Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ގެރެންޓީ

ގެރެންޓީ ދީގެން ލޯނު ނަގާ ކުންފުނީގެ ހިއްސާދާރުން ޕާސަނަލް ގެރެންޓީ ދޭންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި

މީގެ ކުރިން ހިއްސާދާރުން ގެރެންޓީ ހޯދަނީ ސަރުކާރަށް ފެނިއްޖެ ނަމަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 26 ސެޕްޓެމްބަރު 2017 | އަންގާރަ 03:30
ފިނޭންސް މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިންތަކެއް މަޖިލީހުގައި

ފިނޭންސް މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިންތަކެއް މަޖިލީހުގައި

ދައުލަތުން ގެރެންޓީ ދީގެން ލޯނު ނަގާއިރު، ކުންފުނީގެ ހިއްސާދާރުން ސަރުކާރަށް ޕާސަނަލް ގެރެންޓީއެއް ދޭންޖެހޭ ގޮތަށް "ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލަށް" ފިނޭންސް މިނިސްޓްރީން އިސްލާހު ގެނެސްފި އެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލަށް ހޯމަ ދުވަހު ގެނައި އިސްލާހުގައި ބުނާ ގޮތުން ސަރުކާރު ހިއްސާ ނުހިމެނޭ ކުންފުންޏެއްނަމަ ގެރެންޓީ ދޫކުރުމުގައި ކޮމިޓްމެންޓް ފީ އަދި މެނޭޖްމެންޓް ފީ، ގެރެންޓީ ދޫކުރާ ތާރީޚުގައި ލޯނުގެ އިންޓްރެސްޓަށް އަރާނޭ ކަމަށް އަންދާޒާކުރެވޭ އަދަދު އަދި އެހެނިހެން ޚަރަދު ހިމެނޭގޮތަށް ލޯނުގެ ޖުމުލަ އަދަދު (ޓޯޓަލް ކޮސްޓް އޮފް ބޮރޮއިންގް)ގެ 100 އިންސައްތައާ އެއްވަރުގެ އެސެޓެއް ސަރުކާރަށް ރަހުނުކުރަންޖެހޭނެ އެވެ.

އެގޮތުން ރަހުނު ކުރެވޭ އެސެޓަކީ ސަރުކާރަށް ކުރިމަތިވާ ރިސްކާ އެއްވަރުގެ ސެކިއުރިޓީއެއްކަން ޔަގީންކުރަން ވެސް ޖެހެ އެވެ.

މި އިސްލާހު ގެނައުމުގެ ކުރިން އުސޫލު ހަމަޖެހިފައިވަނީ ސަރުކާރަށް ފެނިއްޖެ ހިނދެއްގައި ލޯނު ނަގާ ކުންފުނީގެ ހިއްސާދާރުން ސަރުކާރަށް ޕާރސަނަލް ގެރެންޓީ ދޭ ގޮތަށެވެ. އެހެން ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު ސަރުކާރު ހިއްސާ ނުހިމެނޭ ކުންފުންޏެއްނަމަ ގެރެންޓީ ދޫކުރުމުގައި ލޯނު ނަގާ ކުންފުނީގެ ހިއްސާދާރުން ސަރުކާރަށް ޕާރސަނަލް ގެރެންޓީ ދޭންޖެހެ އެވެ.

މީގެ އިތުރުން އުސޫލަށް ގެނައި އިސްލާހުތަކުގައި ބުނަނީ ގެރެންޓީ ކުރެވިފައިވާ ލޯން އަނބުރާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ، ސެކިއުރިޓީ ލިކުއިޑޭޓް ކުރުމުގެ މަރުޙަލާ ފެށުމުގެ ކުރިން، ގެރެންޓީ ދެވޭ ފަރާތުންނާއި ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނިންވެސް ލަސްނުކޮށް އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަން ވާނެ ކަމަށެވެ.

ގެރެންޓީ ކޯލް ކުރުމުން ސަރުކާރުން ދައްކާ ފައިސާއަކީ، ގެރެންޓީ ކޮށްދެވޭ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުން ސަރުކާރަށް ދައްކަންޖެހޭ ދަރަންޏަކަށް ބަދަލުކުރެވިގެން ދާނެ ކަމަށާއި އަދި މި ދަރަނި އަނބުރާ ދެއްކުމަށް ގެރެންޓީއަށް ހުށަހެޅި ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

"ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލަކީ" ދިވެހި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގައި ބަލާނޭ މިންގަނޑުތަކާއި، ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނިތަކުން ޢަމަލު ކުރަންޖެހޭ ގޮތާއި ފުރިހަމަ ކުރަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާ އުސޫލެވެ. މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ނަމުގައި ދޫކުރެވޭ ގެރެންޓީއަކީ ހަމަހަމަކަމާއި، ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ދޫކުރެވޭ ގެރެންޓީއެއް ކަމުގައި ހެދުން ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު