Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒިޔަތުގެ ޝަރީއަތް

ޒިޔަތުގެ މައްޗަށް ކުރާ 29 ދައުވާއަށް ޖަވާބުދާރީ ވުމަށް ދެހަފްތާ ދީފި

ޒިޔަތުގެ މައްޗަށް ހިޔާނާތްތެރިވުމުގެ ކުށުގެ 30 ދައުވާއެއް އުފުލާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2017 | އާދީއްތަ 09:40
ޝަރީއަތުގެ އަޑުއެހުމަށްފަހު ޒިޔަތު ކްރިމިނަލް ކޯޓުން ޖަލަށް ގެންދަނީ

ޝަރީއަތުގެ އަޑުއެހުމަށްފަހު ޒިޔަތު ކްރިމިނަލް ކޯޓުން ޖަލަށް ގެންދަނީ

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 29 ދައުވާއަކަށް ޖަވާބުދާރީވުމަށް ދެ ހަފްތާ ދީފި އެވެ.

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 30 ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުންތައް ބާއްވާފަ އެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކުގެ ތެރެއިން އެއް މައްސަލައެއްގައި ޒިޔަތުގެ އިތުރުން، އެހެން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެެ. އެއީ ރ. ކިނޮޅަސް ޝާހިދު ހުސައިން މައްޗަށެވެ. ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގައި 29 ދައުވާގެ އިބްތިދާއީ އަޑުއެހުންތައް ބާއްވާފައި ވަނީ އެއްކޮށެވެ.

Advertisement - newsAdvertisement

ޝަރީއަތުގެ އަޑުއެހުމަށްފަހު ކްރިމިނަލް ކޯޓުން ނިކުމެ ވަޑައިގެން ޒިޔަތު އޭނާގެ އަނބިކަނބަލުންނާ ބައްދާލައްވަނީ

​އެއަޑުއެހުމުގައި، ޒިޔަތުގެ ގާނޫނީ ވަކީލު ވަނީ ޒިޔަތުގެ މައްޗަށް 30 މައްސަލައެއްގައި ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވާތީ އެމައްސަލަތައް ދިރާސާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލަތަކާއި ގުޅިގެން ކޯޓުން ފޯރު ކޮށްދީފައިވާ ބައެއް ލިޔެކިޔުންތަކުގެ ކޮޕީތައް ސާފުނުވާތީ އެލިކިޔެކިޔުންތަކުގެ ސާފު ކޮޕީއެއް ފޯރުކޮށްދިނުމަށް އެދޭ ކަމަށް ވިދާޅުވިއެވެ. އަދި ގާނޫނީ ވަކީލު ވަނީ ޒިޔަތަކީ މިހާރުވެސް ޖަލު ހުކުމްތަކެއް ތަންފީޒު ކުރަމުންދާ ބޭފުޅަކަށްވާތީ، މިހާރު ބައްދަލުވުންތައް ލިބޭގޮތަށް ލިބޭނަމަ ދައުވާތަކާއި ގުޅޭ ލިލެކިޔުންތައް ދިރާސާ ކުރުމަށް ވަރަށް ގިނަ ދުވަސް ނަގާނެ ކަމަށެވެ.

މައްސަލަ ބެއްލެވި ގާޒީ ވަނީ ދެ ހަފްތާއަކީ އެކަށީގެންވާ ވަގުތެއް ކަމަށާއި އަދި މީގެ އިތުރުންވެސް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަަށް ލިޔުމުން އަންގައިގެން ދައުވާތަކާއި ގުޅޭ ގޮތުން ގާނޫނީ ވަކީލަށް ޒިޔަތާއި ބައްދަލު ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިލައްވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ދެން ބާއްވާ އަޑުއެހުމެއްގައި ދައުލަތުން ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އިއްވުމުން ދައުވާއަށް ޖަވާބު ދެވޭވަރަށް ތައްޔާރުވެ ވަޑައިގެން ވަޑައިގެންނެވުމަށް ގާޒީ ވަނީ ޒިޔަތަށާއި ޒިޔަތުގެ ގާނޫނީ ވަކީލަށް އަންގަވާފަ އެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ 29 ދައުވާގެ އަޑުއެހުމެއް ދެންބޭއްވޭނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

މޭޔަރު އަބްދުﷲ ސޯދިޤްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަށް އޭނާ އިންކާރުކޮށްފި

06 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު