Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު

3 ޖޫން 2026 | ބުދަ 08:12

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވައި، ޒުވާން ޖީލަށް ފުރުސަތު ދެއްވާނެ ކަމަށް. ށ. ފޭދޫގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރިޔާސީ ރޭހުގައި ފައްޔާޒް ފަދަ ބޭފުޅުންގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް މަދުކޮށް، ސަރުކާރާއި ދައުލަތް ވަކިކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2026 | ބުދަ 08:12
ބޮޑު ބަދަލު ކެންޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ށ.ފޭދޫއަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ.

ބޮޑު ބަދަލު ކެންޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ށ.ފޭދޫއަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. | އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް ކަމަށާއި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ގައި ވާދަ ނުކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ބޮޑު ބަދަލު ކެންޕޭނަށް ށ. ފޭދޫއަށް ވަޑައިގަންނަވައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައްޔިތުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރައްވާނެތޯ ސުވާލު ކޮށްފަ އެވެ. އަދި ނަޝީދު ނޫން މީހަކަށް އިތުބާރު ނުކުރެވޭ ކަމަށާއި، އެމަނިކުފާނު ނޫން މީހަކު ރައްޔިތުންނަށް ފައިދާ ވާ ގޮތަށް ކަމެއް ކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައިވެ އެވެ. 

Advertisement - newsAdvertisement

މި ސުވާލުތަކާ ގުޅިގެން ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ ޒުވާން ޖީލަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި، ރިޔާސީ އިންތިޚާބަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ފަދަ ބޭފުޅުންގެ ފަހަތުގައި ހުންނަވާނެ ކަމަށެވެ.

ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް އަނެއްކާ ރައީސްކަމުގެ ކެންޕޭނެއް ނިމޭއިރުގައި މީހާއަށް ވެސް ވަރަށް ގިނަ ވަރުވެފައި ހުންނަނީ. ދެން އަޅުގަނޑަށް ވެސް ވަަރަށް ގިނަ ކަންތައް ކުރެވިއްޖެ މިހާރު. ރައީސްކަން ކުރެވިއްޖެ. މަޖިލީހުގެ ރައީސްކަން ވެސް ކުރެވިއްޖެ. ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކެޓްރީ ޖެނަރަލްކަން ވެސް ކުރެވިއްޖެ. ދެން އަޅުގަނޑުގެ ހިތަށް އަރަނީ މިއީ އަޅުގަނޑުމެންގެ ހަގު ޖެނަރޭޝަން މިސާލަކަށް ފަޔާމެން މިއީ އަޅުގަނޑުމެންނަށްވުރެ ގާތްގަނޑަކަށް 6 އަހަރު ނުވަތަ 7 އަހަރު ހަގު. އެމީހުންނާއެކު އަޅުގަނޑު އިންނާނަން ދެން މުގުލުގައި.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ބޮޑު ބަދަލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރާއި ދައުލަތް ވަކިވާން ޖެހޭ ކަމަށެވެ. އަދި މި ބަދަލަށް ރައްޔިތުން ތާއީދު ކުރުމަށް ވެސް އެމަނިކުފާނު ތަކުރާރުކޮށް ގެންދަވަނީ ގޮވާލައްވަމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ވެސް މިއީ ވަރަށް ނުބައި މަގާމެއް ވެސް މެ. އަޅުގަނޑުމެން ބޮޑު ބަދަލެއްގައޭ އެބަ ބުނަން ސަރުކާރާއި ދައުލާތާ ވަކި ކުރަން. މިހާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ކޮޅެއް ނެތް ބާރުތައް އެއީ ވެސް ކޮންމެހެން ތަރައްގީއަށް މަގުފަހިވާ ކަމެއް ނޫން. އަދި ބައެއް ފަހަރު އަޅުގަނޑުމެންގެ ބޮޑު އަމާޒަކީ ރަށްރަށަށް މަރުކަޒީ ބާރު ލާމަރުކަޒު ކުރުން. ރަށްރަށަށް އެބާރުތައް ފޯރު ކުރުން. އެއީ އަޅުގަނޑުމެންގެ އަމާޒަކީ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވަނީ ބޮޑު ބަދަލުގެ އެ ހުށަހެޅުމަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ދައުަލަތުގެ ވެރިޔަކަށް ވުމުގެ ޝައުގެވެރިކަން ފާޅުކުރައްވާފަ އެވެ. 

އެމްޑީޕީފައްޔާޒް އިސްމާއިލްބޮޑު ބަދަލުކުރީގެ ރައީސް މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޖޫން 2026

ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި

03 ޖޫން 2026
ވޭވަށު ކައުންސިލް ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެފި
02 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި

02 ޖޫން 2026
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި
02 ޖޫން 2026

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން
02 ޖޫން 2026

2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

02 ޖޫން 2026
2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު
01 ޖޫން 2026

ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު

01 ޖޫން 2026
ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު
01 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން
31 މެއި 2026

ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު

31 މެއި 2026
ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު
31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
30 މެއި 2026

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

30 މެއި 2026
ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި
30 މެއި 2026

ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި

30 މެއި 2026
ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް