Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޒަކާތު ހައުސް

މޯލްޑިވްސް ޒަކާތު ހައުސްއިން މަތީ ތައުލީމުގެ 30 ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން އިސްލާމީ އެކި ދާއިރާތަކުން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމަށް ރާއްޖެއާއި ރާއްޖޭން ބޭރުން 30 ފުރުސަތު ވަނީ ހުޅުވާލާފައި. މީގެ އިތުރުން މިސްރާއި ސައުދީގައި ކިޔަވާ ދަރިވަރުންނަށް ޚާއްސަ ސްޓައިޕެންޑާއި، އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ވެސް ސްކޮލަރޝިޕްތަކެއް ކަނޑާއަޅާފައިވޭ. މި ފުރުސަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 ކަމަށް ޒަކާތު ހައުސުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 09:07
މޯލްޑިވްސް ޒަކާތު ހައުސްއިން ސްކޮލަރޝިޕް ލިބުނު ދަރިވަރަކަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ލިޔުން ހަވާލު ކޮށްދެއްވަނީ.

މޯލްޑިވްސް ޒަކާތު ހައުސްއިން ސްކޮލަރޝިޕް ލިބުނު ދަރިވަރަކަށް، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ލިޔުން ހަވާލު ކޮށްދެއްވަނީ. | ޒަކާތް ހައުސް

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލަރޝިޕްތަކާއި ޚާއްސަ ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ، މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން އިސްލާމީ އެކި ދާއިރާތަކުން މާސްޓަރސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މީގެ ތެރޭގައި އިސްލާމީ ޝަރީއާ، ގުރްއާނާ ބެހޭ އިލްމު، އިސްލާމީ ތައުލީމު، އިސްލާމީ ދިރާސާއާއި ޝާއިއުކުރުން، އިސްލާމީ ނޫސްވެރިކަން، އަގީދާ، ފިގުހު، އުސޫލުލް ފިގުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެ އެވެ.

ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ، ވިލާ ކޮލެޖް، އެވިޑް ކޮލެޖް އަދި ޒިކުރާ ކޮލެޖް ފަދަ މުއައްސަސާތަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޒަކާތު ހައުސުން ބުނެ އެވެ. 

ރާއްޖޭން ބޭރުގެ ފުރުސަތުތައް ހުޅުވާލައިފައިވަނީ އަލް އަޒްހަރް ޔުނިވަރސިޓީ، އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ(IIUM)، އިންސިފް (INCIEF)، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ(USIM)، ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް (UBD) އަދި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިސްލާމްއާބާދު (IIUI) ފަދަ ޔުނިވަރސިޓީތަކުންނެވެ.

ޒަކާތު ހައުސުން ބުނީ، މި ފުރުސަތުގެ ދަށުން ޖުމުލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން 10 ފުރުސަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުސަތު ރާއްޖޭއިން ބޭރުގައި ކިޔެވުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ޚާއްސަ ސްކޮލަރޝިޕް ސްކީމުތަކެއް ވެސް ތައާރަފު ކޮށްފައިވާކަން ފާހަގަކޮށް ޒަކާތު ހައުސްއިން ބުނީ، ސައުދީ އަރަބިއްޔާ އާއި މިސްރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ސްޓައިޕެންޑް ލިބޭ ގޮތަށް ދޭ 5 ފުރުސަތާއި، އަންހެނުންގެ ސިއްހަތާ ގުޅުން ހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ ޚާއްސަ 5 ސްކޮލަރޝިޕް ހިމެނޭ ކަމަށެވެ. 

ޒަކާތު ހައުސްއިން ބުނީ، މި ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުމާއެކު، މާލީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް ވުމާ އެކު، ކިޔަވަން ބޭނުންވާ ޕުރޮގުރާމަށް ވަނުމަށް ބޭނުންވާ އެކަޑަމިކް ޝަރުތުތައް ހަމަވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން، އެ ފަރާތަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ފުލްޓައިމް ކޯހެއްގައި އެންރޯލްވެފައިވާ ފަރާތަކަށް ވާންޖެހޭ ކަމަށާއި، ސަރުކާރުގެ ނުވަތަ އެހެން މުއައްސަސާއެއްގެ މާލީ އެހީތެރިކަން ލިބެމުންދާ ފަރާތަކަށް ވެގެންނުވާނެ ކަމަށް ޒަކާތު ހައުސުން ބުނެ އެވެ. 

މީގެ އިތުރުން ޒަކާތު ހައުސް އިން ބުނީ، ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުން ކިޔެވުމަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށާއި، ނަމަވެސް އެއީ ދިވެހި އިސްލާމީ މުޖުތަމައު ތަރައްގީ ކުރުމަށް މުހިންމު ދާއިރާއަކަށް ވާންޖެހޭ ކަމަށެވެ. 

އެޕްލިކޭޝަން ހުށަހަޅާ އިރު ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް (އެކަޑަމިކް ޓްރާންސްކްރިޕްޓްތަކާއި، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކަމާގުޅޭ ސަރޓިފިކޭޝަން ހުއްދަތައް) ހިމަނަންވާނެ އެވެ. އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް ދަރިވަރުން ހޮވުމުގެ މަސައްކަތް ކުރާނީ ޒަކާތު ފަންޑުން މަތީ ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލައިފައިވާ ކޮމިޓީންނެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026ގެ 14:00 އެވެ. އެޕްލިކޭޝަންތައް ފޮނުވާނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށެވެ.

ޒަކާތު ހައުސްމާސްޓަރސް ސްކޮލަރޝިޕްސްކޮލަރޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް، ނަގުދު ފައިސާއާއި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި

22 ފެބުރުއަރީ 2026
މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މިއަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

18 ފެބުރުއަރީ 2026
ޒަކާތު ގެ ބިލު މަޖިލީހުން ފާސްކޮށްފި

ޒަކާތު ގެ ބިލު މަޖިލީހުން ފާސްކޮށްފި

03 ޑިސެމްބަރު 2025
ފަޤީރުންނާއި މިސްކީނުންނަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފް ކުރަން ނިންމައިފި

ފަޤީރުންނާއި މިސްކީނުންނަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފް ކުރަން ނިންމައިފި

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު