އިރާގު ހަނގުރާމަ އަކީ ކުރެވުނު މޮޔަ ކަމެއް، އީރާން އަށް ވެސް އަރައި ގަނެގެން ނުވާނެ: ޓްރަމްޕް
އިރާގު ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އިރާގުގައި އެމެރިކާ އިން ކަންތައް ކުރީ ވަރަށް ގޯސްކޮށް ކަމަށާއި، އެއީ ކުރެވުނު ވަރަށް މޮޔަ ކަމެއް ކަމަށް. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމެރިކާގެ ސިފައިން އެ ގައުމު ތަކުގައި ތިބެގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި. އީރާންގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އީރާން އަށް އަރައިގެން ނުވާނެ ކަމަށާއި، ނަމަވެސް އީރާން އަކީ ނިއުކްލިއާ ގާބިލުކަން ހުރި ގައުމެއް ކަމަށް.


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް
އީރާންއާ މެދު ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭ ގޮތުން ފޮކްސް ނިއުސް އަށް ދެއްވި ބަސްދީ ގަތުމެއްގައި، މީގެ ކުރިން އެމެރިކާ އިން މެދު އިރުމަތީގައި ކުރި ހަނގުރާމަ ތަކަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ސިފައިން އިރާގުގެ ވެރި ރަށް ބަޣުދާދް އަށް ނުވަތަ އީރާން އަށް ވެސް އަރައިގެން ނުވާނެ ކަމަށެވެ.
އިރާގު ހަނގުރާމަ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އިރާގުގައި އެމެރިކާ އިން ކަންތައް ކުރީ ވަރަށް ގޯސްކޮށް ކަމަށާއި، އެއީ ކުރެވުނު ވަރަށް މޮޔަ ކަމެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެމެރިކާގެ ސިފައިން އެ ގައުމު ތަކުގައި ތިބެގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އީރާންގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އީރާން އަށް އަރައިގެން ނުވާނެ ކަމަށާއި، ނަމަވެސް އީރާން އަކީ ނިއުކްލިއާ ގާބިލުކަން ހުރި ގައުމެއް ކަމަށެވެ.
މީގެ ނުވަ މަސް ކުރިން އެމެރިކާގެ ބީ-2 ބޮން އަޅާ ބޯޓު ތަކުން އީރާން އަށް ހަމަލާ ނުދިން ނަމަ، މިހާރު އެ ގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދާފައި ވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެހެންވި ނަމަ، މުޅި މެދު އިރުމަތީގެ މަސްރަހު އޮންނާނީ މުޅިން ތަފާތުކޮށް ކަމަށާއި، އިޒްރޭލްގެ އިތުރުން މުޅި މެދު އިރުމަތި ވެސް ނެތިގެން ދިއުމުގެ ބިރު އޮތް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، އެމެރިކާ އިން އީރާންގެ އަސްކަރިއްޔާ އަށް ގަސްދުގައި ހަމަލާ ނުދީ ދޫކޮށްލާފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ އަސްކަރިއްޔާ އަކީ މެދު މިނުގެ ސިޔާސަތެއް ގެންގުޅޭ ބައެއް ކަމަށް އެމެރިކާ އިން ގަބޫލު ކުރެ އެވެ. ނަމަވެސް އީރާނުގެ ލީޑަރޝިޕްގައި ތިބި ހަރުކަށި ފަރާތްތައް ނައްތާލާފައި ވާނެ ކަމަށާއި، އެހެން ނަމަވެސް އަސްކަރިއްޔާ އަށް ހަމަލާ ނުދީ ބާއްވާފައި ވަނީ ގައުމެއްގެ އަސްކަރިއްޔާ އެއްކޮށް ނައްތާލުމަކީ ކުރެވޭ ކުށަކަށް ވާތީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ، ހަނގުރާމަ ތަކުގައި މުޅި ގައުމެއް އެއްކޮށް ސުންނާފަތި ކޮށްލުމުން، އެ ގައުމެއް އަލުން އާރާސްތު ކުރުމަށް 40 އަހަރު ނަގާ ކަމަށެވެ. އެހެންކަމުން އީރާނqގެ އަސްކަރިއްޔާ ސަލާމަތް ކޮށްފައި ބޭއްވުމަކީ ގިނަ ބަޔަކު ހައިރާން ވާނެ ކަމެއް ނަމަވެސް، އެއީ ގައުމެއް އަލުން ބިނާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްދަރު: އަލް ޖަޒީރާ






