Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ނިއުކްލިއާ ވާހަަކަ އަކީ އެއްބަސްވުމުގެ ބައެއް، އީރާން އަށް އެކަން ކުރުމުގެ ފުރުސަތެއް ނޯންނާނެ: ޓްރަމްޕް

1 ޖޫން 2026 | ހޯމަ 05:17

ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ކަންކަމަކީ އެ އެއްބަސްވުމުގެ މެދު ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށް. އޭނާ ވިދާޅުވީ، އެއަށް ފަހު އެ އެއްބަސްވުމުގައި ވަރަށް ވަރުގަދަ، އަދި ދިގު ތަފްސީލު ތަކަކާ އެކު ނިއުކްލިއާގެ ތަފާތު ކަންކަމުގެ ވާހަކަ ދައްކާފައިވާ ކަމަށް. ހަގީގަތުގައި އެ އެއްބަސްވުމުގެ ބޮޑު ބައެއް އޮތީ ވެސް އެކަމާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖޫން 2026 | ހޯމަ 05:17
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ އެއްބަސްވުމުގައި، އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ ވާހަކަ ހިމެނޭނެ ކަމަށާއި، އެއްބަސްވުމުގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ ވާހަކަ ނެތް ކަމަށް ބުނެ ސީއެންއެން އިން ހަދަނީ ދޮގު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ދޮގު ޚަބަރު ފަތުރާ ސީއެންއެން އިން  އާންމުކޮށް ބުނެފައި ވަނީ، އީރާން އާއެކު އޭނާ ޤާއިމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ އެއްބަސްވުމުގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ ވާހަކަ ނެތް ކަމަށެވެ. ނަމަވެސް، ހަގީގަތަކީ އެ އެއްބަސްވުމުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ފުރުސަތެއް އީރާން އަށް އޮވެގެން ނުވާނެ ކަމަށް ހިމަނާފައި ވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.  

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ ނިއުކްލިއާ ކަންކަމަކީ އެ އެއްބަސްވުމުގެ މެދު ތެރޭގައި ހިމެނޭ މުހިންމު ބައެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެއަށް ފަހު އެ އެއްބަސްވުމުގައި ވަރަށް ވަރުގަދަ، އަދި ދިގު ތަފްސީލު ތަކަކާ އެކު ނިއުކްލިއާގެ ތަފާތު ކަންކަމުގެ ވާހަކަ ދައްކާފައިވާ ކަމަށެވެ. ހަގީގަތުގައި އެ އެއްބަސްވުމުގެ ބޮޑު ބައެއް އޮތީ ވެސް އެކަމާ ބެހޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް އެ ޕޯސްޓުގައި ވަނީ ސީއެންއެން އަށް ވެސް ފާޑު ކިޔުން އަމާޒު ކޮށްފަ އެވެ. އެގޮތުން ސީއެންއެން ހިންގަމުން އަންނަ މީހުންގެ ބެލުމުގެ ދަށުން، އެ ނޫސް ރަނގަޅު ވެދާނެތޯ ޓްރަމްޕް ވަނީ ސުވާާލު އުފައްދަވައިފަ އެވެ. 

ސީއެންއެން އިން ކޮށްފައިވަ ރިޕޯޓާ ގުޅިގެން ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އޭނާ އަކީ މީގެ ކުރިން ވެސް ސީއެންއެންއާ ވަރަށް ދެކޮޅު ބޭފުޅެކެވެ. ބައެއް ފަހަރު ޓްރަމްޕްގެ ނޫސްވެރިންގެ ބައްދަލުވުން ތަކުގައި ވެސް، އަދި އެހެން ތަންތަނުގައި ވެސް އޭނާ ވާހަކަ ދައްކަވާއިރު ސީއެންއެން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ. 

އިރާން އާއެކު ވެވޭ އެއްބަސްވުމުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ މުހިންމު ބައެއް ކަމަށާއި، އެކަމާ ބެހޭ ގޮތުން އެއްބަސްވުމުގައި ތަފްސީލީ ގޮތުން ބަޔާން ކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، މި އެއްބަސްވުމުގެ ތަފްސީލުތައް އަދި ފުރިހަމަ އަށް އާންމު ކޮށްފައި ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން ނިއުކްލިއަރ ޕްރޮގްރާމްސީ.އެން.އެންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 ޖޫން 2026

އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން

01 ޖޫން 2026
އެމެރިކާ އަށް އިތުބާރެއް ނުކުރެވޭ، ޙައްގުތައް ރައްކާތެރި ނުވެވޭ އެއްބަސްވުމެއް ނުހަދާނަން: އީރާން
31 މެއި 2026

މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް

31 މެއި 2026
މަޝްވަރާގެ މޭޒުގައި އީރާން ވަރުގަދަ، އަވަސް އަރުވާލައިގެން އެއްބަސްވުމެއް ނުހަދާނަން: ޓްރަމްޕް
31 މެއި 2026

އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް

31 މެއި 2026
އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް
31 މެއި 2026

އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ

31 މެއި 2026
އީރާން އާއެކު އަންނަ ހަފުތާގައި ބޮޑެތި ކުރިެރުން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ: އެމެރިކާ
30 މެއި 2026

ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި

30 މެއި 2026
ޓްރަމްޕްގެ ބަރުދަނުގައި 108 ކިލޯ، ބަރުދަން ލުއި ކުރަން ޑޮކްޓަރުން އިރުޝާދު ދީފި
30 މެއި 2026

އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި

30 މެއި 2026
އަލުން ހަނގުރާމަ ފެށުމުގެ ޤާބިލުކަން ހުރި ކަމަށް ބުނެ، އެމެރިކާ އިން އިންޒާރު ދީފި
30 މެއި 2026

ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް

30 މެއި 2026
ޖިލް ބައިޑަން އަކީ ވަރަށް ނުބައި އަންހެނެއް: ޓްރަމްޕް
30 މެއި 2026

އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން

30 މެއި 2026
އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން
28 މެއި 2026

އެމެރިކާއާއި އީރާނުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމުގެ އޮނިގަނޑަކަށް އެއްބަސްވެއްޖެ

28 މެއި 2026
އެމެރިކާއާއި އީރާނުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމުގެ އޮނިގަނޑަކަށް އެއްބަސްވެއްޖެ
28 މެއި 2026

މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް

28 މެއި 2026
މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް