްތަކުގެ ތެރެއިން ތިން ޕެކެޓެއް ތިން ބަލިމީހަކަށް އަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާ އިން ބުނެފައިވެ އެވެ.

މިކަން އެނގުމާ އެކު ކަމާބެހޭ މައުލޫމާތު ވަގުތުން އެ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށް ވެސް އެމްބީއެސްއި ން ބުނެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން މޯލްޑިވިއަން ބްލަޑް ސާވިސްގެ ޑިރެކްޓާ ޖެނެރަލް އަހްމީމް ފާރިޝް ވިދާޅުވީ ލޭ ރައްކާކުރާ އައު ފްރިޖްތަކެއް ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވަގުތީ ގޮތުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހުރި ފްރިޖެއް ވެސް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްމާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ

16 އޮކްޓޯބަރު 2025
މަހު މުސާރަ އަށް 12،000ރ ލިބޭ ގޮތައް ބަލި މީހުންނަށް ހިނިތުންވުމާ އެކު ހަމްދަރުދީވާނެ 40 މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ހޯދަނީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު