Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަސްޖިދުލް އަގްސާ

8 އިސްލާމީ ގައުމަކުން މަސްޖިދުލް އަގްސާ ގައި އިޒްރޭލުން ހިންގާ އަމަލުތައް ކުށްވެރިކޮށްފި

އިރުމަތީ ގުދުސްގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކޮށް، މަސްޖިދުލް އަގްސާގެ ހުރުމަތް ކަނޑަން އިޒްރޭލުން ހިންގާ އަމަލުތައް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމަށް ބުނެ އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެކަން ކުށްވެރިކުރައްވައިފި. އަގްސާގެ މުޅި ސަރަހައްދަކީ ހަމައެކަނި މުސްލިމުންގެ ތަނެއްކަން ކަށަވަރުކޮށްދެއްވަމުން، އިޒްރޭލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް ވަޒީރުން ވަނީ ތާއީދު އާކުރައްވާފައި. އަދި މަސްރަހު ގޯސްވާ ފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލައްވައި، ސުލްހަ ގާއިމުކުރެވޭނީ ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާވެގެން ކަމަށްވެސް ވަޒީރުން ވިދާޅުވި.

ރާއްޖެ އެމްވީ | 3 ޖޫން 2026 | ބުދަ 06:03
މި ފޮޓޯއިން ފެންނަނީ 8 އެޕްރީލް 2026 ގައި ގުދުސްގެ ގަދީމީ ސިޓީގެ މަންޒަރެކެވެ. މަންޒަރުގައި ފެންނަނީ އަލްއަޤްޞާ މިސްކިތާއި އެ މިސްކިތުގެ ގުއްބު (ޑޯމް އޮފް ދަ ރޮކް).

މި ފޮޓޯއިން ފެންނަނީ 8 އެޕްރީލް 2026 ގައި ގުދުސްގެ ގަދީމީ ސިޓީގެ މަންޒަރެކެވެ. މަންޒަރުގައި ފެންނަނީ އަލްއަޤްޞާ މިސްކިތާއި އެ މިސްކިތުގެ ގުއްބު (ޑޯމް އޮފް ދަ ރޮކް). | އޭއެފްޕީ

ސައުދީ އަރަބިއްޔާ، އުރުދުން، ޔޫއޭއީ، ގަތަރު، އިންޑޮނޭޝިއާ، ޕާކިސްތާން، މިސްރު އަދި ތުރުކީވިލާތުގެ ޚާރިޖީ ވަޒީރުން އަންގާރަ ދުވަހު ވަނީ، އިޒްރޭލުގެ ސިފައިންގެ ހިމާޔަތުގައި ހަރުކަށި ޔަހޫދީ ވަޒަންވެރިން މަސްޖިދުލް އަގްސާގެ ހަރަމްފުޅަށް ވަދެގަންނަ ވަދެގަތުންތަކާއި، އެ ތަނުގެ ގޯތިތެރޭގައި އިޒްރޭލުގެ ދިދަ އުފުލައި ހިންގާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މިކަން ހާމަކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން އާންމުކުރި ބަޔާނެއްގައެވެ.

ޚާރިޖީ ވަޒީރުން ވިދާޅުވީ، މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ކަމާގުޅޭ ގަރާރުތަކާއި، އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުރި މުގައްދަސް ބިނާތަކުގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށެވެ.

މީގެ އިތުރުން، އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގެ ތާރީޚީ، ގާނޫނީ އަދި އާބާދީގެ ސިފަ ބަދަލުކުރުމަށާއި، އެ ތަނުގައި ހުރި އިސްލާމީ އަދި ކްރިސްޓިއަން ދީނުގެ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމަށް އިސްރާއީލުން ރޭވުންތެރިކަމާއެކު މެދުނުކެނޑި ހިންގަމުންދާ އަމަލުތައް ވެސް ވަޒީރުން ވަނީ ކުށްވެރިކުރައްވާފައެވެ.

ގުދުސްއާއި އެ ތަނުގެ އިސްލާމީ އަދި ކްރިސްޓިއަން މުގައްދަސް ބިނާތަކުގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ކުރާ އެއްވެސް މަސައްކަތެއް ބަލައިނުގަންނާނެ ކަމަށް ވަޒީރުން ވަނީ ތަކުރާރުކުރައްވާފައެވެ. އަދި އެ ތަންތަނުގެ ހައިސިއްޔަތު ދެމެހެއްޓުމަށް ގޮވާލައްވަމުން، މިކަމުގައި އުރުދުންގެ ހާޝިމީ ރަސްކަމުގެ އާއިލާއިން އަދާކުރާ ތާރީޚީ ބެލެނިވެރިކަމުގެ ދައުރު ވަނީ ފާހަގަކުރައްވާފައެވެ.

މަސްޖިދުލް އަގްސާ ނުވަތަ އަލް-ހަރަމް އަލް-ޝަރީފްގެ މުޅި ސަރަހައްދަކީ ހަމައެކަނި މުސްލިމުން އަޅުކަންކުރާ ތަނެއްކަން ވަޒީރުން ވަނީ ތަކުރާރުކޮށް ހަނދާންކޮށްދީފަ އެވެ. އަދި އެ ތަން ބެލެހެއްޓުމާއި މީހުން ވަދެނިކުމެވޭނެ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނީ ބާރު އޮތް ހަމައެކަނި ފަރާތަކީ، އުރުދުންގެ މިނިސްޓްރީ އޮފް އަވްގާފް އެންޑް އިސްލާމިކް އެފެއާޒްގެ ދަށުން ހިންގާ "ޖެރޫސަލަމް އެންޑޯމަންޓްސް އެންޑް އަލް-އަގްސާ މޮސްކް އެފެއާޒް ޑިޕާޓްމަންޓް" ކަމަށް ވެސް ވަޒީރުން ވިދާޅުވިއެވެ.

މަސްރަހު ގޯސްވާ ފަދަ އަމަލުތައް ހުއްޓުވުމުގެ ޒިންމާ އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އުފުލަންޖެހޭނެ ކަމަށް ވަޒީރުން ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން މަސްރަހު ނުތަނަވަސްވެ، ހަރުކަށި ފިކުރު އިތުރުވެ، ސުލްހައަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިޒްރޭލުން އުފުލަންޖެހޭ އިލްތިޒާމްތަކާ ޚިލާފުވާކަމުގެ އިންޒާރު ވަނީ ދެއްވާފައެވެ.

އިޒްރޭލުން ހިންގާ "ޣައިރު ގާނޫނީ އަދި ފިތުނަވެރި" އަމަލުތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވަމުން، މަސްޖިދުލް އަގްސާގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތަށް އިހުތިރާމްކުރުމުގެ މުހިންމުކަން ވަޒީރުން ވަނީ ތަކުރާރުކުރައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަމިއްލަ އިޚްތިޔާރުގައި ގޮތް ނިންމުމުގެ ހައްގަށާއި، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އޮތް ތާއީދު ވަޒީރުން ވަނީ އާކުރައްވާފައެވެ.

މީގެ އިތުރުން، އިޒްރޭލުގެ އިސްތިއުމާރު ނިމުމަކަށް ގެނައުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ގަރާރުތަކާއި، އަރަބި ސުލްހައިގެ އިސްނެގުމާ އެއްގޮތަށް "ދެ ދައުލަތުގެ ހައްލު" ގެ މައްޗަށް ބިނާވެފައިވާ އިންސާފުވެރި އަދި ދާއިމީ ސުލްހައެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެ ބޭފުޅުން ވަނީ ތާއީދުކުރައްވާފައެވެ.

އަލް-އަގްސާ މިސްކިތް އިރުމަތީ ޤުދުސްއިޒްރޭލް-ފަލަސްޠީންޖޯޑަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި

ޣައްޒާގެ 70 އިންސައްތަ ސަރަހައްދު ހިފުމަށް ނަތަންޔާހޫ އަމުރުކުރައްވައިފި

29 މެއި 2026
ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރައްވާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އަލުން އިއާދަކޮށްފި

28 މެއި 2026
ހޮރްމޫޒް ކަނޑުއޮޅި އާ ގުޅޭގޮތުން އދ އަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

ހޮރްމޫޒް ކަނޑުއޮޅި އާ ގުޅޭގޮތުން އދ އަށް ހުށަހަޅާފައިވާ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފި

16 މެއި 2026
އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

އިޒްރޭލުން އަލް-އަޤްޞާގައި ހުކުރު ނަމާދު ކުރުން މަނާކޮށްފި

06 މާރިޗު 2026
ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

ޣައްޒާ ހަނގުރާމައިގައި އިންފަންޓީނޯ އާއި ޗެފެރިން ބައިވެރިވެފައިވާ ކަމަށް ބުނެ އައިސީސީ އަށް މައްސަލަ ހުށަހަޅައިފި

21 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު