Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން

ކުރިއަށް އޮތް ދުވަސް ތަކުގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަރުދާހަށް އިތުރު ބަދަލު ތަކެއް ގެނެސްފި ނަމަ، މެދު އިރުމަތީ ހަނގުރާމަ ރަސްމީކޮށް ނިންމުމާއި، ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވުމަށް ހަފްތާ ތަކެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ އުނދަގޫ މަޝްވަރާ ތަކަށް އަނެއްކާ ވެސް އިތުރު ލަސް ކަމެއް އަތުވެދާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 03:05
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ރޮއިޓާސް

އެމެރިކާ އަކީ އިތުބާރު ކުރެވޭނެ ފަރާތެއް ނޫން ކަމަށާއި، އީރާންގެ ހައްޤުތައް ފުރިހަމަ އަށް ރައްކާތެރި ނުކުރާ ހާލަތެއްގައި އެމެރިކާ އާއެކު އެއްވެސް އެއްބަސްވުމެއް ނުހަދާނެ ކަމަށް އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ. 

ޣަލިބާފް މިހެން ވިދާޅުވެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސުލްޙައިގެ އައު ވަރުގަދަ ހުށަހެޅުމެއް އީރާން އަށް ފޮނުވާފައިވާ ކަމަށް ބުނާ ދަނޑިވަޅެއްގަ އެވެ. ޣަލިބާފްގެ މި ވާހަކަ ތަކުން ސާފުވާ ގޮތުގައި ދެ ފަރާތުން އަދިވެސް ކުރިއަށް ގެންދަން ޖެހޭ ބޮޑެތި މަސައްކަތް ތަކެއް އެބަ ހުރި ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. 

ކުރިއަށް އޮތް ދުވަސް ތަކުގައި މިހާރު މަޝްވަރާ ކުރަމުން އަންނަ ކަރުދާހަށް އިތުރު ބަދަލު ތަކެއް ގެނެސްފި ނަމަ، މެދު އިރުމަތީ ހަނގުރާމަ ރަސްމީކޮށް ނިންމުމާއި، ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވުމަށް ހަފްތާ ތަކެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ އުނދަގޫ މަޝްވަރާ ތަކަށް އަނެއްކާ ވެސް އިތުރު ލަސް ކަމެއް އަތުވެދާނެ އެވެ. މި މަޝްވަރާ ތަކުގައި ވަރަށް ބޮޑަށް ހަރުކަށި ވާހަކަ ތަކާއި، ވަގުތުން ވަގުތަށް ހިނގި އަނިޔާވެރި ހަރަކާތްތައް ފެނިގެން ގޮސްފައިވެ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް، ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލް އިން ވަނީ ވައިގެ ހަމަލާ ތަކުގެ އިތުރުން މިސައިލް ހަމަލާ ތަކެއް އީރާން އަށް ދީފަ އެވެ. އެ ހަމަލާ ތަކުގައި އީރާން އިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ޝަހީދުވެފަ އެވެ.  

އީރާން އިން އަބަދު ވެސް ބުނަމުން އަންނަނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމް އަކީ ސުލްޙަވެރި ބޭނުން ތަކަށް، އަދި އެ ޤައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ނަމަވެސް، އެމެރިކާގެ އިތުރުން ހުޅަނގުގެ ޤައުމު ތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ އަސްކަރީ ހަތިޔާރު އުފެއްދުމަށް އީރާން އިން ކުރިއަށް ގެންދާ މަސައްކަތެކެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އަދިވެސް ބޮޑެތި ޚިލާފު ތަކެއް އެބަ ހުއްޓެވެ. މަޝްވަރާ ތަކުގައި އީރާންގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާ ޣަލިބާފްގެ ވާހަކަ ތަކުން ދޭހަވި ގޮތުގައި، އެމެރިކާ އާއެކު އެއްބަސްވުމަކަށް އައުމުގެ ކުރިން އީރާން އިން ބޭނުން ވަނީ އެ ޤައުމުގެ ޙައްގުތައް ފުރިހަމަ އަށް ރައްކާތެރި ކުރުމަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން ނިއުކްލިއަރ ޕްރޮގްރާމްމުހައްމަދު ބާގިރު ގަލިބާފް

އިތުރަށް ކިޔާލަން

31 މެއި 2026

މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް

31 މެއި 2026
މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް
31 މެއި 2026

އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް

31 މެއި 2026
އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް
31 މެއި 2026

އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ

31 މެއި 2026
އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ
30 މެއި 2026

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

30 މެއި 2026
އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި
30 މެއި 2026

އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން

30 މެއި 2026
އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު