Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އާއެކު މަޝްވަރާތައް ނުހުއްޓި ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

2 ޖޫން 2026 | އަންގާރަ 05:15

އީރާން އިން މަޝްވަރާތައް ހުއްޓާލި ކަމަށް ބުނާ ރިޕޯޓު ތަކާ ގުޅިގެން އެމެރިކާގެ ބައެއް މީޑިއާ ތަކަށް ދެއްވި ފޯނު އިންޓަވިއު ތަކުގައި ޓްރަމްޕް ވިދާޅުވީ، މަޝްވަރާތައް މެދު ކަނޑާލިކަން އީރާން އިން ރަސްމީކޮށް އަންގާފައި ނުވާ ކަމަށް. އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެފަދަ އެއްވެސް މައުލޫމާތެއް އީރާންގެ ފަރާތުން ލިބިފައި ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2026 | އަންގާރަ 05:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އިޒްރޭލް އިން ލުބުނާންގެ އެތެރެ އަށް ސިފައިން ފޮނުވައި ހަމަލާތައް ވަރުގަދަ ކުރުމާ ގުޅިގެން، އެމެރިކާ އާއެކު ކުރިއަށް ގެންދާ ނުސީދާ މަޝްވަރާތައް މެދު ކަނޑާލާފައިވާ ކަމަށް އީރާން އިން ބުނި ނަމަވެސް، އެ މަޝްވަރާތައް އަދިވެސް ބާރު މިނެއްގައި ކުރިއަށްދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ޖުމްހޫރިއްޔާ އީރާން އާއެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވީ، އިޒްރޭލް އިން ލުބުނާންގެ ދެކުނަށް އަރައި ގަތުމާ ގުޅިގެން އެމެރިކާ އާއެކު ބާއްވާ ނުސީދާ ވާހަކަތައް މެދު ކަނޑާލާފައިވާ ކަމަށް އީރާންގެ ސަރުކާރާ ގުޅުން އޮންނަ ތަސްނީމް ނިއުސް އެޖެންސީ އިން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

އީރާން އިން މަޝްވަރާތައް ހުއްޓާލި ކަމަށް ބުނާ ރިޕޯޓު ތަކާ ގުޅިގެން އެމެރިކާގެ ބައެއް މީޑިއާ ތަކަށް ދެއްވި ފޯނު އިންޓަވިއު ތަކުގައި ޓްރަމްޕް ވިދާޅުވީ، މަޝްވަރާތައް މެދު ކަނޑާލިކަން އީރާން އިން ރަސްމީކޮށް އަންގާފައި ނުވާ ކަމަށެވެ. އެންބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެފަދަ އެއްވެސް މައުލޫމާތެއް އީރާންގެ ފަރާތުން ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ވާހަކަ ނުދެކެވި އޮތުމަކީ އޭނާގެ މައްސަލައެއް ނޫން ކަމަށާއި، އެކަމަށް އިންތިޒާރު ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ހަގީގަތަށް ބުނާ ނަމަ، މިހާތަނަށް ދެ ގައުމުގެ ދެމެދުގައި މާ ގިނައިން ވާހަކަ ދެކެވިއްޖެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ދުވަސް ކޮޅަކަށް މަޑުން ތިބުމަކީ ވެސް ރަނގަޅު ގޮތެއް ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

މަޝްވަރާތައް މެދު ކަނޑާލުމަކީ އެމެރިކާ އިން އީރާން އަށް ބޮން އަޅަން ފަށާނެ ސަބަބެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް، އީރާންގެ ބަނދަރުތައް ބަންދު ކޮށްގެން އެމެރިކާ އިން ހިންގާ ބްލޮކޭޑް ނުވަތަ ހުރަސް އެޅުމުގެ ސިޔާސަތު އެގޮތުގައި ދެމި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީއެންބީސީ އަށް ދެއްވި ވަކި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، މަޝްވަރާތައް ނިމުމަކަށް އައި ނަމަވެސް އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ. ނަމަވެސް، މި އިންޓަވިއު ތަކަށް ފަހު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓުގައި އޭނާ ވަނީ މަޝްވަރާތައް މެދު ނުކެނޑި ކުރިއަށްދާ ކަމަށް ވިދާޅުވެ، ކުރިން ދެއްކެވި ވާހަކަ ތަކަށް ބާރު ދެއްވާފައި އެވެ. އީރާން އާއި އެމެރިކާގެ ދެ މެދުގައި އޮތް ނުތަނަވަސްކަން ބޮޑު ވެފައި މިވަނީ މެދު އިރުމަތީގެ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގަ އެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

01 ޖޫން 2026

އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

01 ޖޫން 2026
އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
01 ޖޫން 2026

އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި

01 ޖޫން 2026
އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި
01 ޖޫން 2026

އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި

01 ޖޫން 2026
އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި
01 ޖޫން 2026

ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް

01 ޖޫން 2026
ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް
01 ޖޫން 2026

އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން

01 ޖޫން 2026
އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން
31 މެއި 2026

މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް

31 މެއި 2026
މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް
31 މެއި 2026

އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް

31 މެއި 2026
އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް
31 މެއި 2026

އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ

31 މެއި 2026
އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ
30 މެއި 2026

ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި

30 މެއި 2026
ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި
30 މެއި 2026

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

30 މެއި 2026
އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް