Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާންގެ ޔުރޭނިއަމް ރިޒާވް އެމެރިކާ އަށް ލިބޭނެ: ޓްރަމްޕް

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ ނިއުކްލިއާ މަޝްވަރާ ތަކާއި، ލުބުނާންގައި ހިނގަމުންދާ ހަނގުރާމައާ ގުޅުވަން ބޭނުންފުޅު ނުވާ ކަމަށާއި، އެ ދެ މައްސަލަ އަކީ ވަކި ވަކިން މަޝްވަރާ ކުރަން ޖެހޭ ދެ ކަމެއް ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 04:40
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އާއެކު މިހާރު ކުރިއަށްދާ މަޝްވަރާ ތަކުގެ ދަށުން، އެ ގައުމުން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް އެމެރިކާ އަށް ލިބޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާންގެ ނިއުކްލިއާ މަޝްވަރާ ތަކާއި، ލުބުނާންގައި ހިނގަމުންދާ ހަނގުރާމައާ ގުޅުވަން ބޭނުންފުޅު ނުވާ ކަމަށާއި، އެ ދެ މައްސަލަ އަކީ ވަކި ވަކިން މަޝްވަރާ ކުރަން ޖެހޭ ދެ ކަމެއް ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށެވެ.

އީރާން އާއެކު ކުރިއަށްދާ މަޝްވަރާ ތަކާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވީ، އެ މަޝްވަރާތައް ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާ ބަންދު ތެރޭގައި މިކަމާ ގުޅޭ އެއްބަސްވުމަކަށް އާދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. އީރާން އިން މުއްސަނދި ކޮށްފައިވާ ޔުރޭނިއަމްގެ މައްސަލަ އަކީ މީގެ ކުރިން މަޝްވަރާތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތް އެންމެ ބޮޑު އެއް ސަބަބެވެ.

ލުބުނާންގެ ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން އެ ހަނގުރާމަ އާއި ނިއުކްލިއާ މަޝްވަރާތައް ގުޅުވަން މަސައްކަތް ކުރި ނަމަވެސް، އޭނާ ބޭނުންފުޅު ވަނީ އެ ދެ ކަންތައް ވަކި ކުރަން ކަމަށެވެ. އެއީ މުޅިން ތަފާތު ދެ މައްސަލައެއް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ. މީގެ އިތުރުން، އެމެރިކާ އިން ފުރަތަމަ ފަހަރަށް ހިޒްބުﷲއާ ސީދާ ވާހަކަ ދެއްކި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން ސުވާލު ދެންނެވުމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ޓްރަމްޕް އެ އިޝާރާތް ކުރެއްވީ ހިޒްބުﷲއާ ސީދާ ވާހަކަ ދެއްކުމަށް ނޫން ކަމަށެވެ. ރޫބިއޯ ވިދާޅުވި ގޮތުގައި އެމެރިކާ އިން މެސެޖުތައް ބަދަލު ކުރަމުން ދަނީ ލުބުނާން ސަރުކާރުގެ މެދުވެރިން މެދުވެރިކޮށް، އީރާންގެ މަދަދުލިބޭ ހިޒްބުﷲ ޖަމާއަތާ އެވެ.

މި ސަރަހައްދުގެ މަސްރަހާ ގުޅޭ ގޮތުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އިޒްރޭލް އާއި ހިޒްބުﷲ އިން ވެސް ހަމަލާ ނުދިނުމަށް އަންގާރަ ދުވަހު އެއްބަސްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަންތައްތައް ވެގެންދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަކީ ޓްރަމްޕްގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: އެޖެންސީސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

04 ޖޫން 2026

އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި

04 ޖޫން 2026
އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި
03 ޖޫން 2026

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ އެމެރިކާ އިން ޚިލާފު ވެއްޖެ: އީރާން

03 ޖޫން 2026
ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ އެމެރިކާ އިން ޚިލާފު ވެއްޖެ: އީރާން
03 ޖޫން 2026

އެމެރިކާގެ އުދުވާނީ ހަމަލާތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި

03 ޖޫން 2026
އެމެރިކާގެ އުދުވާނީ ހަމަލާތަކަށް އިރާނުން ވަރުގަދަ ހަމަލާތަކެއް ދީފި
03 ޖޫން 2026

ގަލްފު ސަރަހައްދުގައި އީރާން އިން ދިން މިސައިލް ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ހުއްޓުވާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

03 ޖޫން 2026
ގަލްފު ސަރަހައްދުގައި އީރާން އިން ދިން މިސައިލް ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ހުއްޓުވާފައިވާ ކަމަށް އެމެރިކާ އިން ބުނެފި
03 ޖޫން 2026

އީރާންގެ ކްރިޕްޓޯ އެކްސްޗޭންޖު ތަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

03 ޖޫން 2026
އީރާންގެ ކްރިޕްޓޯ އެކްސްޗޭންޖު ތަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު