Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓި ސްކޭމް ސެންޓަރު

ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ޑިސެމްބަރު މަހު 1.9 މިލިއަން ރުފިޔާ ގެއްލުނު!

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން ނިމިދިޔަ ޑިސެމްބަރު މަހު ސްކޭމްގެ 179 މައްސަލައެއް ހުށަހަޅާފައިވޭ. އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް 80 މައްސަލަ ހިންގާފައިވާއިރު، އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައާއި ފައިސާ މާރުކުރުމުގެ 31 މައްސަލައާއި ވަޒީފާގެ ސްކޭމްތަކުގެ 16 މައްސަލަ ހިމެނޭ. މި މައްސަލަތަކުގައި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، ވޭތުވެދިޔަ 10 މަސްދުވަހު ގެއްލުނު ފައިސާގެ 40 އިންސައްތަ އަނބުރާ ހޯދިފައެއް ނުވޭ.

އަލީ ޝާހީން
އަލީ ޝާހީން | 10 ޖެނުއަރީ 2026 | ހޮނިހިރު 08:45
ތަފާސްހިސާބުން ދައްކާގޮތުގައި އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް

ތަފާސްހިސާބުން ދައްކާގޮތުގައި އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށް | ޕޮލިސް

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސްކޭމް މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލުނުކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން ނިމިދިޔަ ޑިސެމްބަރު މަހު ސްކޭމްތަކުގެ މައްސަލަވަނީ އެހެން މަސްތަކަށްވުރެ އިތުރުވެފަ އެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ސްކޭމްގެ 179 މައްސަލައެއް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުގައިވެ އެވެ.

Advertisement - newsAdvertisement

ތަފާސްހިސާބުން ދައްކާގޮތުގައި އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެފަދަ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައެއް، ފައިސާ މާރުކުރުމުގެ ފައިސާ ހޯދި 31 މައްސަލައެއްގެ އިތުރުން ފިޝިން ވިޝަން އަދި ވަޒީފާގެ ސްކޭމްތަކުގެ 16 މައްސަލައެއް، އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެ އެވެ. 

ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުން އެ މައްސަލަތަކުގައި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވަނީ ލިބިފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވޭތުވެދިޔަ 10 މަސްދުވަސް ތެރޭގައި ސްކޭމްތަކުގެ ތެރެއިން ގެއްލުނު ފައިސާގެ 40 އިންސައްތަ ވެސް އަނބުރާ ހޯދިފައެއް ނުވެ އެވެ. 

ސްކޭމްތައްއީ-ކޮމާސްއެންޓި ސްކޭމް ސެންޓަރ

އިތުރަށް ކިޔާލަން

27 ޑިސެމްބަރު 2025

އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވޭ: ފުލުހުން

27 ޑިސެމްބަރު 2025
އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000ށް ވުރެ ގިނަ ރައްޔިތުން ސްކޭމް ތަކުގައި ޖެހި، 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލިފައިވޭ: ފުލުހުން
25 ޑިސެމްބަރު 2025

ސްކޭމް ތަކުގައި މީހުން ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ!

25 ޑިސެމްބަރު 2025
ސްކޭމް ތަކުގައި މީހުން ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ!
22 ޑިސެމްބަރު 2025

ވައިބަރ ހެކްކޮށްގެން 150،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލަ - 4 ވަނަ މީހަކު ހައްޔަރުކޮށްފި

22 ޑިސެމްބަރު 2025
ވައިބަރ ހެކްކޮށްގެން 150،000 އަށްވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލަ - 4 ވަނަ މީހަކު ހައްޔަރުކޮށްފި
17 ޑިސެމްބަރު 2025

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
30 ނޮވެމްބަރު 2025

ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް

30 ނޮވެމްބަރު 2025
ސްކޭމް ކޮށްގެން 1200ށް ވުރެ ގިނަ ޑޮލަރު ހޯދި ކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި ޒުވާނާ ގެ ބަންދަށް 10 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު