Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބައި-އިލެކްޝަން ރަޖިސްޓްރީ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަގެ ވޯޓާސް ލިސްޓުގައި ކެނޑިޑޭޓުންގެ ފަރާތުން ސޮއިކޮށްފި

ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދާއި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސާދިގް

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 2 ޖޫން 2026 | އަންގާރަ 13:33
 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓާސް ލިސްޓުގައި ސޮއި ކުރުން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓާސް ލިސްޓުގައި ސޮއި ކުރުން | އިލެކްޝަންސް ކޮމިޝަން

2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކޮށްފި އެވެ.

 ކެންޑިޑޭޓުން ކަނޑައަޅާ ފަރާތްތަކުން ސޮއިކުރުމުގެ ފުރުޞަތު 2026 ޖޫން 02 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރުފަހު 1:30 ގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ. ކެންޑިޑޭޓުން ސޮއިކުރުން ކުރިއަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާބެހޭ މަރުކަޒު ގައެވެ.

Advertisement - newsAdvertisement

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ބޭފުޅުންނެވެ. އެއީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އާއި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.

މި ދެ ކެންޑިޑޭޓުންގެ ތެރެއިން ސޮޑާއަކީ ޕީއެންސީގެ ކެންޑިޑޭޓެވެ. އަދި ސޯބެއަކީ އެމްޑީޕީގެ ކެންޑިޑޭޓެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ދާއިރާގައި ވޯޓުދިނުމުގެ ހައްގު ލިބިގެންދާ މީހުންގެ ރަޖިސްޓްރީގައި ކެންޑިޑޭޓުން ވެސް އަންގާރަ ދުވަހު ސޮއިކޮށްފައިވާކަމަށެވެ.

އެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައިވާ ގޮތުން އެ ދާއިރާގެ 4،121 މީހަކަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފަ އެވެ. އީސީން އާއްމުކޮށްފައިވާ މައުލޫމާތަކުން އެނގޭ ގޮތުން މި ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމަށް ހިތަދޫގައި ފަސް ފޮށި އަދި މާލޭގައި ދެ ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލިފައިވަނީ އެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާ ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ. ސިނާންގެ ގޮނޑި ގެއްލިފައި ވަނީ އިތުރު މީހަކާ އެކުވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ދައްކާފައި ނުވާ މައްސަލައިގައެވެ.

އެމްޑީޕީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލައްވާފައި ވަނީ ސޯބެ އެކަންޏެވެ. ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ޕްރައިމަރީގައި ވާދަކޮށްފައި ވަނީ ސިނާން އަދި ސޮޑާއެވެ. ސިނާން އެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ޓިކެޓު ދޫކޮށްލުމުން ޕީއެންސީން ޓިކެޓު ދިނީ ސޮޑާއަށެވެ.

ހިތަދޫ އުތުރުއަޙްމަދު ސަޢީދުއަބްދުﷲ ސާދިގުޕީއެންސީއެމްޑީޕީމުޙައްމަދު ސިނާން

ކޮމެންޓް

އިތުރަށް ކިޔާލަން

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

މި މަހު، މ. އަތޮޅުގައި އާރްޓީއެލް ފެރީ ފެށުމަށް ތައްޔާރު ވަނީ، ފަށާފައިވާ ރަށްރަށުގައި އަދިވެސް ހުރީ ހުސް ކަންބޮޑުވުން

02 ޖޫން 2026
2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

2028 ގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރުމަށް 160،000 ވޯޓު ބޭނުންވޭ، އެކަން ކުރެވޭނީ އެންމެން ގުޅިގެން: ކުރީގެ ރައީސް ނަޝީދު

02 ޖޫން 2026
ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

ރައީސް މުއިއްޒަކީ ޤައުމެއް ހިންގުމަށް ބޭނުންވާ ތަޖުރިބާއާއި ވިޝަން ނެތް ބޭފުޅެއް، މޭޔަރުކަމުގައިވެސް އޮތީ ހުސް ކޮރަޕްޝަން: އަލީ ހުސައިން

02 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ސަލީމް ގެނައީ ކޮންޓްރޮވަރސީ އެންމެ ކުޑަ މީހަކު އެ މަޤާމަށް ގެނައުމަށް: އަލީ ހުސައިން

01 ޖޫން 2026
ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު

ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު

01 ޖޫން 2026

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު