Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ ޕާޓީ އުވާލުން

ޑިމޮކްރެޓްސް އާއި އެމްއެލްއެސްޑީޕީ އުވާލަން ނިންމައިފި

ޤާނޫނުގައި ބަޔާންކުރާ 3،000 މެންބަރުން ހަމަނުވުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ. މެންބަރުން އިތުރުކުރުމަށް ދިން ތިން މަސްދުވަހުގެ މުއްދަތު ހަމަވިއިރު، ޑިމޮކްރެޓްސްގައި 1،569 މެންބަރުން އަދި ލޭބަރ ޕާޓީގައި ތިބީ 1،357 މެންބަރުން ކަމަށް އެ ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ. މީގެ ކުރިންވެސް އުވާލަން ނިންމި ލޭބަރ ޕާޓީ ކޯޓު އަމުރަކަށް އަލުން ރަޖިސްޓްރީ ކުރި ނަމަވެސް، މިފަހަރު މި ދެ ޕާޓީވެސް އުވާލަނީ ޤާނޫނީ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 3 ޖޫން 2026 | ބުދަ 16:41
ދަ ޑިމޮކްރަޓްސް ގެ ޖަލްސާގެ ތެރެއިން

ދަ ޑިމޮކްރަޓްސް ގެ ޖަލްސާގެ ތެރެއިން | ދަ ޑިމޮކްރެޓްސް ޕާޓީ

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ޤާނޫނުން ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން، ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މި ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރުމަށް ނިންމީ، ޤާނޫނުގައި ބަޔާންކުރާ 3،000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތު ހަމަވިއިރުވެސް އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދަ ޑިމޮކްރެޓްސްގެ ރަޖިސްޓްރީގައި މިވަގުތު ތިބީ 1،569 މެންބަރުންނެވެ. އަދި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ތިބީ 1،357 މެންބަރުންނެވެ. ސިޔާސީ ޕާޓީގެ ޤާނޫނު ބުނާގޮތުން ކޮންމެ ސިޔާސީ ޕާޓީއެއްގައިވެސް މަދުވެގެން 3،000 މެންބަރުން ތިބެންޖެހެ އެވެ. މި އަދަދު ހަމަނުވާ ޕާޓީތަކަށް މެންބަރުން އިތުރުކުރުމަށް ތިން މަސްދުވަހުގެ ނޯޓިސް އެއް ކޮމިޝަނުން ދީފައިވެ އެވެ.

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ނަމަވެސް ފަހުން ރައީސް ނަޝީދާއި އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. 

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް 2018 ވަނަ އަހަރު ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީ އެކެވެ. މި ޕާޓީއަކީ މީގެ ކުރިން 2023 ވަނަ އަހަރުވެސް މެންބަރުން ހަމަނުވެގެން އުވާލަން ނިންމި ޕާޓީ އެކެވެ. ނަމަވެސް އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ސިވިލް ކޯޓުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކުރި ހުކުމާ ގުޅިގެން، މިދިޔަ ނޮވެންބަރު މަހު އެ ޕާޓީ އަލުން ދަފްތަރުގައި ހިމެނި އެވެ. އެހެންނަމަވެސް، އަލުން ދިން މުއްދަތުގައިވެސް މެންބަރުން ހަމަނުވުމުން ކޮމިޝަނުން މިހާރު ވަނީ އެ ޕާޓީ އުވާލަން ނިންމާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މި ދެ ޕާޓީ އުވާލުމަށް ނިންމީ ސިޔާސީ ޕާޓީގެ ޤާނޫނުން ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން، އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ. މިއާއެކު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން މި ދެ ޕާޓީގެ ނަން އުނިވެގެންދާނެ އެވެ.

ދަ ޑިމޮކްރެޓްސްއެމްއެލްއެސްޑީޕީއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

25 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް

25 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ލެވެނީ 4121 މީހުންނަށް
14 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ރީ- ރަޖިސްޓަރީވުމަށް ހުޅުވާލައިފި

14 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ރީ- ރަޖިސްޓަރީވުމަށް ހުޅުވާލައިފި
11 މެއި 2026

ޕާޓީ ޖޫރިމަނާކުރީ ގުޅުމެއް ނެތް ކަމެއްގައި: ޕީއެންއެފް

11 މެއި 2026
ޕާޓީ ޖޫރިމަނާކުރީ ގުޅުމެއް ނެތް ކަމެއްގައި: ޕީއެންއެފް
11 މެއި 2026

ޕީއެންއެފް އިން ގާނޫނާ ހިލާފަށް މުޒާހަރާ ކުރަމުންދާ ކަމަށް ބުނެ، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި

11 މެއި 2026
ޕީއެންއެފް އިން ގާނޫނާ ހިލާފަށް މުޒާހަރާ ކުރަމުންދާ ކަމަށް ބުނެ، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި
10 މެއި 2026

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު