Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޮޒައިނާ އާދަމް

ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ

25 ސެޕްޓެމްބަރު 2017 | ހޯމަ 12:39

މުދަލާއި ޚިދުމަތުގެ އަގު ރަށްރަށުގައި ބޮޑުވުމުން ރަށަރަށުގެ ރައްޔިތުން ޖީއެސްޓީ ދައްކަނީ ނިސްބަތުން ބޮޑު އަދަދެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 ސެޕްޓެމްބަރު 2017 | ހޯމަ 12:39
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

މާލެއަށް ވުރެ ރަށްރަށުގެ ރައްޔިތުން ޖީއެސްޓީގެ ގޮތުގައި ދައްކާ މިންވަރު ބޮޑުވާއިރު ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުކޮށްގެން ނެގުމަކީ ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެކަން އެގޮތައް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި މާލެއަށް ވުރެ ތިންގުނަ އަގުބޮޑުކޮށް ފެނަށް ޗާޖް ކުރުމަށް ނިންމާފައިވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

ރޮޒައިނާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ރައްޔިތުން ފެނާއި ނަރުދަމާ އަށް އިންތިޒާރު ކުރާތާ އެތައް އަހަރެއް ފަހުން ނަރުދަމާގެ ޚިދުމަތް އަދިވެސް ނުދެވި އޮތް ހާލު ފެނުގެ ޚިދުމަތްދޭން ފެށުމަށް މީޓަރުތައް ބެހެއްޓުމަށް ފަހު، ފެންޓަނަކަށް 65ރ. ގެ ރޭޓުން އެންމެ ދަށް ބޭންޑުގައި ވެސް ޗާޖްކުރާނެ ކަމަށް ރައްޔިތުންނަށް އަނގާފައިވާ ކަމަށެވެ. އެއަގަކީ ވެރިކަންކުރާ މާލޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ އަގަށް ވުރެ ތިން ގުނަ ބޮޑު އަދަދަދެއް ކަމަށާއި އެހެން އެކަން އޮތްއިރު އެންމެކުޑަމިނުން ފެނުގެ ކޮލިޓީ ބެލެހެއްޓޭނެ ނިޒާމެއް ވެސް އައްޑޫގައި އަދި ރަނގަޅަކަށް ޤާއިމްކުރެވިފައިނުވާ ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި މިކަމުގެ ޝަކުވާ އައްޑޫ ރައްޔިތުން ކުރަން ފެށުމުން އެއަގަކީ މާލެ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވެސް މިޚިދުމަތް ދެމުންދާ އަގު ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށެވެ.

ރޮޒައިނާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ފެނަކީ އަސާސީ ޚިދުމަތަކަށް ވެފައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ސަރުކާރަށް ދައްކާ ޓެކްސްތައް ދައްކަމުން އަންނަނީ އެއް މިންގަނޑަކުން ކަމަށް ވެފައި މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލެއަށްވުރެ މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުން ހަޤީގަތުގައި ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ވެސް ނިސްބަތުން ގިނަކަމަށެވެ. އެެހެންކަމުން އަސާސީ ޚިދުމަތެއްގެ އަގު އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަތުން މާލެއަށް ވުރެ ބޮޑުކޮށް ނެގުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށާއި އެއީ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލިގެންދާ ކަމެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަކީ ވިޔަފާރީގެ އުސޫލުން އެންމެ ބޮޑު ފައިދާއެއް ލިބޭގޮތައް ހިންގަންޖެހޭ ތަންތަނެއް ނޫންކަމަށެވެ.

"ފެނަކައިގާ ސަރުކާރުން ހުޅުވާ އެކި ފަންޑުފޮށިތަކަށް ލާނެ ވަރަށް ފައިސާ ހުރުމާއި މަޖިލިސް މެންބަރުން ބާއްވާ މުބާރާތްތަކަށް ހަދިޔާކުރާނެ ފައިސާ ހުރުމާއި ސަރުކާރުން ބާއްވާ އެކި ކެމްޕޭން އިވެންޓްތައް ސްޕޮންސަރކުރުމަށް ފައިސާހުރުމާއި ބޮޑުއަގުގައި ވަކިކުންފުނިތަކަކުން ތެޔޮގަތުމަށް ޚަރަދުކުރުމަށް ފައިސާ ހުރުމާއި ފެނަކައިން ޑޮލަރުގަންނަން ހަވާލުކުރާ ފަރާތްތަކަށް ކޮމިޝަން ދޭނެ ފައިސާ ހުރުމާއި ފެނަކައިން ހަވާލުކުރާ ޕްރޮޖެކްޓްތަކުގެ އެއްވެސް މަސައްކަތެއް ނުފަށަނީސް މަސައްކަތް ހަވާލުކުރާ ކުންފުނިތަކަށް މަސައްކަތުގެ އަގުގެ 80 ޕަސެންޓް އެޑްވާންސަށް ދައްކާނެ ފައިސާ ހުރުމުން ދައްކުވައިދެނީ ފެނަކައަކީ ފައިދާވާ ފައިސާ ގިނަ ކުންފުންޏެއް ކަމަށެވެ." ރޮޒައިނާގެ ބަޔާނުގައި ވިދާޅުވިއެވެ.

އެހެންކަމުން މިހާރުން މިހާރަށް ފެނަކައިންދޭ ކަރަންޓާ ފެނުގެ ޚިދުމަތުގެ އަގު މާލެއާއި އެއްވަރަށް އެހެންރަށްރަށުގައިވެސް ކުޑަކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާ ކަމަށް ރޮޒައިނާގެ ބަޔާން ނިންމަވާލައްވަމުން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

24 މެއި 2017

ޖީއެސްޓީ އިތުރު ކޮށްގެން ހުށަހެޅި ބިލްތަކަކަށް ޑިފެންސް މިނިސްޓްރީން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފި

24 މެއި 2017
ޖީއެސްޓީ އިތުރު ކޮށްގެން ހުށަހެޅި ބިލްތަކަކަށް ޑިފެންސް މިނިސްޓްރީން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކައިފި
01 މެއި 2017

ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް

01 މެއި 2017
ފެރީގެ އަގުބޮޑުކޮށްފައި ވަނީ އުސޫލުތަކާ ޚިލާފަށް، މައްސަލަ ބެލުމަށް ފަހު ފިޔަވަޅު އަޅާނަން: ޓްރާންސްޕޯޓް
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
02 މާރިޗު 2017

ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި

02 މާރިޗު 2017
ޖީއެސްޓީ ދެއްކުމަށް ދެ ކުންފުންޏެއްގެ މައްޗަށް ހުކުމް ކޮށްފި
02 މާރިޗު 2017

ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

02 މާރިޗު 2017
ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި
27 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
21 ފެބުރުއަރީ 2017

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް