Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަންކަން އެއްބަސްވުމުގައި ހިމެނުމަށްޓަކައި އެމެރިކާ އޮތީ ކިތަންމެ ގިނަ ދުވަހަކު މަޑު ކުރަން ޖެހުނު ނަމަވެސް އެކަމަށް ތައްޔާރަށް. ޓްރަމްޕްގެ ސަރުކާރުން ބޭނުން ވަނީ އެމެރިކާގެ މަސްލަހަތުތައް ފުރިހަމަ އަށް ހިމެނޭ ވަރުގަދަ އެއްބަސްވުމެއް އެކުލަވާލުމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މެއި 2026 | އާދީއްތަ 05:00
ހަފުތާ ބަންދަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް އަށް ވަޑައިގަންނަވާ މަންޒަރު.

ހަފުތާ ބަންދަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސް އަށް ވަޑައިގަންނަވާ މަންޒަރު. | ގެޓީ އިމޭޖަސް

އީރާން އާއެކު ކުރިއަށްދާ މަޝްވަރާ ތަކުގައި އަންނަ ހަފުތާގެ ކުރީކޮޅު ބޮޑެތި ކުރިއެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ އިސް އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފި އެވެ.

ނަމަވެސް މި އެއްބަސްވުމުގައި ސޮއި ކުރާނެ ވަކި ތާރީޚެއް އަދި ކަނޑަ އެޅިފައި ނުވާ ކަމަށް ވައިޓް ހައުސް އިން ވަނީ ހާމަ ކޮށްފަ އެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ކަންކަން އެއްބަސްވުމުގައި ހިމެނުމަށްޓަކައި އެމެރިކާ އޮތީ ކިތަންމެ ގިނަ ދުވަހަކު މަޑު ކުރަން ޖެހުނު ނަމަވެސް އެކަމަށް ތައްޔާރަށެވެ. ޓްރަމްޕްގެ ސަރުކާރުން ބޭނުން ވަނީ އެމެރިކާގެ މަސްލަހަތުތައް ފުރިހަމަ އަށް ހިމެނޭ ވަރުގަދަ އެއްބަސްވުމެއް އެކުލަވާލުމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުން ބުނެފައި ވަނީ، އީރާން އާއެކު ކުރިއަށްދާ މަޝްވަރާ ތަކުގައި އެމެރިކާ އިން ދޫދޭން ބޭނުން ނުވާ ބައެއް މުހިންމު ކަންތައް ތަކެއް އެބަހުރި ކަމަށެވެ. އަދި އެ ކަންކަމަށް އީރާން އިން އެއްބަސްނުވާހާ ހިނދަކު، އެއްބަސްވުމުގައި ސޮއި ކުރުން ލަސް ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޮފިޝަލުން ފާހަގަ ކުރައްވަ އެވެ.

އެމެރިކާގެ މި ނިންމުމާ އެކު، ބައިނަލްއަގުވާމީ މައިދާނުގައި އީރާން އާއި އެމެރިކާގެ ގުޅުމަށް އަންނާނެ ބަދަލު ތަކަށް ގިނަ ބަޔަކު ދަނީ ފާރަވެރި ވަމުންނެވެ. ޚާއްޞަކޮށް އަންނަ ހަފުތާގައި މި މަޝްވަރާ ތަކުން ނުކުންނާނެ ނަތީޖާ އަކަށް ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ޓްރަމްޕްގެ ސަރުކާރުން އަބަދުވެސް ބާރު އަޅަމުން ދަނީ އީރާންގެ ނިއުކްލިއާ މައްސަލަ އާއި އެހެނިހެން ސަރަހައްދީ މައްސަލަ ތަކުގައި އެމެރިކާ އަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ނިންމުމަށެވެ. އެހެންކަމުން، މިހާރު ކުރިއަށްދާ މަޝްވަރާ ތަކަކީ މި ސިޔާސަތުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތް ތަކެއް ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

30 މެއި 2026

ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި

30 މެއި 2026
ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި
30 މެއި 2026

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

30 މެއި 2026
އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި
30 މެއި 2026

ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް

30 މެއި 2026
ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް
30 މެއި 2026

އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން

30 މެއި 2026
އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން
28 މެއި 2026

މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް

28 މެއި 2026
މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު