Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް

އީރާންގެ ލީޑަޝިޕް އަކީ މަޝްވަރާގެ މޭޒު މަތީގައި ވަރަށް ވަރުގަދަ ބައެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވި. އޭނާ ވިދާޅުވީ އެމެރިކާ އިން ބޭނުންވާ ކަންކަން ލަސް ލަހުން ނަމަވެސް ހާސިލު ވަމުންދާ ކަމަށް. މި މަރުހަލާ އަކީ ގިނަ ވަގުތު ނަގާނެ ކަމެއްކަން ފާހަގަ ކުރައްވައި، އެއްބަސްވުމަކަށް އައުމަށް އެއްވެސް ވަރަކަށް އަވަސް އަރުވައި ނުލާނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މެއި 2026 | އާދީއްތަ 08:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާ އިން އަވަސް އަރުވައި ނުލާނެ ކަމަށާއި، ނަމަވެސް އެ ގައުމާ އެކު ވަރުގަދަ އެއްބަސްވުމެއް ގާއިމު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފޮކްސް ނިއުސް އަށް ދެއްވި ބަސްދީ ގަތުމެއްގައި ޓްރަމްޕް ވަނީ އީރާންގެ މައްސަލައިގައި އެމެރިކާ އިން ގެންގުޅޭ ސިޔާސަތު ތަކާ ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ.

ޓްރަމްޕް ވިދާޅުވީ އީރާން އާއެކު ވަރަށް ފުރިހަމަ އެއްބަސްވުމެއް ގާއިމު ކުރަން ބޭނުން ފުޅުވާ ކަމަށާއި، އެފަދަ އެއްބަސްވުމެއް ނުހެދިއްޖެ ނަމަ އަސްކަރީ ބާރުގެ ބޭނުން ކޮށްގެން އެ މައްސަލަ ނިންމަވާނެ ކަމަށެވެ. ނަމަވެސް އަސްކަރީ ކުރިމަތި ލުމަކަށް ދިޔުމުގެ ބަދަލުގައި އެއްބަސްވުމަކަށް އައުމަށް އިސްކަން ދެއްވަނީ، އޭގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވޭނެތީ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން، އެއްބަސްވުމުގައި ސޮއި ކުރެވޭ ހިސާބުން ހޮރްމޫޒް ކަނޑު އޮޅި ވަގުތުން ހުޅުވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގެ ލީޑަޝިޕް އަކީ މަޝްވަރާގެ މޭޒު މަތީގައި ވަރަށް ވަރުގަދަ ބައެއްގެ ގޮތުގައި ޓްރަމްޕް ސިފަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމެރިކާ އިން ބޭނުންވާ ކަންކަން ލަސް ލަހުން ނަމަވެސް ހާސިލު ވަމުންދާ ކަމަށެވެ. މި މަރުހަލާ އަކީ ގިނަ ވަގުތު ނަގާނެ ކަމެއްކަން ފާހަގަ ކުރައްވައި، އެއްބަސްވުމަކަށް އައުމަށް އެއްވެސް ވަރަކަށް އަވަސް އަރުވައި ނުލާނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ކަންކަމުގައި އަވަސް އަރުވާލައިފި ނަމަ ރަނގަޅު އެއްބަސްވުމެއް ނުހެދޭނެ ކަމަށެވެ. އެހެންކަމުން ލަސް ލަހުން ނަމަވެސް އެމެރިކާ އިން ބޭނުންވާ މިސްރާބަށް ކަންކަން ދަތުރު ކުރަމުންދާ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އަދި އެމެރިކާ އިން ބޭނުންވާ ނަތީޖާ ހާސިލު ނުވެއްޖެ ނަމަ، ތަފާތު ގޮތަކަށް އެ މައްސަލަ ނިންމަވާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައި އެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ގުޅުން ގޯސް ވެފައި ވަނީ އީރާންގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ، އެ ގައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމާ ގުޅިގެންނެވެ. ރައީސް ޓްރަމްޕްގެ މި ވާހަކަފުޅު ތަކުން ދޭހަ ވަނީ އީރާން އަށް އިގްތިސާދީ ގޮތުން އަދި ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކޮށްގެން އެމެރިކާ އިން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަށް ބާރު އަޅަމުންދާ ކަމެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

31 މެއި 2026

އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް

31 މެއި 2026
އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް
31 މެއި 2026

އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ

31 މެއި 2026
އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ
30 މެއި 2026

ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި

30 މެއި 2026
ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި
30 މެއި 2026

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

30 މެއި 2026
އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި
30 މެއި 2026

ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް

30 މެއި 2026
ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު