Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި

އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާ އިން އީރާންގެ ދެކުނުގެ ސަރަހައްދު ތަކަށް ހަމަލާ ދިނުމަށް ބޭނުން ކުރި މަރުކަޒު ދެނެގަނެ، އެ ތަނަށް އަމާޒުކޮށް ކާމިޔާބު ހަމަލާ ތަކެއް ފޮނުވާލާފައިވާ ކަމަށް. މި ހަމަލާގެ ސަބަބުން އެ މަރުކަޒަށް ލިބުނު ގެއްލުން ތަކުގެ ތަފްސީލު އައިއާރުޖީސީ އިން މިހާތަނަށް ހާމަ ކޮށްފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 07:17
އީރާންގެ ދިދަ ހިފައިގެން ހުރި މީހަކު.

އީރާންގެ ދިދަ ހިފައިގެން ހުރި މީހަކު. | ރޮއިޓާސް

އީރާންގެ ދެކުނުގެ ސަރަހައްދު ތަކަށް އަމާޒުކޮށް އެމެރިކާ އިން ދިން ހަމަލާ ތަކުގައި ބޭނުންކުރި އެއާ ބޭސް ނުވަތަ ވައިގެ ސިފައިންގެ މަރުކަޒަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް ދީފައި ވާނެ ކަމަށް އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފި އެވެ.

މި ހަމަލާ އަކީ އެމެރިކާގެ އުދުވާން އަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އީރާން އިން ވަނީ ހާމަ ކޮށްފަ އެވެ.

އައިއާރުޖީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާ އިން އީރާންގެ ދެކުނުގެ ސަރަހައްދު ތަކަށް ހަމަލާ ދިނުމަށް ބޭނުން ކުރި މަރުކަޒު ދެނެގަނެ، އެ ތަނަށް އަމާޒުކޮށް ކާމިޔާބު ހަމަލާ ތަކެއް ފޮނުވާލާފައިވާ ކަމަށެވެ. މި ހަމަލާގެ ސަބަބުން އެ މަރުކަޒަށް ލިބުނު ގެއްލުން ތަކުގެ ތަފްސީލު އައިއާރުޖީސީ އިން މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ.

ނަމަވެސް މިއީ އީރާންގެ އިސްތިގުލާލް އަށް އުނިކަން އަންނަ ފަދަ ކޮންމެ އަމަލަކަށް ދޭނެ ރައްދެއްގެ ފެށުން ކަމަށް އެ އިދާރާ އިން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނާ ގޮތުގައި، މިއީ މެދު އިރުމަތީގައި އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސް ވެގެން ދާނެ ކަމެކެވެ. އީރާންގެ ދެކުނުގެ ސަރަހައްދު ތަކަށް އެމެރިކާ އިން ދިން ހަމަލާ ތަކަކީ ބައިނަލްއަގުވާމީ ގާނޫނު ތަކާ ޚިލާފަށް ދީފައިވާ ހަމަލާ ތަކެއް ކަމަށް ސިފަކޮށް، އީރާން އިން ވަނީ އެމެރިކާގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން މިހާތަނަށް މި ހަމަލާއާ ގުޅޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒު ތަކުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައި އެވެ. މީގެ ކުރިން ވެސް އީރާން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށް މިސައިލް ހަމަލާ ތަކެއް ދީފައި އެވެ.

މި ފަހަކަށް އައިސް މެދު އިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނު ވެފައި އެވެ. ޚާއްސަކޮށް އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ޒަމާންވީ ދެކޮޅުވެރިކަން އިތުރުވެ، ސަރަހައްދީ ހަމަޖެހުމަށް ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތި ވެފައި އެވެ. އީރާން އިން ބުނަމުން ދަނީ އެ ގައުމުގެ ދިފާއުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގިނަ ގައުމު ތަކަކުން ދަނީ ދެ ފަރާތުން ވެސް ކެތްތެރިކަން އިސްކުރުމަށާއި، މަސްރަހު އިތުރަށް ގޯސްވިޔަ ނުދިނުމަށް ގޮވާލަމުންނެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ކުރިމަތިލުންތައް އިތުރު ވަމުން ދާތީ، މިއީ ބޮޑު ހަނގުރާމަ އަކަށް މަގުފަހި ވެދާނެ ކަމެއް ކަމަށް ބައެއް ފަރާތް ތަކުން ސިފަ ކުރެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާނުގެ އިސްލާމިކް ރެވޮލިއުޝަން ގާޑްސް ކޯޕްސް

އިތުރަށް ކިޔާލަން

01 ޖޫން 2026

އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި

01 ޖޫން 2026
އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި
01 ޖޫން 2026

ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް

01 ޖޫން 2026
ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް
01 ޖޫން 2026

އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން

01 ޖޫން 2026
އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން
31 މެއި 2026

މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް

31 މެއި 2026
މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް
31 މެއި 2026

އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް

31 މެއި 2026
އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު