Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ރާޑަރު އަދި ޑްރޯން ހުރި ބިން ތަކަށް އެމެރިކާ އިން ހަމަލާ ދީފި

އީރާންގެ ގޮރުކް ސިޓީ އަކީ އެ ގައުމުގެ ހުޅަނގު ފަރާތުގައި އޮންނަ ސަރަހައްދެއް. ގެޝްމް ރަށަކީ ފާރިސް ކަނޑުގެ ހޮރްމޫޒް ކަނޑު އޮޅީގެ ކައިރީގައި އޮންނަ އީރާންގެ އެންމެ ބޮޑު ރަށް. މި ސަރަހައްދަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަގަކަށް ވާ ސަރަހައްދެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 06:04
ހަނގުރާމައިގެ ތެރޭގައި އެމެރިކާ އިން ދީފައިވާ ހަމަލާއެއްގެ ތެރެއިން.

ހަނގުރާމައިގެ ތެރޭގައި އެމެރިކާ އިން ދީފައިވާ ހަމަލާއެއްގެ ތެރެއިން. | ރޮއިޓާސް

އީރާންގެ ގޮރުކް ސިޓީ އަދި ގެޝެމް ރަށުގައި ހުންނަ ރާޑަރު އަދި ޑްރޯން ބިން ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފި އެވެ. 

ސެންޓްކޮމް އިން ބުނި ގޮތުގައި މި ހަމަލާތައް ދީފައި ވަނީ އަމިއްލަ ރައްކާތެރި ކަމުގެ ގޮތުންނެވެ. އަދި މި ހަމަލާތައް ދިނުމުގެ ބޭނުމަކީ އެ ސަރަހައްދުގައި އެމެރިކާގެ ސިފައިންނާއި ވަސީލަތްތައް ރައްކާތެރި ކުރުން ކަމަށް ވެސް ބުނެފައިވެ އެވެ. މި ހަމަލާތައް ދީފައި ވަނީ އީރާން އިން އެމެރިކާގެ ބާރު ތަކަށް ނުރައްކާ ވެދާނެ ހަރަކާތްތައް ހިންގަމުން އަންނާތީ ކަމަށް ވެސް ސެންޓްކޮމް އިން ވަނީ ބުނެފަ އެވެ. 

އީރާންގެ ގޮރުކް ސިޓީ އަކީ އެ ގައުމުގެ ހުޅަނގު ފަރާތުގައި އޮންނަ ސަރަހައްދެކެވެ. ގެޝްމް ރަށަކީ ފާރިސް ކަނޑުގެ ހޮރްމޫޒް ކަނޑު އޮޅީގެ ކައިރީގައި އޮންނަ އީރާންގެ އެންމެ ބޮޑު ރަށެވެ. މި ސަރަހައްދަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު މަގަކަށް ވާ ސަރަހައްދެކެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު އޮންނަ ނުތަނަވަސްކަން މިހާރު އިތުރު ވެފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އީރާންއާ ދެމެދު އޮތް ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމާ ގުޅިގެންނެވެ. އެއަށް ފަހު އެމެރިކާ އިން އީރާން އަށް އިގުތިސާދީ ހުރަސްތައް އެޅުމުގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރު ވެގެން ގޮސްފައިވެ އެވެ.

ސެންޓްކޮމް އިން ބުނީ މި ހަމަލާތައް ދިނުމުގައި އެމެރިކާގެ ސިފައިންނަށް ނުވަތަ އެމެރިކާގެ ވަސީލަތް ތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މި ހަމަލާތައް ދިނުމުގެ ސަބަބުން އީރާންގެ ރާޑަރު އަދި ޑްރޯން ބިން ތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.

މެދު އިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ ސިފައިން ތިބުމާ ގުޅިގެން އެ ސަރަހައްދުގައި އޮންނަ ނުތަނަވަސްކަން އިތުރު ވެފައިވާއިރު، އީރާން އިން ވަނީ އެ ސަރަހައްދުގައި އެމެރިކާގެ ބާރު ތަކަށް ހަމަލާ ދިނުމުގެ ބިރު ދައްކާފައި އެވެ.

މި ހަމަލާ ތަކަކީ އެ ސަރަހައްދުގައި އޮންނަ ނުތަނަވަސްކަން އިތުރަށް ބޮޑު ވެދާނެ ހަރަކާތް ތަކެއް ކަމަށް ބައިނަލްއަޤުވާމީ ތަޖުރިބާާކާރުން ދެކެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސެންޓްކޮމް

އިތުރަށް ކިޔާލަން

01 ޖޫން 2026

ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް

01 ޖޫން 2026
ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް
01 ޖޫން 2026

އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން

01 ޖޫން 2026
އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން
31 މެއި 2026

މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް

31 މެއި 2026
މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް
31 މެއި 2026

އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް

31 މެއި 2026
އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް
31 މެއި 2026

އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ

31 މެއި 2026
އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު