Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

ތަބާތަބާއީ އިތުރަށް ވިދާޅުވީ، އީރާންގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރައީސް ޕެޒެޝްކިއާން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް. އަދި އީރާން އިން ޤައުމީ އެއްބައިވަންތަ ކަމާއި އެކުވެރި ކަމުގެ މަގުން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 09:51
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ރޮއިޓާސް

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން މަގާމުން އިސްތިއުފާ ދެއްވައިފި ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލަކު އާދީއްތަ ދުވަހު ދޮގު ކުރައްވައިފި އެވެ.

އީރާންގެ ރައީސްގެ އޮފީހުގެ ޑެޕިއުޓީ ހެޑް އޮފް ކޮމިއުނިކޭޝަންސް މެހްދީ ތަބާތަބާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް އިސްތިއުފާ ދެއްވި ކަމަށް ބުނެ ފެތުރެމުންދާ ޚަބަރު ތަކަކީ ދޮގު ޚަބަރު ތަކެއް ކަމަށެވެ. އަދި މިއީ ބޭރުގެ ބައެއް މީޑިއާ ތަކުން ހިންގަމުންދާ "މީޑިއާ ގޭމްސް" ނުވަތަ ރޭވުންތެރި ކަންތައް ތަކެއްގެ ކުރިއަށް އޮތް ބައެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ތަބާތަބާއީ އިތުރަށް ވިދާޅުވީ، އީރާންގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރައީސް ޕެޒެޝްކިއާން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އީރާން އިން ޤައުމީ އެއްބައިވަންތަ ކަމާއި އެކުވެރި ކަމުގެ މަގުން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އީރާންގެ ގައުމީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރާ ފަރާތް ތަކުގެ އެ އެދުންތައް އަނެއްކާ ވެސް "ކަށްވަޅަށް ގެންދަން ޖެހޭނެ" ކަމަށް ވިދާޅުވެ، ގައުމުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގު ކުރައްވާފައި އެވެ.

މެދު އިރުމަތީގެ މަސްރަހު ނުތަނަވަސް ވެފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ ފަހު ކޮޅު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާ ތަކާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާން އިން ވަނީ އިޒްރޭލް އަށާއި، ގަލްފުގައި ހުރި އެމެރިކާގެ އަމާޒު ތަކަށް ހަމަލާ ތަކެއް ދީ، ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި އެވެ.

ޕާކިސްތާނުގެ މެދުވެރިކަމާ އެކު އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލު ކުރަން ފެށި ނަމަވެސް، އޭގެ ފަހުން ޕާކިސްތާނުގައި ބޭއްވި މަޝްވަރާ ތަކުން ދާއިމީ ހައްލެއް ފެނިފައި ނުވެ އެވެ.

މިހާރު އެމެރިކާ އާއި އީރާން އިން ދަނީ ސީދާ މަޝްވަރާތައް އަލުން ފަށައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އެކި ހުށަހެޅުންތައް ބަދަލު ކުރަމުންނެވެ.

އީރާންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

01 ޖޫން 2026

އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި

01 ޖޫން 2026
އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި
01 ޖޫން 2026

އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި

01 ޖޫން 2026
އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި
01 ޖޫން 2026

ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް

01 ޖޫން 2026
ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް
01 ޖޫން 2026

އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން

01 ޖޫން 2026
އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން
31 މެއި 2026

މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް

31 މެއި 2026
މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު