Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮލަމްބިއާ

ކޮލަމްބިއާގެ ރައީސް ކަމަށް އައުމަށް ޓްރަމްޕް ތާއީދު ކުރައްވަނީ، ފުރަތަމަ ބުރުގައި ކުރި ހޯއްދެވި ޑެ ލާ އެސްޕްރިއޭލާ އަށް

މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާ އަކީ ކޮލަމްބިއާގެ މުސްތަގުބަލާއި، އެމެރިކާ އާއެކު އޮންނަ ގުޅުމަށް ވަރަށް މުހިންމު ނަތީޖާ އަކަށް ވާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 07:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި އަބެލާޑޯ ޑެ ލާ އެސްޕްރިއޭލާ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވި އަބެލާޑޯ ޑެ ލާ އެސްޕްރިއޭލާ. | ރޮއިޓާސް

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ކަނާއަތު ފިޔައިގެ ކެންޑިޑޭޓް އަބެލާޑޯ ޑެ ލާ އެސްޕްރިއޭލާ އަށް ތާއީދު ކުރައްވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަ ކުރައްވައިފި އެވެ.

މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ދެވަނަ ބުރުގައި އެސްޕްރިއޭލާ ވާދަކުރައްވާނީ، ވާއަތު ފިޔައިގެ ސެނެޓަރު ކަމަށްވާ އިވާން ސެޕެޑާއާ އެވެ.

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ދެ ވަނަ ބުރަކަށް
Raajje.mv

ކޮލަމްބިއާގެ ރިޔާސީ އިންތިޚާބު ދެ ވަނަ ބުރަކަށް

މިކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، މި އިންތިޚާބުގެ ނަތީޖާ އަކީ ކޮލަމްބިއާގެ މުސްތަގުބަލާއި، އެމެރިކާ އާއެކު އޮންނަ ގުޅުމަށް ވަރަށް މުހިންމު ނަތީޖާ އަކަށް ވާނެ ކަމަށެވެ. ކޮލަމްބިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ނިމުނުއިރު، އެސްޕްރިއޭލާ ވަނީ 44 އިންސައްތަ ވޯޓު ހޯއްދަވާފައި އެވެ. އޭނާއާ ވާދަ ކުރެއްވި ސެޕެޑާ އަށް ލިބިވަޑައިގަތީ 41 އިންސައްތައަށް ވުރެ މަދު ވޯޓެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އެސްޕްރިއޭލާ އަކީ މީގެ ކުރިން ސިޔާސީ އެއްވެސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް، ހަތިޔާރު އެޅި ޖަމާއަތްތަކާ ދެކޮޅަށް އޭނާ ގެންގުޅުއްވާ ހަރުކަށި ސިޔާސަތު ތަކާއި، ބޮޑު 10 ޖަލު ބިނާ ކުރުމަށް ވެވަޑައި ގެންފައިވާ ވައުދުގެ ސަބަބުން، ގިނަ ބަޔަކު އޭނާ ސިފަ ކުރަނީ އެލްސަލްވަޑޯރުގެ ރައީސް ނަޔީބު ބުކޭލޭއާ އެއްގޮތް ބޭފުޅެއްގެ ގޮތުގައި އެވެ.

އެސްޕްރިއޭލާ ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވީ، ކޮލަމްބިއާގައި ހިންގާ ކުށްތަކާއި މަސްތުވާ ތަކެތީގެ ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެމެރިކާ އަކީ ވަރަށް މުހިންމު ދައުރެއް އަދާ ކުރާ ގައުމެއް ކަމަށެވެ. އަދި އޭނާ އާއި ޓްރަމްޕް އަލޯ ޑިމޮކްރަސީ އާއި، މިނިވަންކަމާއި، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް އެއްގަލަކަށް އަރާ ދެ ބޭފުޅުން ކަމަށްވެސް އެސްޕްރިއޭލާ ފާހަގަ ކުރެއްވި އެވެ.

ޓްރަމްޕްގެ މި ނިންމެވުމަށް ކޮލަމްބިއާގެ މިހާރުގެ ރައީސް ގުސްޓާވޯ ޕެޓްރޯ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. ވާއަތު ފިޔައިގެ ސިޔާސަތު ތަކަށް ތާއީދު ކުރައްވާ ޕެޓްރޯ ވިދާޅުވީ، އެއް ގައުމުން އަނެއް ގައުމުގެ ދާޚިލީ ނިންމުން ތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމަކީ މިނިވަންކަން ގެއްލިގެން ދާނެ ކަމެއް ކަމަށެވެ.

ކޮލަމްބިއާޣެ ރައީސް ޕެޓްރޯ އަކީ މީގެ ކުރިން ވެސް އެމެރިކާގެ ލީޑަރުންނާ އެކި މައްސަލަ ތަކުގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ބޭފުޅެކެވެ.

މަސްދަރު: ރޮއިޓާސް

ކޮލަމްބިއާއަބެލާޑޯ ޑެ ލާ އެސްޕްރިއޭލާއިވާން ސެޕޭޑާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގުސްޓާވޯ ޕެޓްރޯ

އިތުރަށް ކިޔާލަން

04 ޖޫން 2026

ވޭންސް އާއި ރޫބިއޯ ވާދަކުރަންވީ އެކުގައި، ބަލި ކުރަން އުނދަގޫ ވާނެ: ޓްރަމްޕް

04 ޖޫން 2026
ވޭންސް އާއި ރޫބިއޯ ވާދަކުރަންވީ އެކުގައި، ބަލި ކުރަން އުނދަގޫ ވާނެ: ޓްރަމްޕް
04 ޖޫން 2026

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރަން ބޭނުން: ޓްރަމްޕް

04 ޖޫން 2026
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލު ކުރަން ބޭނުން: ޓްރަމްޕް
04 ޖޫން 2026

އީރާންގެ ޔުރޭނިއަމް ރިޒާވް އެމެރިކާ އަށް ލިބޭނެ: ޓްރަމްޕް

04 ޖޫން 2026
އީރާންގެ ޔުރޭނިއަމް ރިޒާވް އެމެރިކާ އަށް ލިބޭނެ: ޓްރަމްޕް
04 ޖޫން 2026

އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި

04 ޖޫން 2026
އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހޭ ކަމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި
03 ޖޫން 2026

މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް

03 ޖޫން 2026
މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު