Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނޫސްވެރިކަމުގެ މިނިވަންކަން

ނޫސްވެރިންނަށް ނުފޫޒު ފޯރުވައި، ޒިންމާތަކަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް!

ނޫސްވެރިންގެ ޙައްޤުތަކަށް އުނިކަން އަންނަގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ބުނެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރުކޮށްލާފައި. މި މައްސަލައިގައި 'އަދަދު' ނޫހުގެ ނޫސްވެރިންނަށް ފިޔަވަޅުއަޅައި، ރައީސް އޮފީހުގެ ބައްދަލުވުންތަކުން އެ ނޫސް މަހުރޫމްކޮށްފައިވާކަން ފާހަގަކޮށްފައިވޭ. ނަމަވެސް، މައްސަލައިގައި ބަޔާންކޮށްފައިވާ ނޫސްވެރިންނަކީ ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ތިބި ބައެއް ކަމަށް ބުނެ، ހަގީގަތާ ޚިލާފު މައުލޫމާތު ހިމެނޭތީ ރިޔާސަތުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 05:47
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު | ރައްޔިތުންގެ މަޖިލިސް

ނޫސްވެރިންގެ ޙައްޤުތަކަށް އުނިކަން އަންނަގޮތަށް، ނޫސްވެރިން ހައްޔަރު ކުރުމާއި، ޤާނޫނީ ޒިންމާތައް އަދާކުރުމަށް ހުރަސް އަޅަމުންދާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

Advertisement - newsAdvertisement

މައްސަލައިގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގެ ދަށުން ކޮންމެ ފަރުދަކަށްވެސް ނޫސްވެރިކަމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަމާއި، ޚަބަރާއި މަޢުލޫމާތާއި ޚިޔާލު ފާޅުކޮށް ފެތުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އެހެންނަމަވެސް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްއާ ސުވާލެއްކޮށްގެން އަދަދު ނޫހުގެ ނޫސްވެރިޔަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި، ލިޔުނު ޚަބަރަކާ ގުޅިގެން އެ ނޫހުގެ އެހެން ނޫސްވެރިއަކަށް ވެސް ފިޔަވަޅު އަޅާފައިވާކަން ފާހަގަކޮށް މައްސަލައިގައި ބުނެފައިވަނީ، އެ ނޫހަށް ރައީސް އޮފީހުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވުން މުޅިން މަނާކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމުގައިވެސް ރާއްޖެ ފަހަތަށް ވެއްޓިފައިވާކަމަށާއި، ރާއްޖޭގައި ނޫސްވެރިކަން ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޮޑުތަނުން ހީނަރުވެފައިވާކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފައެވެ. އެހެންކަމުން ނޫސްވެރިންނަށް ކުރިމަތި ކުރުވަމުންދާ ނުފޫޒުތައް ނައްތާލުމަށް މި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

އެހެންނަމަވެސް ރިޔާސަތުން ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ. ސަބަބެއްކަމަށް ފާހަގަ ކުރެއްވީ ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައަކަށް ވާންވާނެކަމަށް މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވުމެވެ. އެގޮތުން މީކާއީލް ހުށަހެޅުއްވި މައްސަލައިގައި އޮތީ ނޫސްވެރިން ހައްޔަރުކުރިކަމަށް ކަމަށާއި، ނަމަވެސް އެ ނޫސްވެރިންނަކީ ކޯޓުގެ ޙުކުމެއްގެ ދަށުން ބަންދުގައި ތިބި ބައެއްކަން ރިޔާސަތުން ފާހަގަކުރިއެވެ.

 

މީކާއިލް އަހުމަދު ނަސީމްގަލޮޅު ދެކުނުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ނޫސްވެރިޔާއަދަދު ނޫސްޤާނޫނުއަސާސީ 28 ވަނަ މާއްދާ

އިތުރަށް ކިޔާލަން

13 މެއި 2026

2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް

13 މެއި 2026
2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް
13 މެއި 2026

މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި

13 މެއި 2026
 މެއި މަހުގެ 24 އާއި 25 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސައިފި
13 މެއި 2026

އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް

13 މެއި 2026
އަދަދު ނޫހުގެ "އައިޝާ ޑޮކިއުމެންޓްރީ" އަށްފަހު ފެންނާން ފެށި އަނެއް ފަރާތް
12 މެއި 2026

އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު

12 މެއި 2026
އަދަދުގެ ނޫސްވެރިން ޖަލަށްލުމަކީ ސަރުކާރާ ދެކޮޅަށް އުފުލޭ އަޑުތައް ކަނޑުވާލުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރުވި ލަދުވެތި ބާބެއް: ސޯލިހު
12 މެއި 2026

އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް

12 މެއި 2026
އިންތިޚާބުގެ ނަތީޖާއަކަށް ނުބަލާނަން، ދެމިހުންނާނީ އެމްޑީޕީގައި: މީކާއިލް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު